ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުގެ ހިދުމަތްތަކަށް މިއަދު މެންދުރުން ފެށިގެން ބުރޫ އަރައިފި އެވެ.
ބުރޫ އަރާފައި ވަނީ ޕޭމަންޓް ގޭޓްވޭތަކާއި، ޕީއޯއެސް އަދި އޭޓީއެމް މެޝިންތަކުން ހިދުމަތް ހޯދާ ބީއެމްއެލްގެ ކާޑުތަކުންނެވެ. އެގޮތުން އޭޓީއެމްގެ ހިދުމަތްތައް ވެސް މިވަގުތު ވަނީ މެދުކެނޑިފަ އެވެ.
ބީއެމްއެލްއިން ބުނީ ކާޑުގެ ހިދުމަތްތަކަށް ބުރޫ އަރާފައި ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި އެކަން ހައްލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.











