ޑޮނަލްޑް ޓްރަމްޕު ގަޔަށް ރެލީއެއްގައި ބަޑިޖަހައި ޒަހަމްކޮށްލައިފި، ހަމަލާދިން މީހާ މަރާލައިފި

ޓްރަމްޕު ގަޔަސް ބަޑި ޖެހި ފަހުން ސީކްރެޓް ސާވިސްގެ ސިފައިން އޭނާ ހިމާޔަތް ކުރަން މަސައްކަތް ކުރަނީ: ޓްރަމްޕު އަވަހާރަކޮށްލަން ދިން ހަމަލާގެ ވަޒަން ދިޔައީ އޭނާގެ ކަންފަތް ކައިރިން -- ފޮޓޯ: ރޮއިޓާސް

ޓްރަމްޕު ގަޔަސް ބަޑި ޖެހި ފަހުން ސީކްރެޓް ސާވިސްގެ ސިފައިން އޭނާ ހިމާޔަތް ކުރަން މަސައްކަތް ކުރަނީ: ޓްރަމްޕު އަވަހާރަކޮށްލަން ދިން ހަމަލާގެ ވަޒަން ދިޔައީ އޭނާގެ ކަންފަތް ކައިރިން -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަވަހާރަކޮށްލުމުގެ ބޭނުމުގައި އޭނާ ބައިވެރިވި ރެލީއެއްގައި މީހަކު ބަޑި ޖަހައިފި އެވެ.

ރާއްޖެ ގަޑިން ފަތިހު ހިނގި އެ ހާދިސާގައި ޓްރަމްޕު ޒަހަމްވި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ. ބަޑި ޖެހި އިރު ޓްރަމްޕު ހުންނެވީ ޕޯޑިއަމުގައި ވާހަކަ ދައްކަވާށެވެ. ބަޑީގެ އަޑު އިވުމާއެކު ޓްރަމްޕު ޕޯޑިއަމް ކައިރިއަށް ތިރިވި އެވެ. އަދި ތެދުވެވަޑައިގެންނެވިއިރު ކަންފަތުން ލޭ އާދެ އެވެ.

ގާތްގަނޑަކަށް ތިން ފަހަރު ޓްރަމްޕު ގަޔަށް ބަޑި ޖެހި އަޑު ވީޑިއޯއަކުން އިވެ އެވެ. ބަޑި ޖެހި އިރު ޓްރަމްޕު ކަންފަތުގައި އަތް އަޅުއްވާ މަންޒަރު ވެސް ފެނެ އެވެ. ޕޯޑިއަމުން ކައިރިއަށް ތިރިވުމަށްފަހު ތެދުވެވަޑައިގެން އަތުގެ އިޝާރާތުން ގަދަކޮށް ހުންނެވިކަން ޓްރަމްޕު ދެއްކެވި އެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ޓްރަމްޕު އަވަހާރަކޮށްލަން އުޅުނު މީހާ ގަޔަށް ސިފައިން ބަޑި ޖަހައި އޭނާ ވަނީ މަރާލައިފަ އެވެ. އެ މީހާގެ ތަފުސީލެއް އަދި އެމެރިކާ ސަރުކާރުން ހާމައެއް ނުކުރެ އެވެ. ބަޑި ޖެހި މީހާގެ އިތުރުން އެހެން މީހަކު ވެސް ސިފައިން ރައްދުގައި ދިން ހަމަލާތަކުގައި މަރުވެފައިވާ ކަމަށްވެ އެވެ.

މީގެ ކުރިން 2017 ވަނަ އަހަރުން ފެށިގެން ހަތަރު އަހަރު އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވި ޓްރަމްޕުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕަށް ހަމަލާދިނުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޓްރަމްޕަށް ގުޅައި ވާހަކަ ދައްކަވައިފަ އެވެ. އަދި އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ބައިޑެން ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕަށް ހަމަލާދީފައި ވަނީ ބަޓްލާ، ޕެންސިލްވޭނިއާގައި ކުރިއަށް ގެންދިޔަ ރެލީއެއްގެ ތެރެއިންނެވެ. ޓްރަމްޕު ގަޔަށް ބަޑި ޖެހި މީހާ މަރާލީ އެމެރިކާ ސީކްރެޓް ސާވިސްގެ ސްނައިޕަރުން ކަމަށް ބެލެވެ އެވެ. ޕޯޑިއަމްއާ ދިމާލުން މަތީގައި ހުރި ފުރާޅެއްގައި ހުރެ ސްނައިޕަރަކު ރައްދުގައި ހަމަލާ ދޭ މަންޒަރު ވީޑިއޯއަކުން ފެނެ އެވެ.

އެ ހާދިސާ ހިނގި އިރު ރައީސް ޖޯ ބައިޑެން ހުންނެވީ ޗުއްޓީގަ އެވެ. ނަމަވެސް މިހާރު ޗުއްޓީ ކުރުކޮށްލެއްވުމަށްފަހު އެނބުރި ވައިޓް ހައުސްއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ. އަދި މިހާރު އެ ހާދިސާގެ ދެ ބްރީފިންއެއް ވެސް ސީކްރެޓް ސާވިސް އިން ބައިޑެންއަށް އަރުވާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox