ރައީސް އުޅުއްވަނީ ކައުންސިލްތައް ސައިޒުކޮށް ބާރުތައް މުށުތެރެއަށް ލާން: އެމްޑީޕީ

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ހަވަރު ބެރު" ޕްރޮގްރާމް

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ހަވަރު ބެރު" ޕްރޮގްރާމް

ލޯކަލް ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްލޭނަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ބާރުތައް މުށުތެރެއަށް ލުން ކަމަށް، އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ސަރުކާރުގެ ގޯސްތައް ރައްޔިތުންނަށް ތިލަކޮށްދިނުމަށް ކުރިއަށް ގެންދާ "ހަވަރު ބެރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް ހިސާން ހުސައިން ވިދާޅުވީ ޕީއެންސީ/ޕީޕީއެމްގެ އިސްވެރިންގެ އަބަދުވެސް އޮތީ ބާރުތައް މުށުތެރޭގައި ގެންގުޅުމުގެ ވިސްނުމެއް ކަމަށެވެ.

"މުޅި ގައުމުގައި މި ތިބީ 1،300 އެއްހާ ކައުންސިލަރުން، ސިޔާސީ މުވައްޒަފުންގެ އަދަދު އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކާ 2،000 އަށް ވުރެ މައްޗަށް އަރައިގެން އުޅޭ ތަން، ރައީސް މުއިއްޒު މި އުޅުއްވަނީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރާކަށެއް ނޫން، ކައުންސިލްތައް ސައިޒު ކުރަން،" ހިސާން ވިދާޅުވި އެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ އިތުރުން ދައުލަތުގެ ތެރެއިން ހިނގާ ގޯސްތައް ބެލުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ އަދަދު މަދުކުރުމާއި މުއައްސަސާތަކުގައި ތިބޭ މެންބަރުންގެ އަދަދު މަދުކުރުމުގެ ވިސްނުން ގެންގުޅެނީ ވެސް އެ ބޭނުމުގައި ކަމަށް ހިސާން ވިދާޅުވި އެވެ.

"މިނިވަން މުއައްސަސާތައް މަދުވެގެން، މެންބަރުން ގިނަވެގެން ބަދަލުކުރަން އުޅެނީ ބާރުތައް މުށުތެރެއަށް ލާން ވެގެން، އަޅުގަނޑުމެން ފެށި އިސްލާހީ މަސައްކަތަކީ ވެސް އެކަކު މުށުތެރެއަށް ލައިގެން އުޅުނު ބާރުތައް ދޫކޮށްލުން،" ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލްކުރެއްވި މެންބަރު ހިސާން ވިދާޅުވި އެވެ.

ހިސާންގެ ވާހަކައަށް ބާރު ދެއްވަމުން އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ވިސްނުމަކީ ސަރުކާރުން އައްޔަންކުރާ މަގާމުތައް އިތުރުކޮށް އިންތިހާބީ މަގާމުތައް މަދުކުރަން ކަމަށެވެ. އޭގެ ބޭނުމަކީ ބާރުތައް މުށުތެރެއަށް ލުން ކަމަށެވެ.

މިހާރު ވެސް ސްޕޯޓްސް މިނިސްޓްރީން ޔޫތު ސެންޓަރުތަކަށް ބައެއް ރަށްރަށުގައި ފަސް މީހުނަށް ވުރެ ގިނައިން ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަންކޮށްފައިވާ ކަމަށް ނިޔާޒު ތުހުމަތުކުރެއްވި އެވެ.

އެ މިނިސްޓްރީގައި މެއި 1، ގެ ނިޔަލަށް 195 ސިޔާސީ މުވައްޒަފުން ތިއްބެވެ. އޭގެ ތެރެއިން ރަށްރަށުގައި ކަނޑައަޅާފައިވާ 98 ޔޫތު އެސޯޝިއޭޓުން ހިމެނެ އެވެ. މެއި 1، ގެ ފަހުން ވެސް ޔޫތު ސެންޓަރުތަކަށް ޔޫތު އެސޯސިއޭޓުން އައްޔަންކުރަމުން ވެސް އެބަ ދެ އެވެ.

ސްޕޯޓްސް މިނިސްޓްރީން ކައުންސިލަކަށް ފޮނުވާފައިވާ ސިޓީއެއް ވެސް ނިޔާޒު ވިދާޅުވެފައިވެ އެވެ. ސިޓީއާ ހަވާލާ ދެއްވައި ނިޔާޒު ވިދާޅުވީ އޭގައި އޮންނަނީ ޔޫތު އެސޯޝިއޭޓް މަސައްކަތް ކުރާނެ އޮފީހާއި ކޮމްޕިއުޓާ ސިސްޓަމެއް އެ ކައުންސިލްގެ ވަސީލަތްތަކުން ހަމަޖައްސައިދިނުމަށް ކަމަށެވެ.

"ލޯކަލް ގަވަރުމަންޓް އޮތޯރިޓީން އެބަ ޕުޝްކުރޭ، ސަރުކާރުގެ ސިޔާސީ މުވައްޒަފުން ގެންގުޅޭން އެއްބަސްވުމެއް ހަދަން ވެސް، ކައުންސިލަރުންގެ ބަދަލުގައި މި މީހުން ބައިތިއްބަން އެ އުޅެނީ އެ މީހުން، ކައުންސިލަރަކަށް ލިބޭ މުސާރައަށް ވުރެ މުސާރަ ވެސް ބޮޑު ވާނެ،" ނިޔާޒު ވިދާޅުވި އެވެ.

ސިޔާސީ މުވައްޒަފުން ގިނަވެގެން ގޮސް މާލޭގައި ހުރި މިނިސްޓްރީތަކުގެ އޮފީސްތަކުގައި ޖާގަ ނެތުމުން ރަށްރަށުގެ އޮފީސްތަކުގައި މަސައްކަތްކުރާނެ ޖާގަ ހޯދުމުގެ މަސައްކަތެއްގެ ގޮތުގައި ވެސް އެ މަސައްކަތް ނިޔާޒު ފާހަގަ ކުރެއްވި އެވެ.

ހިސާން ވިދާޅުވީ ލޯކަލް ގަވަނަންސް މިނިސްޓްރީއެއް އުފެއްދުމުގެ ބޭނުމަކީ ވެސް އެއީ ކަމަށެވެ. އެ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާ ވެސް ފުށުއަރާ ކަމަށެވެ. އެ މިނިސްޓްރީން އެކަނި ވެސް ހަރަދު ބޮޑު ވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox