މަސްވެރިންނަށް ދޭން ޖެހޭ 53 މިލިއަން ރުފިޔާ ހަލާސްކުރަނީ

މަސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން: މިދިޔަ ބުރާސްފަތީގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ވަނީ ޖަމާކޮށްފައި -- ފޮޓޯ؛ މިރާން ނާޝިމް / އަދަދު

މަސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން: މިދިޔަ ބުރާސްފަތީގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ވަނީ ޖަމާކޮށްފައި -- ފޮޓޯ؛ މިރާން ނާޝިމް / އަދަދު

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ކިރާފައިވާ މަހަށް ދޭން ޖެހޭ 53 މިލިއަން ރުފިޔާ ޖަމާކުރަން ފަށައިފި އެވެ.

މިފްކޯއިން ބުނީ މަސްވެރިންނަށް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދޭން ޖެހޭ ފައިސާ ފަށާފައިވާ ކަމަށެވެ. މި ފައިސާ ޖަމާކުރަން މިފްކޯއިން މި ފެށީ އެ ފައިސާ ނުދީގެން، މަސްވެރިން އަޑުއުފުލަމުން އަންނަތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ.

މަހުގެ އަގަށް ގެނައި ބަދަލާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ނޫސްވެރިންނަށް ވިދާޅުވީ އަގަށް ގެނެވުނު ބަދަލާއެކު މަސްވެރިންނަށް މަދުވެގެން ދެ ހަފުތާ ތެރޭގައި ފައިސާ ޖަމާކުރުމަކީ އަމާޒެއް ކަމަށެވެ.

ހަމަ އެހެންމެ މިފްކޯގެ މާލީ ހާލަތަށް ރިއާޔަތްކޮށް ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި މަސްވެރިންނަށް ސަރުކާރުގެ ވައުދާ އެއްގޮތަށް މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ވެސް އަމާޒެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުގެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި ކިރާފައިވާ މަހަށް ފައިސާ ނުދޭތީ މަސްވެރިން އަންނަނީ އެކި ކަންކޮޅުގައި އިހުތިޖާޖު ކުރަމުންނެވެ. އަދި ވަކި އުސޫލެއްގެ ތެރެއިން ފައިސާ ދޫކުރަން މަސްވެރިން އެދިފައިވެ އެވެ.

މިފްކޯއިން ވަނީ އެ ކުންފުންޏަށް ގަނޑުކުރި މަސް ކިލޯއެއް 16ރ. އަށް ގަނޑު ނުކުރާ މަސް ކިލޯއެއް 14ރ. އަށް ގަންނަން ފަށާފަ އެވެ.

އަގަށް ގެނައި ބަދަލަށް މިފްކޯގެ މެނޭޖުމަންޓުން ވެސް ތާއީދުކޮށްފައިވާއިރު، ފިޝަރީޒް މިނިސްޓްރީން ދެކެނީ މިއާ ގުޅިގެން މިފްކޯ ހަމައަކަށް އެޅުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުގެ ވިޔަފާރިތައް ދެކޮޅު ޖައްސާ ފައިދާ ނެރެން ވެސް ފަހި ވެގެން ދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox