ގޭންގު ކުށްތައް ހުއްޓުވަން ގާނޫނަށް ބަދަލުތަކެއް ގެންނަނީ

ގޭންގު ކުށްތައް ހުއްޓުވަން ގާނޫނަށް ބަދަލުތަކެއް ގެންނަނީ

ގޭންގު ކުށްތައް ހުއްޓުވުމަށް ޓަކައި އެކަމާއި ބެހޭ ގާނޫނަށް މުހިންމު ބަދަލުތަކެއް ގެންނާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގޭންގުތަކުގެ މައްސަލައަކީ ނިޒާމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަަލައާ މެދު ލޯމަރާލައިގެން ތިބިތިބުން ބަދަލުކޮށް ގޭންގު ކުށްތައް މަނާކުރުމަށް ބެހޭ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނިޒާމުގެތެރެއަށް ވަރަށް ބޮޑަށް ބޯ ވަދެފަ އޮތް މައްސަލައެއް، އެހެން ލޯމަރާލައިގެން ތިބެންޔާ ތިބެންވީ ހަމަ، އެކަމަކު އެއީ އެއް ނޫން ރައްޔިތުން ބޭނުންވާ ގޮތަކީ. ލޯ ހުޅުވަންވީ ހުރިހާ ރައްޔިތުން. އެންމެން އެކައްޗެެއް ކިޔާފަ އެކަތިގަނޑަކަށް ވާންޖެހޭ މި މައްސަލައިގަ. އިރާދަކުރެއްވިއްްޔާ ގޭންގު ކުށްތައް މަނާކުރުމާއި ބެހޭ ގާނޫނަށް މުހިންމު އިސްލާހުތަކެއް އަޅުގަނޑުމެން ގެންނާނަން" ރައީސް ވިދާޅުވި އެވެ.

ގޭންގު ކުށްތަކާއި ބެހޭ މައްސަލަތައް ހުއްޓުވަން ފުލުހުންގެ ހާއްސަ ޔުނިޓެއް މިހާރު އުފައްދާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޭންގު ކުށްތަކުގައި ޖެހޭ ސުކޫލުކުދިންނާއި ތަންކޮޅެއް ޒުވާން ކުދިން ބޭތިއްބުމަށް ދ.ވާދޫގައި ފެސިލިޓީއެއް ގާއިމުކުރަން މިހާރު ކެބިނެޓުން ނިންމަވައިފައިވާ ކަމަށެވެ. އެ ފެސިލިޓީގައި މަަސައްކަތް ކުރާނީ އެ ގެންދެވޭ ކުދިންނަށް އެކިކަހަލަ ފަންނުތައް ދަސްކޮށްދީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހަދަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox