ޖަރުމަނު ކޯޗު ނާގަލްސްމަން ކަންބޮޑުވުމަކީ ސްޕެއިން މެޗުގެ ރޭވުންތައް "ލީކް" ވެދާނެތީ

Jul 5, 2024, 3:14 AM
ޖަރުމަނު ކޯޗު ނާގަލްސްމަން ކަންބޮޑުވުމަކީ ސްޕެއިން މެޗުގެ ރޭވުންތައް "ލީކް" ވެދާނެތީ

ސްޓުޓްގާޓް (ޖުލައި 5) - ޖަރުމަނު ފުޓްބޯޅަ ޓީމުގެ ކޯޗު، ހޫލިއަން ނާގަލްސްމަން، މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަންތަކުގެ ތެރޭގައި އޭނާގެ ރޭވުންތަކުގެ މައުލޫމާތު މީޑިއާގައި ލީކްވެދާނެތީ ކަންބޮޑުވުންފާޅުކޮށްފި އެވެ.

ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކްގެ ކޯޗަކަށް ނާގަލްސްމަން، 36، ހުރިއިރު، އޭނާ ޓީމު ރޭވިގޮތް، އަޑުއަހައިގެން، ނޫސްވެރިން ވަނީ މީޑިއާގައި ރިޕޯޓްކޮށްފަ އެވެ. އެ ވާހަކަތައް، ނާގަލްސްމަން ވަނީ، ޔޫރޯގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގެނެސްފަ އެވެ. އެއާ އެކު، ޖަރުމަނު މީޑިއާ އިން ވަނީ ސްޕެއިން މެޗަށް ނާގަލްސްމަންގެ ތައްޔާރީގެ ވާހަކައެއް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ޖަރުމަނުގެ ނޫހެއް ކަމަށްވާ، "ބިލްޑް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިން މެޗަށް ތައްޔާރުވާން ޖަރުމަނުން ބޭއްވި ހުރިހާ ޓީމު ބައްދަލުވުމެއްގައި، ނާގަލްސްމަން ވަނީ ބޭރަށް އަޑުއިވޭ ގޮތަށް، އެ ޓީމުގެ އޮފިޝަލުން ލައްވައި، އަޑުބާރުކޮށް ލަވަ ޖަހައިފަ އެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނާގަލްސްމަން ބުނީ، ސްޕެއިން އަތުން މޮޅެއް ހޯދަން ކުރަން ޖެހޭ މަސައްކަތަށް ޖަރުމަނުން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.

"ޑެންމާކް މެޗުގެ ފުރަތަމަ 20 މިނިޓަކީ މި ފަހަރުގެ ޔޫރޯގައި އަހަރެމެންގެ އެންމެ ރަނގަޅު އެއް ވަގުތު. އެ ގޮތަށް ހަމަޖެހިލައިގެން، އަހަރެމެން ކޮންމެ މެޗެއްގައި ވެސް މަސައްކަތްކޮށްފިއްޔާ، އެއްވެސް ޓީމަކަށް އަހަރެމެން ބަލިކުރަން ފަސޭހަނުވާނެ،" ނާގަލްސްމަން ބުންޏެވެ.

ތިން ފަހަރު ޔޫރޯގެ ޗެމްޕިއަންކަން ހޯދި ސްޕެއިނަކީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ހަމައެކަނި ޓީމެވެ. އެހެންކަމުން، ނާގަލްސްމަން ދެކޭގޮތުގައި، ޖަރުމަނުން ޗެމްޕިއަންކަން ހޯދާނަމަ ސްޕެއިން ލެވަލްގައި އޮތް ޓީމެއް ބަލިކުރަން ޖެހެ އެވެ.

"އިސް އުފުލައިގެން ޗެލެންޖަށް ތައްޔާރުވާންވީ، މޮޅުވެގެން ކުރިއަށް ގޮސްގެން އަހަރެމެން ބޭނުންވާ ޗެމްޕިއަންގެ މަގާމަށް ދެވެން މި އޮތީ،" ނާގަލްސްމަން ބުންޏެވެ.

ޖަރުމަނުން މި ފަހަރުގެ ޔޫރޯގައި ތަފާތު ދައްކަމުން އަންނަ އެއް ކުޅުންތެރިއަކީ، ޒުވާން ޕްލޭމޭކަރު، ޖަމާލް މުސިއާލާ އެވެ. އޭނާ އަކީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރެއިން އެކަކެވެ. މުސިއާލާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

އަނެއްކޮޅުން، ސްޕެއިންގެ ތަރިއެއްގެ ގޮތުގައި ވިދަމުން އަންނަނީ 16 އަހަރުގެ ވިންގް، ލަމީން ޔަމާލް އެެވެ. މިރޭގެ މެޗަކީ އެ ދެ ކުޅުންތެރިންގެ ކުރިމަތިލުމެއްގެ ގޮތުގައި ވެސް މީޑިއާގެ ސުވާލުތަކެއް ވަނީ އަމާޒުވެފަ އެވެ.

ނާގަލްސްމަން ބުނީ، މީޑިއާ އިން ޔަމާލް ވާހަކަ ދައްކާ މިންވަރަށް މުސިއާލާގެ ރޯލުގެ ކަންކަން ނުގެނެސްދިނުމަކީ ރަނގަޅަށް ކުރާ ކަމެއް ނޫން ކަމަށެެވެ.

"އަހަރެން ލަމީން (ޔަމާލް) އަށް ވުރެ ފޯކަސް ކުރަނީ މުސިއާލާ އަށް، އަހަރެމެންގެ އެޓޭކަށް،" ނާގަލްސްމަން ބުންޏެވެ.

މިއީ، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނާއި ޖަރުމަނުގެ ހަތަރު ވަނަ ކުރިމަތިލުމެވެ. ސްޕެއިނުން 1984 ވަނަ އަހަރު ޖަރުމަނު ބަލިކޮށްފައިވަނިކޮށް، އެ ޓީމުން ވަނީ 1988 ވަނަ އަހަރުގެ މުބާރާތުގައި ސްޕެއިން ބަލިކޮށް ބަދަލުހިފައިފަ އެވެ. އެންމެ ފަހުން، ޔޫރޯގައި މި ދެ ޓީމު ބައްދަލުކުރި މެޗަކީ، 2008 ވަނަ އަހަރުގެ ޔޫރޯ ފައިނަލެވެ. ސްޕެއިން ވަނީ ޖަރުމަނު 1-0 އިން ބަލިކޮށްފަ އެވެ.

ސްޕެއިނުން މީގެ ކުރިން ޔޫރޯ އާއި ވޯލްޑް ކަޕްގެ މެޗެއްގައި މުބާރާތް ބާއްވާ ގައުމާ ކުޅެން ޖެހިއްޖެނަމަ މޮޅުވެފައިނުވެ އެވެ. އެ ގޮތުން، މުބާރާތް ބާއްވާ ގައުމާ މިހާތަނަށް ކުޅުނު ނުވަ ފަހަރު ވެސް ވަނީ ބަލިވެފަ އެވެ.

ޖަރުމަނާއި ސްޕެއިން ބައްދަލުކުރާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox