ލަންކާގެ ރައީސް ކަމަށް ނަމާލް ވާދަކުރަން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެ

ނަމާލް ރާޖަޕަކްސަ: ލަންކާގެ އިންތިހާބުގައި ވާދަކުރައްވަން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައި -- ފޮޓޯ: އެކްސް

ނަމާލް ރާޖަޕަކްސަ: ލަންކާގެ އިންތިހާބުގައި ވާދަކުރައްވަން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައި -- ފޮޓޯ: އެކްސް

ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އުމުރުން 38 އަހަރުގެ ނަމާލް ރާޖަޕަކްސަ އެސްއެލްޕީޕީގެ ކެންޑިޑޭޓެއް ގޮތުގައި ވާދަކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

ލަންކާގެ މީޑިއާތަކުން ބުނީ އެސްއެލްޕީޕީގެ ކެންޑިޑެންސީ ދޭން ނިންމާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ދަމިކާ ޕެރޭރާ ކެންޑިޑެންސީ ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އެގޮތުން ކެންޑިޑެންސީ ދިނުން ދެން އެންމެ ގާތީ ނަމާލްއަށް ކަމަށެވެ.

"ދަމިކާ ކެންޑިޑެންސީ ގަބޫލު ނުކޮށްފިނަމަ، ނަމާލް ހުރީ އިންތިހާބުގައި ވާދަކުރަން ތައްޔާރަށް،" ލަންކާއިން ރަޝިއާއަށް ކުރިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުދަޔަންގަ ވީރަޓުންގަ ވިދާޅުވި އެވެ.

އިންތިހާބުގައި އެސްއެލްޕީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ އޯގަސްޓް، 15 ގެ މުއްދަތުގެ ކުރިން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ. މިއަދު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިއުލާނު ކުރާނެ ކަމަށް ބެލެވެ އެވެ.

ލަންކާ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ރަނިލް ވިކްރަމްސިންހު ވާދަކުރައްވަން ނިންމެވުމާ ގުޅިގެން، އެސްއެލްޕީޕީން ވަނީ އެ ޕާޓީން ވަކިން ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފަ އެވެ.

ލަންކާގެ ވެރިކަމާ 2022 ގައި ރަނިލް ހަވާލުވެވަޑައިގެންނެވީ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސެޕްޓެމްބަރު 21، 2023 ގައި އޮންނަ އިންތިހާބުގައި ލަންކާގެ އާބާދީގެ 22 މިލިއަން މީހުންގެ ތެރެއިން 17 މިލިއަނެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox