މިނިވަންދުވަސް ފާހަގަކުރަން އިހަވަންދޫގައި "ސައްބީސް އަށާވީސް"

މިނިވަންދުވަސް ފާހަގަކުރަން އިހަވަންދޫގައި "ސައްބީސް އަށާވީސް"

މިނިވަން ދުވަހާ ގުޅުވައިގެން "ސައްބީސް އަށާވީސް" ނަމުގައި ހާއްސަ ހަރަކާތްތަކެއް ހއ. އިހަވަންދޫގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިހަވަންދޫ އެންމެ ގިނަ ދުވަސްވީ މަދަނީ ޖަމިއްޔާ، އިހަވަންދޫ މަސްވެރިންގެ ގުޅުން، "އިމަގު"ން ކުރިއަށް ގެންދާ މި ހަރަކާތްތަކަކީ އެ ޖަމިއްޔާއިން އިސްނަގައިގެން ތަރައްގީ ކުރަމުންދާ ޒަމާނީ ފެންވަރުގެ އައުޓް ޑޯ ވޮލީ ކޯޓު އިފްތިތާހުކުރުމުގެ ރަސްމިއްޔާތާ ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ވޮލީ ކޯޓު އިފްތިހާހުކުރުމުގެ ހަފުލާ ކުލަ ގަދަކޮށް ކުރިއަށް ގެންދަން އެ ޖަމިއްޔާއިން ނިންމާފައިވަނީ އެއީ މިނިވަންދުވަހުގެ އުފަލުގައި އެ ޖަމިއްޔާއިން އެ ރަށުގެ ރައްޔިތުންނަށް ދޭ މިނިވަން އުފާ ހަދިޔާއެއް ކަމަށްވެފައި، ޖަމިއްޔާގެ 28 ވަނަ އަހަރީ އުފާ ފާޅުކުރުން އެ އުފަލާއާ ގުޅުވާލުމަށެވެ.

އިމަގު ޖަމިއްޔާ ފާހަގަވެފައިވަނީ މުޅި ތިލަދުންމަތިން ވެސް މަދަނީ ހިދުމަތުގައި ނަމޫނާ ދައްކަމުން ގެންދާ ޖަމިއްޔާއެއްގެ ގޮތުގައެވެ. އިހަވަންދޫގެ ތަރައްގީއަށް ހިންގާ ހަމަ ކޮންމެ ހަރަކާތެއްގައި ޝާމިލުވެ ބައިވެރިވެ އެއް ރޫހެއްގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއްގެ ގޮތުގައެވެ. ކުޅިވަރާއި ފަންނުވެރިކަން ދިރުވާ އާލާކުރުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ގޮތުގައެވެ.

އިމަގުގެ ހިދުމަތުގެ އަގުވަޒަންކޮށް ހއ. އަތޮޅު ކައުންސިލުން ދެއްވާ އަތޮޅުގެ އެންމެ ހިދުމަތްތެރި ޖަމިއްޔާގެ އިނާމު ހޯދާފައިވާ އިރު، ޖަމާއަތަށް ހިދުމަތްކުރުމުގެ ދާއިރާއިން ރައީސުލްޖުމުހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް އިމަގުން ވަނީ ހާސިލުކޮށްފަ އެވެ. އަދި 2023ވަނަ އަހަރު ޔޫތު މިނިސްޓްރީން ދެއްވަން ފެއްޓެވި ސިވިލް ސޮސައިޓީ އެވޯޑްގެ ތައުލީމީ ދާއިރާއަށް ހިދުމަތްކުރުމުގެ ގިންތިން އެ އެވޯޑު ވެސް އެ ޖަމިއްޔާއިން ވަނީ ހާސިލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox