އުރީދޫގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ސަޕްރައިޒްތަކެއް!

އުރީދޫގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ސަޕްރައިޒްތަކެއް!

އުރީދޫ މޯލްޑިވްސްގެ ކާމިޔާބީގެ ވާހަކަ ފަށަން ޖެހޭނީ "ވަތަނިއްޔާ" ގެ ނަމާ ހަމައިންނެވެ. ރާއްޖެ އަށް ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދިނުމަށް "ވަތަނިއްޔާ"ގެ ބިންގާ އަޅައި، ހިދުމަތް ފެށީ އޯގަސްޓު 1، 2005 ގަ އެވެ. އެއީ މިއަދު އުރީދޫ މޯލްޑިވްސްއާއެކު މި ތަޖުރިބާ ކުރާ ޒަމާނީ ބަދަލުތަކުގެ ފެށުމެވެ. އުރީދޫ މޯލްޑިވްސްގެ 19 އަހަރުގެ ކުރު ތާރީހުގައި ގެނުވި އިންގިލާބީ އެތައް ބަދަލަކާއެކު ދިވެހިންގެ ދިރުއުމަށް އެތައް ފަސޭހައެއް ގެނުވައިފި އެވެ.

އެއީ ވަރަށް ގިނަ ސަފުހާއެއްގެ ވާހަކަ އެވެ. އެހެންވެ، އެ ވާހަކަތަކަށް ދިޔުމުގެ ބަދަލުގައި މި ލިޔުމުގައި ގެނެސް މިދަނީ، މިއަދު ފާހަގަކުރާ އުރީދޫގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް ދޭ އުފާވެރި ހަބަރާއި ސަޕްރައިޒުތަކެވެ. .

އުރީދޫ 5ޖީ: މުޅި ރާއްޖެއަށް ކަވަރޭޖް ފުޅާކުރުން

އިންޓަނެޓު ހިދުމަތުގެ ކަވަރޭޖު ރަނގަޅުކުރަން އުރީދޫން ބޮޑެތި އިންވެސްޓުމެންޓުތައް ކުރަމުން ދާއިރު، މާލެއެކޭ އެއްފަދައިން ކުދިކުދި އާބާދީތަކަށް ވެސް އެންމެ ޒަމާނީ 5ޖީގެ ހިދުމަތް ފުޅާކުރަން ކުރަމުންދާ މަސައްކަތުގައި މިއަދާ ހަމައަށް ބޮޑު ކާމިޔާބެއް ހޯދައިފައިވެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާމިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ 5ޖީގެ ހިދުމަތް ރާއްޖޭގެ 60 އަށް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށެވެ. މި ބަދަލުގެ ފޭސް ތިނެއްގައި 100 މުޅި ރާއްޖެއަށް ވަރުގަދަ، ހަލުވި 5ޖީގެ ހިދުމަތް ފަތުރައިލާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ޑިޖިޓަލް އިނޮވޭޝަންގެ ލީޑަރެއްގެ ހައިސިއްޔަތުން، ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއްގެ އެކްސްޕީރިއަންސެއް ލިބިގެންދާނެ،"

ނުޖޫމް: ލޯޔަލްޓީ ޕްރޮގްރާމް

އުރީދޫ ކަސްޓަމަރުންނަށް މި އަހަރީ ދުވަހު ދޭ އުފާވެރި އެއް ހަބަރަކީ މިއެވެ. ގަތަރާއި އެހެން ބައެއް ގައުމުތަކުގައި އެ ކުންފުނިން ހިންގާ ނުޖޫމް ލޯޔަޓީ ޕްރޮގްރާމުގައި އުރީދޫ މޯލްޑިވްސްގެ ކޮންމެ ކަސްޓަމަރަކަށް ވެސް މިހާރު ބައިވެރިވެ ޕޮއިންޓު ހޯދޭނެ އެވެ. ނުޖޫމަކީ ތަރި އެވެ.

އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ހިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމް ކުރެވޭނެ އެވެ. މި ޕްރޮގްރާމަކީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ.

އާޗާ ސުޕަނެޓް އަދި އާޗާ އެއާފައިބާ: ޑެއިލީ ޑޭޓާ މިހާރު ފައިބަރ ބްރޯޑްބޭންޑަށް

އުރީދޫގެ އާޗާ ސުޕަނެޓުން ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތަކެއް ވަނީ ތައާރަފު ކޮށްފަ އެވެ. ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ކޮންމެ ދުވަހަކު ވެސް މެދުނުކެނޑި އިންޓަނެޓްގެ ހިދުމަތް ލިބުމަށް މި ޕްލޭންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެން ދާނެ އެވެ. މި ކުރިއެރުމަކީ ރާއްޖޭގައި އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުކުރެވުނު ބޮޅެކެވެ.

އޭއައި މެދުވެރިކޮށް ޕޯސްޓްޕެއިޑް ޕްލޭން ތައްޔާރުކޮށްލާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭއައި ޕޯސްޓްޕެއިޑް ތައާރަފްކުރެވުނީ އެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަސްޓަމަރުން ބޭނުންތަކާއި ބޭނުންކުރުމުގެ ވައްޓަފާޅިއަށް ފެތޭ ގޮތަށް ޕާސަނަލައިޒްޑް ޕޯސްޓްޕެއިޑް ޕްލޭންތައް ހެދުމަށް މި އިނޮވޭޓިވް ހިދުމަތުން މި އަހަރީ ދުވަހާ ގުޅިގެން ވަނީ އިއުލާނުކޮށްފަ އެވެ.

އޭއައި ޕޯސްޓްޕެއިޑް އާއެކު ކަސްޓަމަރުންނަށް ތަފާތު ފްލެކްސިބިލިޓީ އާއި ވެލިއު ލިބޭ ގޮތަށް ހާއްސަ ޕްލޭނެއް ބޭނުން ކުރެވޭނެ އެވެ.

"ހެއްސަ ޑޭޓާ"ގެ ހަގީގަތް ބަލާލުން މުހިއްމު

"ހެއްސަ" ނަމުގައި އުރީދޫން ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްއަށް ތައާރަފު މިކުރީ ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕްލޭނެކެވެ. ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގިނަ ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް މި އޮފާ އަކީ އިންޓަނެޓު ބޭނުން ކުރުމާއި ސްޓްރީމް ކުރުމާއި ޗެޓުކުރުމުގައި ލިމިޓަކާ ނުލައި ގުޅާލުމުގެ މިނިވަންކަން ފަހިކޮށްދޭ ޕްލޭނެކެވެ.

އާޗާ ދަންދަން

ދަންވަރުގައި ދެން ޑޭޓާ ހުސްވެގެން ހާސްވާކަށް ނުޖެހޭނެ އެވެ. ސޯޝަލް މީޑިއާގައި ދަންވަރު ވަގުތު ހޭދަކުރާ ފަރާތްތަކަށް ހާއްސް "އާޗާ ދަންދަން" އިން ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑީއަގެ ގިނަ އެޕްލިކޭޝަންތަކަށް ދަންވަރު 1:00 އިން ފަތިހު 5:00 އަށް ޑޭޓާ އެލަވަންސެއް ލިބިގެންދާނެ އެވެ.

އެންޓަޓައިނިއާ: އެންޓަޓެއިންމަންޓް އާ ހަރުފަތަކަށް

މުނިފޫހިފިލުވުމުގެ ގިނަ އެޕްލިކޭޝަންތަކާއި އެޕްތައް ހިމެނޭ ހާއްސަ ޕޭޖެއް ކަމަށްވާ އެންޓަޓައިނިއާ މި އަހަރީ ދުވަހު ވަނީ ތައާރަފުކޮށްފަ އެވެ. މި އާ ފީޗާގައި ސޮނީލިވް އާއި ލަޔަންސްގޭޓް ޕްލޭ ހިމެނޭ ފިލްމު ޕެކް އޮޕްޝަންތަކުގެ އިތުރުން ސްނެޕްޗެޓާއި ޓިކްޓޮކްގެ ސޯޝަލް އެންޓަޓެއިންމަންޓް ޕެކްތައް ވެސް ހިމެނެ އެވެ. މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުންތަކެއް އެއްތަނަކުން ފުއްދައިދޭ ގޮތަށް އެންޓަޓެއިނިއާ ފަރުމާކޮށްފައިވެ އެވެ.

އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް

އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް އަކީ 1919 ޑޮލަރުގެ ޕްރައިޒް ޕޫލަކާއެކު ރާއްޖެ އާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތެކެވެ. އޮގަސްޓް 8، 9 ގައި ބާއްވާ މި މުބާރާތަކީ އުރީދޫ ނޭޝަންގެ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ.

--

ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށާއި، އިނޮވޭޓިވް ސޮލިއުޝަންތަކާއި، ތަފާތު ހިދުމަތުގެ ޒަރިއްޔާއިން ދިވެހިންގެ ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދަނީ އިންވެސްޓުކޮށް، މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox