އެންސީޓީސީން އަމަލުކުރީ މުސްލިމުންނާ އަދާވާތްތެރި މިސްރާބަށް ކަމަށް ބުނެ އެކަން ބަދަލުކުރަން ސަލަފުން ބައްދަލުކޮށްފި

Jul 12, 2024, 12:12 PM
އެންސީޓީސީން އަމަލުކުރީ މުސްލިމުންނާ އަދާވާތްތެރި މިސްރާބަށް ކަމަށް ބުނެ އެކަން ބަދަލުކުރަން ސަލަފުން ބައްދަލުކޮށްފި

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން މީގެކުރިން އަމަލުކުރަމުން އައީ މުސްލިމުންނާ އަދާވާތްތެރި މިސްރާބަކަށް ކަމަށް ވާތީ އެކަން ބަދަލުކުރަން ކަމަށް ބުނެ ޖަމިއްޔަތު ސަލަފުން އެ ސެންޓަރާ އިއްޔެ ބައްދަލުކޮށްފި އެވެ.

ސަލަފުގެ އިސްވެރިންނާއި އެންސީޓީސީގެ ބައެއް ވެރިންނާ ބައްދަލުކުރިކަން އެ ސެންޓަރުގެ އޮފިޝަލް އެކްސް އެކައުންޓުން ވަނީ ހާމަކޮށްފަ އެވެ. މިއީ ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށް އެންސީޓީސީން ބުނެ އެވެ.

ނަމަވެސް, ސަލަފުގެ ރައީސް އަބްދުالله ބިން މުހައްމަދު އިބްރާހިމް އެކްސްގައި ވިދާޅުވީ ބައްދަލުކުރީ އެންސީޓީސީން މީގެކުރިން އަމަލުކޮށްފައިވަނީ މުސްލިމުންގެ އަދާވާތްތެރިން ބޭނުންވާ ގޮތަށް ކަމުން އެކަން ބަދަލުކުރުމުގެ ނިޔަތުގައި ކަމަށެވެ.

"ފާއިތުވި ތަނުގައި ސެންޓަރުގެ މަސައްކަތް ފާހަގަވެފައިވަނީ، މުސްލިމުންނާ އަދާވާތްތެރި ފަރާތްތަކުގެ މިސްރާބާއި ރަހައަށް، އަދި އިސްލާމީ މުޖުތަމައެއްގައި ހުންނަން ޖެހޭ ވިސްނުމާއި މިންގަނޑަށް ނޫން ކަމުން، ކުރިއަށް އޮތް ތާނގައި އެކަންކަން ސީދާކޮށްގެން މެނުވީ އިސްލާމީ މުޖުތަމައުއެއްގައި އަމަންއަމާންކަން ނުހިފެހެއްޓޭނެ ކަމުގެ މައްޗަށް" އޭނާ ވިދާޅުވެފައިވެ އެވެ.

އޭނާ އެ ވިދާޅުވާ މުސްލިމުންނާ އަދާވާތްތެރި މިސްރާބާއި ރަހައަކީ ކޮން ކަންކަމެއްކަން ސާފުކޮށް ބުނެފައިނުވެ އެވެ.

ޖަމިއްޔާއެއްގެ ގޮތުގައި އޮވެ އަމަލުކުރާ ގޮތްތަކާ ގުޅިގެން ސަލަފު ޖަމިއްޔާއަށް ފާޑުކިޔުން އަމާޒުވެ އެވެ. ވަކިން ހާއްސަކޮށް ޖަމިއްޔާއެއްގެ ނިވަލުގައި ތިބެ ސިޔާސީ ހަރަކާތް ހިންގާ ކަމަށް ބުނެ ފާޑުކިޔުން ސަލަފަށް އަމާޒުވެ އެވެ.

2018 ގެ ރިޔާސީ އިންތިހާބުގައި ސަލަފުން އެންޑޯޒް ކުރީ އޭރުގެ ރައީސް އަދި ޕީޕީއެމްގެ ރިޔާާސީ ކެންޑިޑޭޓު އަބްދުالله ޔާމީނެވެ. އަދި މިދިޔަ އަހަރު އޮތް އިންތިހާބުގައި އެ ޖަމިއްޔާގެ ބައެއް އިސްވެރިންނާއި ހަރަކާތްތެރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެންޑޯޒް ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox