ހަނިއްޔާ ޝަހީދުކޮށްލި މައްސަލައިގައި ސަރުކާރު ހަނުހުރުމުން ކުރީގެ އިސްލާމިކް މިނިސްޓަރުގެ ނުރުހުން!

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު

ހަމާސްގެ ޕޮލިޓިކަލް ޗީފް، އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ރާއްޖޭގައި ހިންގާ ބައެއް ދީނީ ޖަމިއްޔާ ޖަމާއަތްތަކުން ހަނު ތިބި ތިބުން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ކުށްވެރި ކުރައްވައިފި އެވެ.

ހަނިއްޔާ ޝަހީދުކޮށްލާފައި ވަނީ އިރާނުގެ އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެގައުމުގެ ވެރި ރަށް، ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށް ބުދަ ދުވަހުގެ ފަތިހު އެވެ. ހަނިއްޔާ ޝަހީދުކޮށްލި ހަމަލާ ދީފައި ވަނީ އޭނާ ހުންނެވި އިމާރާތަށް ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާގައި ހަނިއްޔާގެ ބޮޑީ ގާޑެއް ވެސް ޝަހީދުފައިވެ އެވެ.

ހަނިއްޔާ އަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލައިފައެއް ނުވެ އެވެ. ނަމަވެސް އެއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށް ހަމާސްއިން ވަނީ ތުހުމަތުކޮށްފަ އެވެ.

ހަނިއްޔާ އަށް ދިން ހަމަލާ އާ ގުޅޭގޮތުން ރާއްޖެއިން ބަހެއް ނުބުނާތީ އެކަމަށް ފާޑުކިޔައި ބައެއް މީހުން އަންނަނީ ސޯޝަލްމީޑިއާގައި ފާޑު ކިޔަމުންނެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ ހަނިއްޔާ ޝަހީދު ކޮށްލުމާވިދިގެން، ގައުމުތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުން އަދި ފަރުދުން، އެ އަމަލު ކުށްވެރިކޮށް، ތައުޒިޔާ ކިޔާއިރު ދިވެހި ސަރުކާރާއި ބައެއް ދީނީ ޖަމުއިއްޔާ ޖަމާއަތަކުން ފަލަސްތީނުގެ ރައްޔިތުންނާއި އިސްލާމީ އުއްމަތަށް ތައުޒިޔާ ނުލިޔައި، ހަނު ތިބުމަކީ، ޞަހްޔޫނީންގެ އަނިޔާވެރިކަމުން ފަލަސްތީނު މިނިވަން ކުރުމަށްޓަކައި ފަލަސްތީނުގެ ހައްގުގައި ޖިހާދުކޮށް، އަޑުއުފުލާ ފަރާތްތަކާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވެވޭ ވަރަށް އިހާނެތި އަމަލެއް ކަމަށެވެ.

"އިސްމާއީލް ހަނިއްޔާގެ މުޅި ހަޔާތް ހޭދަ ކުރެއްވީ ސާބިތު ކަމާއެކު ޖިހާުދު ކުރެއްވުމުގަ. މާތް ﷲ، އަޅަމެންގެ ބަހާއި އަމަލު އެއްގޮތް ކުރައްވާ، ހެޔޮވިސްނުން ދެއްވާށި،" ޑރ. ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

"ފަލަސްތީނުގެ ހައްގުގައި، ބައިނަލް އަގުވާމީ މައިދާނުގައި ކުރެވޭ ކޮންމެ ކަމެއްގައި ރާއްޖޭން ބައިވެރިވެ ދެމިއޮންނާނެ،" ކަމަށް މެއި، 20 ގައި އެކްސްގައި ކުރެއްވި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox