ކަނޑު މަސް ވަރަށް ތިޔާގިވެ މަސް މާރުކޭޓަށް އީދެއް

މަސް މާރުކޭޓުގައި މަސް ވިއްކަނީ: މިއަދު މާރުކޭޓުގައި މަސް ވަނީ ތިޔާގިވެފައި -- ފޮޓޯ: އަދަދު

މަސް މާރުކޭޓުގައި މަސް ވިއްކަނީ: މިއަދު މާރުކޭޓުގައި މަސް ވަނީ ތިޔާގިވެފައި -- ފޮޓޯ: އަދަދު

މާލޭ މަސް މާރުކޭޓުގައި ދުވަސްތަކަކަށް ފަހު ކަނޑު މަސް ތިޔާގިވެ، އެތައް ދުވަހެއް ވަންދެން މަސް ގަންނަން ބޭނުންވެފައި ތިބި މީހުންނަށް ބޮޑު އީދެއް އައިސްފި އެވެ.

މިއަދު ހެނދުނުން ފެށިގެން މަސް މާރުކޭޓުގައި ކިއު ޖެހިގެން އެތައް ބަޔަކު މަސް ގަނެފައި ވަނީ 20ރ. އާއި 30ރ. އާ ދެމެދު އެވެ. ގަންނަ މަސް ކަނޑާފައި ވަނީ ކިލޯއެއް 5ރ. އަށެވެ.

މަސް ގަންނަން ގޮސް ހުރި މީހަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ގިނަ ދުވަސްތަކަށްފަހު މާރުކޭޓުން ރަނގަޅު މަސް ލިބެން ހުރުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށާއި ބޭނުންވާ ވަރަށް މަސް ނުގަނެވޭތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

"މަސް ކަނޑާ ކިއު ދިގުވުމުން ވަރަށް އުނދަގޫ. އަވަހަށް މަސްކޮޅު ކަނޑާލެވޭނެ ގޮތެއް އޮތް ނަމަ އިތުރަށް ހިތްހަމަ ޖެހުނީސް. ކިއުގައި ޖެހިގެން މިހާރު އެތައް ވަގުތެއް އެބަ ނަގާ،" އޭނާ ބުންޏެވެ.

މަސް ވިއްކަން ހުރި މީހަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ މިއީ މާރުކޭޓު ފަޅުކޮށް އޮތުމަށްފަހު އެތައް ދުވަހެއް ފަހުން އެންމެ ގިނައިން މަސް ލިބުނު އެއް ދުވަސް ކަމަށެވެ.

"މިއީ މި އަހަރު އެންމެ ގިނައިން މަސް ލިބުނު އެއް .ދުވަސް. ވަރަށް ގިނަ މީހުން ހެނދުނުން ފެށިގެން މަސް ގަންނަން އެބަ އާދޭ. މަސް ތިޔާގިވެގެން މި އުޅެނީ މި ސަރަހައްދުން މަހަށް ދިޔަ ދޯނިތަކަށް މަސް ބޭނުމުން،" އޭނާ ބުންޏެވެ.

ރާއްޖޭގައި މަސްވެރިކަން ދަށްވެ މަހަށް ދޯނިތައް ނުފުރައި ދުވަސްތަކެއް ދިޔަ އެވެ. އޭގެ ސަބަބުން މަސް ނުލިބި، މަހުން އުފައްދާ ބައެއް އުފެއްދުންތަކުގެ އަގު ވެސް ބޮޑުވި އެވެ.

އޭގެއިތުރުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް މަސް ލިބުން ދަތިވެ، ފިހާރަތަކުގެ ހަރުން ކަނޑު މަސް ހުސްވި އެވެ. ނަމަވެސް މިހާރު މިފްކޯއަށް ވެސް ވަނީ މަސް ލިބި ހަރުތައް ފުރެން ފަށާފަ އެވެ.

މިފްކޯއިން ވަނީ އެ ކުންފުންޏަށް ގަނޑުކުރި މަސް ކިލޯއެއް 16ރ. އަށް ގަނޑު ނުކުރާ މަސް ކިލޯއެއް 14ރ. އަށް ގަންނަން ފަށާފަ އެވެ. ސަރުކާރުގެ ވައުދަކީ އެ އަގު 20ރ. އަށްވުރެ ކުޑަވިޔަ ނުދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox