ފުލުހުން އެންގީ ގާތުން ދޭން ބޭނުމިއްޔާ ޝަމްނާޒުގެ ދަރިފުޅު ކަސްޓޯޑިއަލް ގެންނަން: އާއިލާ

ރައީސް މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ޝަމްނާޒު -- ފޮޓޯ: އަދަދު

ރައީސް މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ޝަމްނާޒު -- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ތުއްތު ދަރިފުޅަށް ގާތުން ދޭން ބޭނުން ނަމަ ޖެހޭނީ ފުލުހުންގެ ހަވާލުގައި ދަރިފުޅު ކަސްޓޯޑިއަލް (ކުރިން ކިޔާ ގޮތުން ނަމަ އަތޮޅު ވެހި) ވައްދަން ކަމަށް، ފުލުހުންގެ ފަރާތުން އާއިލާއަށް އަންގާފައިވާ ކަމަށް ޝަމްނާޒުގެ ކޮއްކޮ ބުނެފި އެވެ.

ޖޫން 23، ގައި ފުލުހުން ހައްޔަރު ކުރީ ޝަމްނާޒް އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމް އާއި ސިހުރު ހެދި ކަމަށް ބުނާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރު އެވެ. ހައްޔަރު ކުރިއިރު ގާތުން ދޭ އެއް އަހަރާއި ފަސް މަހުގެ ކުއްޖަކު ޝަމްނާޒުގެ ހުރެ އެވެ.

އެއީ ޝަމްނާޒް އާއި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ތުއްތު ކުއްޖެކެވެ. ރަމީޒު ވަނީ މިދިޔަ މަހު 10 ވަނަ ދުވަހު ޝަމްނާޒް ވަރިކޮށްފަ އެވެ. ޝަމްނާޒް ހައްޔަރު ކުރި ފަހުން ސަރުކާރުން ވަނީ ރަމީޒު މަގާމުން ސަސްޕެންޑުކޮށްފަ އެވެ.

"އަދަދު" ނޫހާ ވާހަކަ ދައްކަމުން ޝަމްނާޒުގެ ކޮއްކޮ ބުނީ ޝަމްނާޒު ހައްޔަރު ކުރި ދުވަހުން ފެށިގެން އޭނާގެ ދަރިފުޅަށް ގާތުން ކިރު ދިނުމުގެ ފުރުސަތު ފަހި ކޮށްދޭން އާއިލާއިން އެދެމުންދިޔަ ނަމަވެސް ދެ ދުވަސްވީއިރު ވެސް އެ ފުރުސަތު ފުލުހުން ނުދިން ކަމަށެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ސްޓާޓް ކުރިން، އައިއޯ ކައިރީގައި ވެސް ބުނިން، މިކަން އަޅުގަނޑުމެންނަށް ހަމަ ޖައްސައިދޭށޭ،.."

އެހެންނަމަވެސް "ގުޅާ ގުޅާ، ކޯލްބެކެއް ނާދެ އެއްވެސް ފަރާތަކުން ދެން އެހެން އުޅެމުން ގޮސް ކޮންމެ ފަހަރަކު އެއް ގަޑިއިރު ކޮށްލާފައި އަޅުގަނޑު ގުޅަނީ،" ކަމަށް ޝަމްނާޒުގެ ކޮއްކޮ ބުންޏެވެ.

އޭނާ ބުނީ ފުލުހުންގެ ފަރާތުން ޖަވާބެއް ލިބުނީ ޝަމްނާޒު ހައްޔަރު ކުރިތާ 48 ގަޑިއިރު ވެސް ވީ ފަހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ.

އިންތިގާލީ މަރުހަލާގައި މިހާރުގެ ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު، އޭރުގެ ފަސްޓު ލޭޑީ ފަޒުނާއާއެކު މުލިއާގޭގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި ޝަމްނާޒު ބައިވެރިވެވަޑައިގެންނެވި. އޭރު ޝަމްނާޒު މަސައްކަތް ކުރެއްވީ ސާޖިދާގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި، އެންމެ އަރިހުގައި. -- ފޮޓޯ: ރައީސް އޮފީސް
އިންތިގާލީ މަރުހަލާގައި މިހާރުގެ ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު، އޭރުގެ ފަސްޓު ލޭޑީ ފަޒުނާއާއެކު މުލިއާގޭގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި ޝަމްނާޒު ބައިވެރިވެވަޑައިގެންނެވި. އޭރު ޝަމްނާޒު މަސައްކަތް ކުރެއްވީ ސާޖިދާގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި، އެންމެ އަރިހުގައި. -- ފޮޓޯ: ރައީސް އޮފީސް

އިންތިގާލީ މަރުހަލާގައި މިހާރުގެ ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު، އޭރުގެ ފަސްޓު ލޭޑީ ފަޒުނާއާއެކު މުލިއާގޭގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި ޝަމްނާޒު ބައިވެރިވެވަޑައިގެންނެވި. އޭރު ޝަމްނާޒު މަސައްކަތް ކުރެއްވީ ސާޖިދާގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި، އެންމެ އަރިހުގައި. -- ފޮޓޯ: ރައީސް އޮފީސް

"އެ ރޭ 8:30 ކަންނޭނގެ 9 ޖެހިފަހުން [ފުލުހުން] ބުނަނީ މިކޮޅުން ދެވޭނެ ގޮތަކީ މިކޮޅަށް [ދަރިފުޅު] ގެންނާށޯ، ދެން އަޅުގަނޑު ބުނީ ކިހިނެއްހޭ؟ އަޅުގަނޑު ބޭނުމެއް ނޫނޭ ކުޑަކުއްޖަކު ރޭގަނޑު ގެންދާކަށް، ފުރަތަމަ ކަމަކަށް،" ޝަމްނާޒުގެ ކޮއްކޮ ބުންޏެވެ.

ޝަމްނާޒުގެ ދަރިފުޅު ގާތުން ކިރު ބޯން އެންމެ ބޭނުންވާ ގަޑިއަކީ ރޭގަނޑު ދަންވަރުގެ ވަގުތު ކަމަށާއި އެވަގުތު އެވަރުގެ ކުޑަ ކުއްޖަކު ގެންގޮސް އެކަން ކުރާނީ ކިހިނެއްތޯ ސުވާލު ކުރި ކަމަށް ޝަމްނާޒުގެ ކޮއްކޮ ބުންޏެވެ.

ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ ފަރާތުން ދިން ޖަވާބަކީ "އެ ނޫން ގޮތެއް ދެން ނީންނާނެޔޯ ހެދޭކަށް، މިކޮޅަށް ގެނެސްދޭށޯ ބުއްދޭން ބޭނުމިއްޔާ،" ކަމަށް ޝަމްނާޒުގެ ކޮއްކޮ ބުންޏެވެ.

"[އަޅުގަނޑު އެހިން] ދައްތައާ ހަމައަށް ކުއްޖާ ކިހިނެއްހޭ ގެންދާނީ، ބުނީމަ ބުނީ ފުލުހުންނޭ ގެންނާށީ އޭރުން އަޅުގަނޑުމެން ވައްދާނަމޭ އެތެރެއަށް، ދެން ކޮބައިހޭ ޔަގީންކަމެއް އެ ކުއްޖާ އެތެރެއަށް ވައްދައިގެން ކިހާ އެތެރެއަކަށް ކަމެއް ވަންނަނީ، ކިހިނެއްތޯ އެތަނަށް ވަނުމަށްފަހު ވަނީކީއެއް، އެއްވެސް ލިޔުމަކުން ނާންގާ އެއްވެސް އެއްޗެއް އެއީ ހަމައެކަނި ފޯނުން ބުނި އެތި،" ޝަމްނާޒުގެ ކޮއްކޮ ބުންޏެވެ.

އާއިލާގެ މީހަކާއެކު ކުއްޖާއަށް ޝަމްނާޒު ގާތަށް ގެންދިއުމުގެ ފުރުސަތު ދިނުމަށް ވެސް އެދުނު ކަމަށާއި އެ ފުރުސަތު ވެސް ފުލުހުން ނުދިން ކަމަށް ޝަމްނާޒުގެ ކޮއްކު ބުންޏެވެ.

ފުލުހުންގެ ހަވާލުގައި ޖަލަށް ޝަމްނާޒުގެ ދަރިފުޅު ގެންދަން އާއިލާއިން ދެކޮޅު ހެދުމުން ފުލުހުން ވަނީ ޕަންޕު ބޭނުންކޮށްގެން ގާތުން ނަގާ ކިރު ކުއްޖާއަށް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ގާތުން ނަގާ ކިރު އެންމެ ގިނައިރު ވެގެން ވެސް ފިނި ނުކޮށް ބެހެއްޓޭނީ ހަތަރު ގަޑިއިރު ވަންދެން ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

އެހެންކަމުން އެއީ ވެސް އެންމެ ރައްކާތެރި ގޮތެއް ކަމަށް ނުދެކޭ ކަމަށް ޝަމްނާޒުގެ އާއިލާއިން ބުންޏެވެ.

"ދެން ބުނީ ބްރެސްޓު މިލްކު ނަގައިގެން ޕަންޕުން ގެންދަން، ދެން ދައްތައަކީ އެގޮތަށް ޔޫސް [ބޭނުން] ކުރި މީހެއް ނޫން، އޭގެ އެއްޗެއް ނުވެސް އިންނާނެ، ދެން އެގޮތަށް ގެންނައިރު ވެސް ފުރަތަމަ ކަމަކީ ކޮބައިހެއްޔޭ އަޅުގަނޑުމެންނަށް ގެރެންޓީއެއް އެ މިލްކަކީ ދެންމެ ނަގައިގެން ގެނައި އެއްޗެއްކަމާއި ކިތައް ގަޑިއިރުކަމެއް އެ ނަގާފައިވީ، ކޮންމެ ގޮތެއްވިޔަސް ޓެމްޕަރޭޗާއެއްގައި ބައިންދަންޖެހޭ އެއްޗެއް އެއީ، ހަމަ އޭތި ގެނެސް ކުއްޖާއަށް ދޭތަނުން، ކުއްޖާއަށް ލިބޭ ގެއްލުމަށް ވެސް ވިސްނަން ޖެހޭ، އެހެންވީމަ އެ ހުރިހާ ކަމަކަށް ވިސްނާފައި އަޅުގަނޑުމެން ބުނިން ތިގޮތެއް އަޅުގަނޑުމެން ބޭނުމެއް ނުވެޔޭ،" ޝަމްނާޒުގެ ކޮއްކޮ ބުންޏެވެ.

ސިހުރު ހެދުމުގެ ތުހުމަތުގައި ޝަމްނާޒު ހައްޔަރު ކޮށްފައި ހުންނަތާ ހަތް ދުވަސް ފާއިތުވެގެން ދިޔައިރު، އޭނާގެ ދަރިފުޅަށް އަދި ޝަމްނާޒެއް ނުފެނެ އެވެ. ޝަމްނާޒުގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މައުލޫމާތެއް ވެސް ހިއްސާއެއް ނުކުރެ އެވެ.

ޝަމްނާޒުގެ ތުއްތު ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތުން މަހުރޫމް ކޮށްފައިވާއިރު ގާތުން ދިނުމާ ގުޅޭ ގޮތުން ހައި ކޯޓުން އޮތީ މުހިންމު ނިންމުމެއް ނިންމައިފަ އެވެ.

"ބަންދުގައި ޖަލުގައި ބަހައްޓަންޖެހޭ ފަރާތް ޖަލުގައި ބަހައްޓައިފި ނަމަ ގާތުން ކިރުބޯ ކުއްޖަކަށް ކިރު ނުދެވި އެ ކުއްޖާގެ ފުރާނައަށް ނުވަތަ ސިއްހަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލު ކުރެވުން ފަދަ ހަރުދަނާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރި ނަމަ އެ ހާލަތު ނުވަތަ އެ ހާލަތުތައް އެފަދައިން ހުރިކަން ކަށަވަރުކުރުމާއެކު އެ ޒަރޫރީ ހާލަތުގެ މައްޗަށް ބިނާކޮށް އެފަދަ ފަރާތެއްގެ ބަންދަށް ލުޔެއް ދެވިދާނެ ކަމަށް ގަބޫލު ކުރެވޭ،" ސެޕްޓެމްބަރު 26، 2018، ގައި ހައި ކޯޓުން ނިންމި ނިންމުމެއްގައި ބުނެފައިވެ އެވެ.

ގާތުން ދިނުމުގެ މުހިންމުކަން ކީރިތި ގުރްއާނުގައި ވެސް ބަޔާންކޮށްފައިވެ އެވެ.

"މައިން އެކަނބަލުންގެ ދަރިންނަށް ކިރު ދޭހުށީ ފުރިހަމަ ދެ އަހަރުގެ މުއްދަތަކަށެވެ. އެކަން އޮތީ ކިރު ދިނުން ފުރިހަމަ ކުރުމަށް ގަސްދުކޮށްފި މީހަކަށެވެ،" ކީރިތި ގުރްއާނުގެ ބަގަރާ ސޫރަތުގެ 233 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެ އެވެ.

ރަމީޒު އާއި ޝަމްނާޒު
ރަމީޒު އާއި ޝަމްނާޒު

ރަމީޒު އާއި ޝަމްނާޒު

އދ. ގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ފުރަތަމަ ހަ މަހު ތުއްތު ކުއްޖާއަށް ހަމައެކަނި ދޭންޖެހޭނީ މައި މީހާގެ ގާތުން ކަމަށެވެ. އެއަށްފަހު ކާނާއާއެކު ދެ އަހަރު ވަންދެން ގާތުން ދޭންޖެހޭނެ ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

ކުޑަކުދިންނާ ގުޅޭ ކަންކަން ބަލާ އދ. ގެ ޖަމިއްޔާ ޔުނިސެފުގެ ރާއްޖޭގެ ގޮފިން ބުނެފައި ވަނީ ރާއްޖޭގެ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ "ސްޓަންޓަޑް" ކުދިންނެވެ. އެއީ ހެދިބޮޑުވާން ކޮންމެހެން ބޭނުންވާ މާއްދާތައް ނުލިބުމުގެ ސަބަބުން ބޮޑުވުމަށް ހުރަސް އެޅިފައިވާ ކުދިންނެވެ.

ޝަމްނާޒް ހައްޔަރު ކުރި ފަހުން, އޭނާ އާއި އޭނާގެ ކުރީގެ ފިރިމީހާ، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ. ނަމަވެސް، އެންވަޔަރަމަންޓް މިނިސްޓްރީގެ ވެބްސައިޓުން ދައްކަނީ ޝަމްނާޒް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.ރަމީޒު އާއި ޝަމްނާޒު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox