ރެނާޓަސް އެރައިޒްއިން ޝޯއަކާއެކު ހުކުރު ދުވަހު އާ މަޝްރޫއެއް ލޯންޗުކުރަން ނިންމައިފި އެވެ.
ރެނާޓަސް އެރައިޒްގެ އާ މަޝްރޫއު ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭ 08:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި މަޝްރޫއުގެ ތަފުސީލުތައް ހިއްސާކުރުން އޮންނާނީ މި އިވެންޓުގެ ތެރެއިންނެވެ.
އާންމުންނަށް ހުޅުވާލައިގެން ބާއްވާ އެ އިވެންޓުގައި ޕާފޯމްކުރާނީ ޓްރެފިކް ޖޭމް، ރަވިއޯ، ސްކައިރޮކްގެ އިތުރުން 1438 ބޮޑުބެރު ގްރޫޕް އެވެ.
އިންޑިއާގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން އަންނަ ރެނާޓަސް ޕްރޮޖެކްޓްސްގެ އެ އިވެންޓް އިންތިޒާމުކުރަނީ ތިންކް އެސޯސިއޭޓްސްއިންނެވެ.
ރެނާޓަސްއިން މީގެ ކުރިން ހުޅުމާލޭގައި މަތީފަންތީގެ ފްލެޓް އިމާރާތްކޮށް، މީހުންނަށް ވިއްކާފަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މިދިޔަ ސަރުކާރުގައި ހަވާލުކުރީ ރެނާޓަސް ކުންފުންޏާ އެވެ. އެ ކުންފުނިން އަންނަނީ އެ މަސައްކަތް ވެސް ކުރަމުންނެވެ.











