އަމާޒަކީ ކިރާ މަހަށް ދެ ހަފްތާއިން ފައިސާދޫކުރަން ފެށުން: ޝިޔާމް

ފިޝަރީޒް މިނިސްޓަރު ޝިޔާމް: އަމާޒަކީ ކިރާ މަހަށް ދެ ހަފްތާއިން ފައިސާދޫކުރަން ފެށުން ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ފިޝަރީޒް މިނިސްޓަރު ޝިޔާމް: އަމާޒަކީ ކިރާ މަހަށް ދެ ހަފްތާއިން ފައިސާދޫކުރަން ފެށުން ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ސަރުކާރުގެ އަމާޒަކީ މަސް ދޯނިފަހަރުން މިފްކޯއަށް ކިރާ ކަނޑު މަހަށް ލަސްވެގެން ދެ ހަފުތާ ތެރޭގައި ފައިސާ ދޫކުރުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ އެކީ ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ މިފްކޯއިން މިއަދުން ފެށިގެން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގައި އަގުތައް ހުރި ގޮތަށް ބެލުމުގެ އިތުރުން އެކްސްޕޯޓު ކުރުމަށް ހިނގާ ހަރަދަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

"އަމާޒަކީ މި ގެނެވޭ ބަދަލާއެކު، ދެ ހަފުތާ ތެރޭގައި ފައިސާ ދިނުން،" ޝިޔާމް ވިދާޅުވި އެވެ.

Advertisement

ޝިޔާމް ވިދާޅުވީ ކޮންމެ ހަފުތާއަކު މިފްކޯއިން މަސް ގަންނަ އަގުތައް ކޮންމެ އެ ހަފުތާއެއްގައިއިއުލާން ކުރާނެ ކަމަށާއި ބައިނަލްއަގުވާމީ މާކެޓަށް ރިއާޔަތް ނުކޮށް މަސް ގަތުމުން ކުންފުންޏަށް މާލީ ގޮތުން ގެއްލުންވަމުންދާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން މަސްވެރިންނަށް ވެފައިވާ ވައުދަކީ ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުން ކަމަށްވާތީ، މަސްވެރިން އަންނަނީ އެ ވައުދު ފުއްދުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

އެކަމާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލީ ގޮތުން މިފްކޯއަށް ފައިދާވާ މިންވަރަށް ބަލައި, ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމުގެ އަމާޒަށް ވާސިލުވުން ކަމަށެވެ.

ބަދަލާއެކު މިފްކޯއަށް ގަނޑުކުރި މަސް ގަންނަ އަގު

1.5 ކިލޯއަށް ވުރެ ބަރު މަސް - ކިލޯއަކަށް 16ރ.

1.5 ކިލޯ ހަމަނުވާ މަސް - ކިލޯއަކަށް 7ރ.

ބަދަލާއެކު މިފްކޯއަށް ގަނޑު ނުކުރާ މަސް ގަންނަ އަގު

1.5 ކިލޯއަށް ވުރެ ބަރު މަސް - ކިލޯއަކަށް 14ރ.

1.5 ކިލޯ ހަމަނުވާ މަސް - ކިލޯއަކަށް 5ރ.

މިފްކޯއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މަސް ގަނެވޭނެ އެންމެ ބޮޑު އަގަކީ 12ރ. ކަމަށާއި އެހެންކަމުން އެއަށްވުރެ ބޮޑު އަގެއް ކަނޑައަޅައިފި ނަމަ ސަރުކާރުން ސަބްސިޑައިޒް ކުރާނެ އެވެ. އެގޮތުން މިހާރު އިއުލާން ކޮށްފައިވާ އަގުގެ 3ރ. ސަރުކާރުން ސަބްސިޑައިޒް ކުރަން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox