13 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްމާދު 14 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ހައްމާދު އޭނާ ލަނޑާ ނަގަން ގޮސް އުޅުނު ދޯނީގައި: އޭނާ ރޭޕްކުރި މައްސަލަ ފެންމަތިވީ އެ ކުއްޖާ ވިހެއި ފަހުން - ފޮޓޯ/ ސޯޝަލްމީޑިއާ

ހައްމާދު އޭނާ ލަނޑާ ނަގަން ގޮސް އުޅުނު ދޯނީގައި: އޭނާ ރޭޕްކުރި މައްސަލަ ފެންމަތިވީ އެ ކުއްޖާ ވިހެއި ފަހުން - ފޮޓޯ/ ސޯޝަލްމީޑިއާ

ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕް ކުރަމުންދިޔަ މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ އިސްމާއިލް ހައްމާދުގެ މައްޗަށް ކުށް ސާބިތުވެ 14 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ހައްމާދު އެ ކުއްޖާ ރޭޕްކުރިކަން ފަޅާއެރީ އޭނާ ބައިވެރިވި ދީނީ ހަރުކަށި ފިކުރުގެ ގްރޫޕެއްގެ ތެރޭގައި ހައްމާދަށް ހަމަލާދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން ދަނިކޮށެވެ. އޭރު އެ ކުއްޖާ ވަނީ ހައްމާދުގެ ދަރިއަކު ވިހާފަ އެވެ.

ފުލުހުން އޭރު ބުނި ގޮތުގައި 13 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ހާއްމާދާ ދިމާވެ އެވެ. ރޭޕްގެ ޝިކާރައަކަށްވި ކުއްޖާއަކީ ވެސް ހަރުކަށި ފިކުރުގެ ބޮޑެއްގެ ދަރިއެކެވެ.

ކްރިމިނަލް ކޯޓުން މިއަދު ހައްމާދަށް 14 އަހަރުގެ ހުކުމެއް އިއްވިއިރު އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އޮންނަ އެންމެ ބޮޑު އަދަބެވެ. އެފަދަ ކުށެއް ކުރާ މީހަކަށް އިއްވެނީ 10 އަހަރާއި 14 އަހަރާ ދެމެދުގެ ހުކުމެކެވެ.

ރ. މަޑުއްވަރިއަށް ނިސްބަތްވާ ހައްމާދު ފުލުހުން ހައްޔަރުކުރީ ނޮވެމްބަރު، 2019، ގައި ކަނޑުމަތީގައި ހިނގި ކުރިން އިޝާރާތްކުރި މާރާމާރީގެ ސަބަބުން އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ. އެ ހަމަލާއިން ހައްމާދު ސަލާމަތްވީ އެ މީހުން ތިބި ދޯނިން ފުންމާލައިގެން ފަތާފައި އއ. މާޅޮހަށް އަރައިގެންނެވެ.

އެ މާރާމާރީގައި ހައްމާދުގެ ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދިނީ، ރ. މަޑުއްވަރީ ބީޗްހައުސް، އިސްމާއިލް އާސިފެވެ. އޭނާ އަދިވެސް ހުރީ ބަންދުގަ އެވެ.

މީގެ ކުރިން ފުލުހުން އާންމުކުރި މައުލޫމާތުން އިނގޭ ގޮތުގައި ގޮތުގައި ހައްމާދު ހަރުކަށި ފިކުރުގެ ތެރެއަށް ވަނީ އެހެން ކުށެއްގައި އިއްވި ޖަލު ހުކުމެއް ތަންފީޒުކުރުމަށް ޖަލުގައި ބަންދުވެ އުޅުމެގެ ތެރޭގަ އެވެ.

ހައްމާދު، އެންމެ ފުރަތަމަ ޖަލަށްލީ 2012 ގައި ވީޓީވީ އަށް ގެއްލުންދީގެންނެވެ. އެ ހުކުމުން މިނިވަންވެފައި ހުއްޓައި ސެޕްޓެމްބަރު، 22، 2019 ގައި މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި އެހެން ތަކެތި ވައްދަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.

ހައްމާދު އެންމެ ފަހުން ހައްޔަރުކޮށް، ކުށުގެ ރެކޯޑު ތަފްސީލްކޮށްދެއްވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައި ވަނީ ޖަލުން ނުކުތް ފަހުން، ދީނީ ހަރުކަށި ފިކުރަށް ތަބާވެ ހަރަކާތްތައް ހައްމާދު ހިންގާ ކަަމަށް ތުހުމަތު އޮތް ކަމަށެވެ.

ނުރައްކާތެރި ހައްމާދު ޖަލުން ނުކުތްއިރު ހުރީ ދީނުގެ ނަމުގައި ހަރުކަށި ފިކުރުގައި މާ މާ ނުރައްކާ ލެވެލެއްގަ އެވެ.

ހައްމާދު ތަބާވަނީ، އެނގިފައިވާ ގޮތުގައި، އައިސިސް އަށެވެ. ހަރުކަށި ފިކުރުގެ ތެރެއިން "ޣަނީމާ މުދާ" ކަމަށް ކަނޑައަޅައި ބޮޑެތި ވައްކަންތަކުގައި ހައްމާދު ބައިވެރިވި ކަމުގެ ތުހުމަތުތައް އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox