ކްލަބް މޯލްޑިވްސްގެ މުބާރާތްތައް އަންނަ މަހު 31 ގައި ފަށަނީ

Jul 11, 2024, 5:05 AM
މިިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު

މިިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު

ކްލަބް މޯލްޑިވްސް އިން ބާއްވާ މުބާރާތްތައް އަންނަ މަހުގެ 31 ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް ކްލަބް މޯލްޑިވްސް އިން ހާމަކޮށްފި އެވެ.

އަންނަ މަހު، 31 ގައި ކްލަބް މޯލްޑިވްސް ކްލަސިކާއި އެއިޓީންތާޓީ ފުޓްސަލް ފިއެސްޓާ ފަށާއިރު، ކްލަބް މޯލްޑިވްސް ކަޕް ފަށަނީ ސެޕްޓެމްބަރު 19 ގައި ކަމަށް ކްލަބް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

އެ ގޮތުން، އެންމެ ފުރަތަަމަ އަންނަ މަހު ފަށާ ކްލަބް މޯލްޑިވްސް ކްލަސިކް އާއި އެއިޓީންތާޓީ ފުޓްސަލް ފިއެސްޓާ، ކްލަބް މޯލްޑިވްސް ކަޕްގެ ކުރިން ނިންމާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް ކުޅޭ ގޮތަށް މި ވަގުތު ތާވަލުކޮށްފައި އޮތީ، އޮކްޓޫބަރު 12 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރު އެއިޓީންތާޓީ ފުޓްސަލް ފިއެސްޓާގެ ވެސް ކްލަސިކް މުބާރާތެއް ބޭއްވި ނަމަވެސް، ކްލަބް މޯލްޑިވްސް އިން މި ފަހަރު ބާއްވާނީ އަންހެން ޑިވިޝަނަށް އެންމެ މުބާރާތެކެވެ.

ކްލަބް މޯލްޑިވްސްގެ މިދިޔަ އަހަރުގެ މުބާރާތްތައް ކާމިޔާބުކުރި ޓީމުތަކަށް ބަލާއިރު، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)ގެ މައްޗަށް 5-3 އިން ކުރިހޯދުމަށް ފަހު ކްލަބް ވެމްކޯ އިން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ. ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން އެއިޓީންތާޓީ މުބާރާތުގެ ފައިނަލުގައި ޕޮލިސް ކްލަބް އަތުން 3-1 އިން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ޓީމު ފެނަކަ އިންނެވެ.

ކްލަސިކް މުބާރާތްތަކަށް ބަލާއިރު، ކްލަބް މޯލްޑިވްސް ކަޕްގެ ކްލަސިކްގެ ޗެމްޕިއަންކަން، ފައިނަލުގައި ކްލަބް 220ގެ މައްޗަށް 7-2 އިން ކުރިހޯދައިގެން ކާމިޔާބުކުރީ ޓީމު ޑީޖޭއޭ އިންނެވެ. އަދި އެއިޓީންތާޓީ ކްލަސިކް މުބާރާތުގެ ފައިނަލުގައި ޓީމު އެމްއޭސީއެލް 3-0 އިން ބަލިކޮށް ކްލަބް ވެމްކޯ އިން ތަށި އުފުލާލި އެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، އަލުން ފަށައި ފާއިތުވި ތިން އަހަރު އެ މުބާރާތް ވަނީ ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.

ކްލަބް މޯލްޑިވްސް އިން ބުނީ، ކުރިއަށް އޮތް މުބާރާތްތައް ވެސް ފޯރިގަދަ ކުުރުމުގެ ގޮތުން ކަންތައްތަކެއް ރޭވިފައިވާ ކަމަށާއި، މުބާރާތް ފެށުމުގެ ގޮތުން ހާއްސަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox