ރިސޯޓުތަކާއި ވިޔަފާރިތަކުން ނުދައްކާ ހުރި 13 ބިލިއަން ރުފިޔާ ހޯދާނަން: ރައީސް

މިނިވަން ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މިނިވަން ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރިސޯޓުތަކާއި ވިޔަފާރިތަކުން ބިމު ކުއްޔާއި ޓެކްސްގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 13 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި ކޯޓަށް ގޮސްގެން ވިޔަސް އެ ފައިސާ ހޯދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ އެ ފައިސާ މިދިޔަ ސަރުކާރުތަކުން ނުހޯދައި ދޫކޮށްލި ކަމަށާއި އެކަމަށް ލޯމަރާލުމަކީ އަދުލުވެރިވުމެއް ނޫން ކަމަށެވެ.

ނުލިބި ހުރި ފައިސާ

  • ބިމު ކުލި: 513 މިލިއަން އެމެރިކާ ޑޮލަރު
  • ޓީޖީއެސްޓީ: 102 މިލިއަން އެމެރިކާ ޑޮލަރު
  • ޖީއެސްޓީ 3.3 ބިލިއަން ރުފިޔާ
  • ކޯޕަރޭޓް އިންކަމް ޓެކްސް: 1 ބިލިއަން ރުފިޔާ

"މި ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ،" ސަރުކާރުގެ މާލީ ހާލަތު ގޯހުން ގޯހަށް ދާ ދަނޑިވަޅުގައި އެކަން ފޫބެއްދުމުގެ ގޮތުން ފައިސާ ހޯދަން ފަށާފައިވާ މަސައްކަތާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.

އެ ފައިސާ ހޯދަން ސިޓީ ފޮނުވަން ފަށާފައިވާ ކަމަށާއި މިދިޔަ ހަފުތާގައި ވެސް ބައެއް ފަރާތްތަކުން ފައިސާ ދެއްކި ކަމަށް ރައީސް ވިދާޅުވި އެވެ. ލިބެން ހުރި އެ ފައިސާގެ ދެ ބައިކުޅަ އެއްބައި ކޯޓަށް ނުގޮސް ލިބޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިދެންނެވި ފައިސާ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ގައުމުގެ އިގުތިސާދީ ސިޔާދަތު ޔަގީންކުރުމަށްޓަކައި ދަރަނިން ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެން ހޯދާނަން. އަޅުގަނޑުމެން ބޭނުން ވަނީ ނިޒާމުގެ ތެރެއިން ކުރަންޖެހިފައި ހުރި ކަންކަން ދޫކޮށް ނުލައި ކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ވައްކަންތަކުން ދައުލަތަށް ގެއްލުނު ފައިސާ ހޯދަން މިދިޔަ ސަރުކާރުތަކުން ބިރު ގަތް ކަމަށާއި އެކަމަށް މި ސަރުކާރުން އެއްވެސް ބިރެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ގައިމުވެސް އަޅުގަނޑެއް ނުހުންނާނެ އެކަމުގައި އެންމެ ލޯލާރިއެއް ވެސް އެއިން އެއްވެސް ބޭފުޅަކު އަތުން އެއްވެސް ކަމެއްގައި ދުވަހަކުވެސް ހޯދާފައި. އެހެންވީމަ އަޅުގަނޑު ބިރު ގަންނަންޖެހޭ އެއްވެސް ކަމެއް ނެތެއް ނޫންތޯ. އެހެންވީމަ އެކަން ކުރާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ހޯދަން އަދި ޖުމުލަކޮށް ގެއްލިފައިވާ ފައިސާ ހޯދުމަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮރަޕްޝަން ނައްތާލުމަށް އެހެން ބަޔަކު ނުކުރާ މިންވަރަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި

މި ސަރުކާރަށް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވެ އެވެ. ނަމަވެސް އެ މަނިކުފާނު ރޭ ދެއްވި ޔަގީން ކަމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ނުކުރާ މިންވަރަށް ކޮރަޕްޝަން ނައްތާލަން މި ސަރުކާރުން މަސައްކަތް ކުރާނެ ކަމެވެ.

"ކޮރަޕްޝަން ނައްތާލުމަކީ އިގުތިސޯދު ހަރުދަނާ ކުރުމަށްޓަކައި އަދި ރަނގަޅު ގަވަނެންސް ނިޒާމެއް ގާއިމުކުރުމަށް މުހިއްމު ކަމެއް. ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން މަސައްކަތް ކުރާނަން ދުވަހަކު ރާއްޖޭގައި ނުކުރާ މިންވަރަށް. ދުވަހަކު ނުކުރާ މިންވަރަށް،" އެ މަނިކާނު ވިދާޅުވި އެވެ.

ދެފުށް ފެންނަ ޓްރާންސްޕޭރަންޓު ސަރުކާރެއް ގާއިމު ކުރާނެ ކަމަށާއި އެކަމަށްޓަކައި ފިނޭންސް މިނިސްޓްރީން އާންމު ފަރާތްތަކާއި ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލްތަކުގެ ތަފްސީލްތައް އެންމެންނަށް ފެންނާނެ ގޮތް ވެސް ހަދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox