ފޮނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކޮށްފި

ފޮނަދޫ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފާއިގު، އޭނާ މަގާމުން ވަކިކުރި މައްސަލަ ލޭބަ ޓްރައިބިއުނަލަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި. ފޮޓޯ: ފޮނަދޫ ކައުންސިލްގެ އިދާރާ

ފޮނަދޫ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފާއިގު، އޭނާ މަގާމުން ވަކިކުރި މައްސަލަ ލޭބަ ޓްރައިބިއުނަލަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި. ފޮޓޯ: ފޮނަދޫ ކައުންސިލްގެ އިދާރާ

ލ. ފޮނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުހައްމަދު ފާއިގު ވަކިކޮށްފި އެވެ.

ފާއިގު މަގާމުން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) އަށް މައްސަލަ ހުށައެޅީ ފޮނަދޫ ކައުންސިލުން ބޭއްވި 19 ވަނަ އާންމު ޖަލްސާގައި ނިންމުމަށް ފަހު އެވެ.

އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނީ މޭ މަހުގެ ތެރޭގަ އެވެ. އަދި އޭނާ މަގާމުން ވަކި ކުރީ މިދިޔަ މަހުގެ 18 ގަ އެވެ.

ފާއިގު މަގާމުން ވަކިކުރަން ހުށައެޅީ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާ ނުކުރާތީ އާއި ކައުންސިލުގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދޭ ކަމަށް ކައުންސިލުން ތުހުމަތުކޮށްފަ އެވެ.

އެގޮތުން އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ ރިޕޯޓުތައް ނުފޮނުވުމާއި, ހާލުބެލުން ޕޯޓަލްގެ މަސައްކަތް ނުކުރުމާއި, މަސައްކަތް ހޭންޑްއޯވާ ނުކޮށް ޗުއްޓީއަށް ދިއުމުގެ އިތުރުން ހެނދުނުގެ ބްރީފިންތަކަށް ހާޒިރުނުވުން ފަދަ ކަންކަން އޭނާއާ ދެކޮޅަށް ފާހަގަކޮށްފައިވެ އެވެ.

ކައުންސިލުން މި ތުހުމަތުތައް ކުރި ނަމަވެސް، ފާއިގު އެ ހުރިހާ ތުހުމަތުތައް ދޮގުކުރައްވަ އެވެ. ކުރިން އޭނާ "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މައްސަލަ ޖެހުނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ޕީއެންސީގެ ކެންޑިޑޭޓު، އަބްދުއްރަހީމް އަބްދުﷲ (މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް) އަށް ތާއިދު ނުކޮށް، އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް އަނީސް އަށް އޭނާ ތާއިދު ކުރުމުން ކަމަށެވެ.

މަގާމުން ވަކިކުރުމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ފާއިގު މިއަދު ވިދާޅުވީ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ޓްރައިބިއުނަލްއަށް ހުށައަޅަން ނިންމައިފައިވާ ކަމަށެވެ.

އޭނާ ހުރި މަގާމު ހުސްވުމާއި ގުޅިގެން އެ މަގާމަށް މީހަކު ނެގުމަށް ސީއެސްސީ އިން ވަނީ ޖުލައި 29، ގައި އިއުލާންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox