މަރުގެ އިންޒާރުތަކާ ހެދި ޑި މާރިއާ ކުރީގެ ކްލަބަށް ދިއުން ކެންސަލް

Aug 1, 2024, 2:56 AM
މަރުގެ އިންޒާރުތަކާ ހެދި ޑި މާރިއާ ކުރީގެ ކްލަބަށް ދިއުން ކެންސަލް

ބީނޯޒް އެރީޒް، އާޖެންޓީނާ (އޮގަސްޓް 1) - ދާދި ފަހުން އާޖެންޓީނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު، މިޑްފީލްޑަރު، އަންހެލް ޑި މާރިއާ، އޭނާ އެންމެ ފުރަަތަމަ ކުޅުނު ރޮސާރިއޯ ސެންޓްރަލް އަށް ދާން އުޅުމުން، ލިބުނު މަރުގެ އިންޒާރުތަކާ ހެދި އެ ޓްރާންސްފާގެ ކަންކަން ކުރިއަށް ނުގެންދަން ނިންމައިފި އެވެ.

އުމުރުން 36 އަހަރުގެ ޑި މާރިއާ، މިދިޔަ ސީޒަނަށް ފަހު، ޕޯޗުގަލްގެ ބެންފީކާ ދޫކޮށްލީ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުންނެވެ. މިއީ، ޑި މާރިއާގެ ކެރިއަރުގައި، އޭނާ ބެންފީކާ އަށް ކުޅުނު ދެ ވަނަ ފަަހަރެވެ.

އެންމެ ފުރަތަމަ ބެންފީކާ އަށް 2007 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ޑި މާރިއާ ވަނީ ދެ އަހަރު ރޮސާރިއޯ ސެންޓްރަލް އަށް ކުޅެފަ އެވެ. އެއީ، 2005 އިން 2007 އަށެވެ. ކެރިއަރުގެ ބާކީ ބައިގައި، އަލުން ރޮސާރިއޯ ސެންޓްރަލް އަށް ކުޅެން ޑި މާރިއާ ހުރީ ތައްޔާރަށެވެ.

އެކަމަކު، ދެން ކަންކަން ބަދަލުވެގެން ދިޔައީ އޭނާ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ.

"އަހަރެންގެ ދައްތަގެ ވިޔަފާރި ކުރާ ތަނުގައި، އޫރެއްގެ ބޮލެއް ލާފައި ހުރި ފޮށިގަނޑެއް ހުރި، އެ އޫރުގެ ބޮލުގައި ވަޒަނެއް ޖަހާފައި ހުރީ. ދެން، އެ ފޮށިގަނޑުގައި އޮތް ނޯޓުކޮޅެއް، އޭގެ ލިޔެފައި އޮތީ، އަހަރެން އެނބުރި އެ ކްލަބަށް (ރޮސާރިއޯ އަށް) އައިސްފިނަމަ، ދެން އެހެން އަންނާނީ އަހަރެންގެ އަންހެން ދަރިފުޅު ޕިއާގެ ބޯ ކަމަށް،" ރޮސާރިއޯގެ ޓެލެވިޝަން ސްޓޭޝަނަށް ދިން އިންޓަވިއުއެއްގައި، ޑި މާރިއާ ބުންޏެވެ.

"ވަރަށް އުނދަގޫ ވަގުތުތަކެއް މިއީ، ކޮންމެ ރެޔަކު ރޯކަށެއް ނުހުރެވޭނެ އަމިއްލަ ކްލަބަކަށް އެނބުރި އަންނަން ބޭނުންވެގެނޭ ކިޔާފައެއް،"

ބެންފީކާގައި ތިން އަހަރު ހޭދަކުރުމަށް ފަހު، ޑި މާރިއާ ވަނީ 2010 ވަނަ އަހަރު ރެއާލް މެޑްރިޑަށް ސޮއިކޮށްފަ އެވެ. އޭގެ ފަހުން، އޭނާ ދެން ގުޅުނީ، 2014 ވަނަ އަހަރު، މެންޗެސްޓާ ޔުނައިޓެޑާ އެވެ. އެ ކްލަބްގައި އެއް ސީޒަނުގައި ހޭދަކުުރި ޑި މާރިއާ ދެން ބަދަލުވީ، ޕީއެސްޖީ އަށެވެ. ޕީއެސްޖީ އަށް ހަތް ސީޒަން ކުޅެދިނުމަށް ފަހު، ޔުވެންޓަސް އަށް އެއް އަހަރު ކުޅުނެވެ. ދެން، ގުޅުނީ މިދިޔަ ސީޒަނުގައި ފެނިގެންދިޔަ ކުރީގެ ޓީމު ބެންފީކާ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox