ރައީސް މުއިއްޒަށް ދޭނީ 40 މާކްސް، ދައުރު ފުރިހަމަ ކުރެވިދާނެ ކަމަށް ވެސް ޝައްކު: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ހައްދަވާލެއް ގިނަވުމުން ދެއްވާނީ 40 މާކްސް ކަމަށާއި، ވެރިކަމުގެ ފަސް އަހަރުގެ ދައުރު ވެސް ފުރިހަމަ ކުރެއްވިދާނެކަމާމެދު މިހާރު ޝައްކު ކަމަށް، ކުރީގެ ހޯމް މިނިސްޓަރު، އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީން މިއަދު ގެނެސްދިން "ފަށާއިރު" ޕްރޮގްރާމުގައި އުމަރު ވިދާޅުވީ ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތަޖުރިބާއަށް ބަލައި، ރައީސް މުއިއްޒަށް އޭނާ ދެއްވާނީ 40 މާކްސް ކަމަށާއި 60 މާކްސް ކަނޑައިލީ ހަދާ ދޮގަށް ކަމަށެވެ.

"މާގިނައިން ދޮގު ހަދަނީ، މާގިނައިން،" އޭނާ ވިދާޅުވި އެވެ.

ހެއްދެވި އެންމެ ބޮޑު ދޮގަކީ އިޒްރޭލް ޕާސްޕޯޓު މަނާކުރާނެ ކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމާއި، އިންޑިއާ އަސްކަރިއްޔާ ބޭރުކުރާނަމޭ ވިދާޅުވެ އެކަން ނުކުރެއްވުން ކަމަށެވެ. އިތުރު ދޮގުތައް ވެސް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހެން ކަންކަން ހުރުމުން ވެރިކަމުގެ ދައުރު ރައީސް މުއިއްޒަށް ފުރިހަމަ ކުރެވިދާނެ ކަމާމެދު ޝައްކުކުރާ މީހުން ގިނަ ކަމަށާއި އެގޮތަށް އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ. މިދައުރު ފުރިހަަމަ ކުރިޔަސް، އިތުރު ދައުރެއް ރައީސް މުއިއްޒަށް ލިބިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެންނަނީ އަޅުގަނޑުމެންގެ ގައުމު ޑިފޯލްޓަކަށް ދާ މަންޒަރު. އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ވާނެ،" އުމަރު ވިދާޅުވި އެވެ.

ދީނާއި ގައުމިއްޔަތާ ގުޅޭ ގޮތުން ރައީސް މުއިއްޒު ދައްކަވާ ވާހަކަތައް ހިތުގައި ބިންވަޅު ނަގާފައި ނެތް ކަމަށާއި، ގައުމިއްޔަތުގެ ވާހަކަ ވެސް، މިނިވަން ކަމުގެ ވާހަކަ ވެސް އިންޑިއާ ސިފައިންގެ ވާހަކަ ވެސް ރައީސް ޔާމީން މިނިވަންކުރާ ވާހަކަ ވެސް، ދެއްކީ ބާރު ހޯއްދެމަށްޓަކައި ކަމަށް އުމަރު ގަބޫލު ކުރައްވަ އެވެ.

"އެއީ ވަރަށް ޗީޕް ޕޮލިޓީޝަނުން ދެއްތޯ،" އޭނާ ވިދާޅުވި އެވެ. "ފަސް އަހަރު ލިބޭނީ. އެ ނިމުނީ. ޑަސްބިނަށް ދެން ދާން ޖެހޭނީ."

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox