ޝަމްނާޒުގެ ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތު ދިނިން: ފުލުހުން

ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ފުލުހުން ހައްޔަރު ކުރި، ޝަމްނާޒް -- ފޮޓޯ: އަދަދު

ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ފުލުހުން ހައްޔަރު ކުރި، ޝަމްނާޒް -- ފޮޓޯ: އަދަދު

ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ތުއްތު ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ހަމަޖައްސައިދީފައި ވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ޝަމްނާޒްގެ އާއިލާއާ ހަވާލާދީ "އަދަދު" އިން ޝާއިއު ކޮށްފައިވާ ހަބަރު އެކްސްގައި ރީޕޯސްޓު ކުރައްވައި ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތއް އަބަދުވެސް އުސޫލުތަކުގައި ވާގޮތަށް ޔަގީން ކޮށްދޭ ކަމަށެވެ.

"މިއީ ހަގީގަތާއި ހިލާފު މައުލޫމާތެއް، ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް އަބަދުވެސް އުސޫލުތަކުގައި ވާގޮތަށް އެފަރާތްތަކަށް ޔަގީންކޮށްދޭ، އެމަގުން މިކަންވެސް ހަމަޖެހިފައިވާނެކަން ވާނީ އެންގިފައި،" ޝިފާންގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ޝިފާން އެހެން ވިދާޅުވި ނަމަވެސް ބަންދުގައި ހުރި ނަމަވެސް ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ކޯޓުގައި ވެސް އެދުނު ކަމަށާއި ފުލުސް ސްޓޭޝަނަށް ގޮސް ވެސް އެކަމަށް އެދިފައިވާނެ ކަމަށް ޝަމްނާޒުގެ އާއިލާއިން ވަނީ މި ނޫހަށް މައުލޫމާތު ދީފަ އެވެ.

އަދި ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތު ޝަމްނާޒަށް ދީފައި ނުވާ ކަމަށް ވެސް ޝަމްނާޒުގެ އާއިލާއިން ވަނީ ބުނެފަ އެވެ.

ޝަމްނާޒްގެ ކޮޓަރީގެ ތަޅުދަނޑި ވެސް ފުލުހުން އާއިލާއާ ހަވާލު ކުރީ ޝަމްނާޒު ހައްޔަރު ކުރިތާ ހަތަރު ދުވަސް ފަހުންނެވެ. ތުއްތު ކުއްޖާގެ ބުއްފުޅި އާއި އެހެނިހެން ސާމާނު ހުރީ އެ ކޮޓަރީގަ އެވެ.

ޖޫން 23، ގައި ފުލުހުން ހައްޔަރު ކުރީ ޝަމްނާޒް އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމް އާއި ސިހުރު ހެދި ކަމަށް ބުނާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރު އެވެ. ހައްޔަރު ކުރިއިރު ގާތުން ދޭ އެއް އަހަރާއި ފަސް މަހުގެ ކުއްޖަކު ޝަމްނާޒުގެ ހުރެ އެވެ.

އެއީ ޝަމްނާޒް އާއި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ތުއްތު ކުއްޖެކެވެ. ރަމީޒު ވަނީ މި މަހުގެ ތެރޭގައި ޝަމްނާޒް ވަރިކޮށްފަ އެވެ. ޝަމްނާޒް ހައްޔަރު ކުރި ފަހުން ސަރުކާރުން ވަނީ ރަމީޒު މަގާމުން ސަސްޕެންޑުކޮށްފަ އެވެ.

ޝަމްނާޒުގެ ތުއްތު ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތު ނުދޭ ކަމަށް ޝަމްނާޒުގެ އާއިލާއިން ބުނާއިރު، ގާތުން ދިނުމާ ގުޅޭ ގޮތުން ހައި ކޯޓުން އޮތީ މުހިންމު ނިންމުމެއް ނިންމައިފަ އެވެ.

"ބަންދުގައި ޖަލުގައި ބަހައްޓަންޖެހޭ ފަރާތް ޖަލުގައި ބަހައްޓައިފި ނަމަ ގާތުން ކިރުބޯ ކުއްޖަކަށް ކިރު ނުދެވި އެ ކުއްޖާގެ ފުރާނައަށް ނުވަތަ ސިއްހަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލު ކުރެވުން ފަދަ ހަރުދަނާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރި ނަމަ އެ ހާލަތު ނުވަތަ އެ ހާލަތުތައް އެފަދައިން ހުރިކަން ކަށަވަރުކުރުމާއެކު އެ ޒަރޫރީ ހާލަތުގެ މައްޗަށް ބިނާކޮށް އެފަދަ ފަރާތެއްގެ ބަންދަށް ލުޔެއް ދެވިދާނެ ކަމަށް ގަބޫލު ކުރެވޭ،" ސެޕްޓެމްބަރު 26، 2018، ގައި ހައި ކޯޓުން ނިންމި ނިންމުމެއްގައި ބުނެފައިވެ އެވެ.

ގާތުން ދިނުމުގެ މުހިންމުކަން ކީރިތި ގުރްއާނުގައި ވެސް ބަޔާންކޮށްފައިވެ އެވެ.

"މައިން އެކަނބަލުންގެ ދަރިންނަށް ކިރު ދޭހުށީ ފުރިހަމަ ދެ އަހަރުގެ މުއްދަތަކަށެވެ. އެކަން އޮތީ ކިރު ދިނުން ފުރިހަމަ ކުރުމަށް ގަސްދުކޮށްފި މީހަކަށެވެ،" ކީރިތި ގުރްއާނުގެ ބަގަރާ ސޫރަތުގެ 233 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެ އެވެ.

އދ. ގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ފުރަތަމަ ހަ މަހު ތުއްތު ކުއްޖާއަށް ހަމައެކަނި ދޭންޖެހޭނީ މައި މީހާގެ ގާތުން ކަމަށެވެ. އެއަށްފަހު ކާނާއާއެކު ދެ އަހަރު ވަންދެން ގާތުން ދޭންޖެހޭނެ ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

ކުޑަކުދިންނާ ގުޅޭ ކަންކަން ބަލާ އދ. ގެ ޖަމިއްޔާ ޔުނިސެފުގެ ރާއްޖޭގެ ގޮފިން ބުނެފައި ވަނީ ރާއްޖޭގެ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ "ސްޓަންޓަޑް" ކުދިންނެވެ. އެއީ ހެދިބޮޑުވާން ކޮންމެހެން ބޭނުންވާ މާއްދާތައް ނުލިބުމުގެ ސަބަބުން ބޮޑުވުމަށް ހުރަސް އެޅިފައިވާ ކުދިންނެވެ.

ސިހުރުގެ ތުހުމަތުގައި ޝަމްނާޒު ހައްޔަރުކުރިއިރު، އެ މައްސަލަ ހުށަހެޅީ ކާކުކަމެއް، އަދި މައްސަލައާ ގުޅުންހުރި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މި މަހު 16, ގައި ހައްޔަރުކުރި އެ ތިން މީހުންގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.

ޝަމްނާޒް ހައްޔަރު ކުރި ފަހުން, އޭނާ އާއި އޭނާގެ ކުރީގެ ފިރިމީހާ، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ. ނަމަވެސް، އެންވަޔަރަމަންޓް މިނިސްޓްރީގެ ވެބްސައިޓުން ދައްކަނީ ޝަމްނާޒް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox