ފެނަކަ މައްސަލަ: ގދ. ތިނަދޫން ހަތް ގެއެއް ކުއްޔަށް ނެގުމަށް 2.8 މިލިއަން ރުފިޔާ

ގދ. ތިނަދޫ އިންޖީނުގެ -- ފޮޓޯ: އަދަދު

ގދ. ތިނަދޫ އިންޖީނުގެ -- ފޮޓޯ: އަދަދު

ފެނަކަ ކޯޕަރޭޝަނުގެ ބޭނުމަށް ގދ. ތިނަދޫން ހަތް ގެއެއް ކުއްޔަށް ނެގުމަށް ޖުމުލަ 2.8 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "އަދަދު" ނޫހަށް ވިދާޅުވީ އެ ގެތަކުގެ ތެރެއިން ހަ ގެއެއް ކުއްޔަށް ހިފުމުގެ އެއްބަސްވުން ހެދީ ނޮވެމްބަރު 2021 އިން ފެށިގެން ހަ މަސް ދުވަހަށް ކަމަށެވެ. އިތުރު ގެއެއް، ޖެނުއަރީ 2022 އިން ފެށިގެން ކުއްޔަށް ނެގިއިރު، އެ ހުރިހާ ގެއަކަށް 17 މަސްވުރެ ގިނަ ދުވަހު ކުލި ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގެއަކަށް ތިން ލައްކަ އާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ފައިސާ ދައްކާފައިވޭ. ޖުމުލަ 2.8 މިިލިއަން ރުފިޔާ ވަނީ ދައްކާފައި،" މުއާޒު ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް ގެ ކުއްޔަށް ހިފާފައި ބަހައްޓާފައި ހުރީ އޭރުގެ މެނޭޖިން ޑިރެކްޓަރު ތިނަދޫއަށް ވަޑައިގެން ހުންނެވުމަށް ކަމަށާއި އެހެން ގެތަކަކީ، އެ ރަށުގައި ހިންގި ފެނަކައިގެ މަޝްރޫއުތަކުގައި ދިޔަ މުވައްޒަފުން ތިބުމަށް ކުއްޔަށް ހިފި ތަންތަން ކަމަށް މުއާޒު ވިދާޅުވި އެވެ.

"މިއީ އިސްރާފެއް،" އޭނާ ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް މަޝްރޫއު ހިންގަމުން ދިޔައީ ތިނަދޫގަ އެވެ. އެ ރަށު އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ސައީދުގެ ދައުރުގައި ފަށާއި މަޝްރޫއު ވަނީ ގާތްގަނޑަކަށް ނިންމައިފަ އެވެ.

ސައީދު ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ. މަސައްކަތް ކޮށްފައިވާނީ ރައްޔިތުންގެ ބޮޑު ތަކުލީފަކަށް ވެފައިވާ އަސާސީ ހިދުމަތްތައް ރައްޔިތުން ހިތްހަމަ ޖެހޭ މިންވަރަށް ހަރުދަނާކަންމަތީ ގާއިމުކޮށް ދިނުމާއި ސަރުކާރުގެ ސިޔާސަތަށް ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ

ނަމަވެސް، ފެނަކަ ކޯޕަރޭޝަންގެ މަޝްރޫއުތައް ހިންގާފައިވަނީ މާކެޓު ރޭޓަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް، ކުންފުންޏަށް ގެއްލުންވާ ގޮތަށް ކަމަށް ތުހުމަތުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox