ބަންގްލަދޭޝް މުޒާހަރާ ރޭވި ތިން ދަރިވަރުން ހޮސްޕިޓަލުން ހައްޔަރުކޮށްފި

ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން: މުޒާހަރާ ރޭވި ކަމަށް ތުހުމަތު ކުރެވޭ ތިން ދަރިވަރުން ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ރޮއިޓާސް

ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން: މުޒާހަރާ ރޭވި ކަމަށް ތުހުމަތު ކުރެވޭ ތިން ދަރިވަރުން ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ރޮއިޓާސް

ބަންގްލަދޭޝްގައި ވަޒީފާ ކޯޓާއާ ގުޅިގެން ކުރަމުންދާ މުޒާހަރާ ރޭވި ކަމަށް ތުހުމަތު ކުރެވޭ ތިން ދަރިވަރުން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް ހައްޔަރުކޮށްފި އެވެ.

ބަންގްލަދޭޝްގެ ކޮލެޖު ދަރިވަރުން އިސްނަގައިގެން އެ މުޒާހަރާތައް ފެށީ 1971 ގައި ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަކުރި އެ ގައުމުގެ އަސްކަރިއްޔާގެ މީހުންނަށް ސަރުކާރުން ދޭ 30 ޕަސަންޓުގެ ވަޒީފާގެ ކޯޓާއާ ގުޅިގެންނެވެ.

ބަންގްލަދޭޝްގެ ނޫސްތަކުން ބުނީ އެ ތިން ދަރިވަރުން ހައްޔަރުކުރީ ގަދަކަމުން ހޮސްޕިޓަލުން ޑިސްޗާޖުކޮށްގެން ކަމަށާއި ނަމަވެސް ބަންގްލަދޭޝް ސަރުކާރުން އެ ދަރިވަރުންތައް ހައްޔަރުކުރިކަން ދޮގުކުރާ ކަމަށެވެ.

Advertisement

ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ހާން ވިދާޅުވީ އެ ތިން ދަރިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހިމާޔަތް ދިނުމަށް ކަމަށާއި އެ ދަރިވަރުންނަށް ނުރައްކާ އޮތް ކަމަށް އެ ދަރިވަރުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް އެ ދަރިވަރުން ގެންޔުމާ ގުޅިގެން، އެ ދަރިވަރުންނަށް ހިމާޔަތް ލިބޭނެކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ ފުލުހުންގެ އަނީޔާކޮށްގެން މިހާރު ވެސް ގިނަ ދަރުވަރުންތަކެއް މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ބަންގްލަދޭޝްގައި ކުރި މުޒާހަރާގައި މިހާތަނަށް 150 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ދަރިވަރުންނެވެ. އަދި މުޒާހަރާއާ ގުޅިގެން ގިނަ ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.

ބަންގްލަދޭޝްގެ މަސްރަހު ގޯސްވުމާ ގުޅިގެން އެ ގައުމުގައި މުވާސަލާތީ ހިދުމަތްތަކުގެ އިތުރުން އިންޓަނެޓުގެ ހިދުމަތް ވެސް ސަރުކާރުން ވަނީ މެދުކެނޑާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox