މުބާރާތް ބާއްވާ ގައުމަށް ވެގެން ޖަރުމަނަށް މާ ހާއްސަ ކަމެއް ނެތް

Jun 29, 2024, 7:27 AM
މުބާރާތް ބާއްވާ ގައުމަށް ވެގެން ޖަރުމަނަށް މާ ހާއްސަ ކަމެއް ނެތް

ޑޯޓްމަންޑް (ޖޫން 29) - ޖަރުމަނަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާ ގައުމު ކަމަށްވާތީ ވަކިން ހާއްސަކޮށް އެ ޓީމުން ކާމިޔާބު ހޯދަން ޖެހޭ ކަމަށް ގަބޫލުކުރަން ނުޖެހޭ ކަމަށާއި ކޮންމެ މުބާރާތަކަށް ވެސް ޖަރުމަނަކީ ތަށްޓަށް ނުކުންނަ ޓީމެއް ކަމަށް ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ޖަރުމަނުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ސްކޮޓްލެންޑާއި ހަންގޭރީ އަތުން މޮޅުވި ނަމަވެސް ގްރޫޕްގެ ފަހު މެޗުން ސްވިޒަލެންޑް އަތުން ސަލާމަތްވީ ކިރިޔާ އެވެ. ފަހު ވަގުތު ޖެހި ގޯލުން ސްވިޒަލެންޑާ 1-1 އިން ޖަރުމަނު އެއްވަރުވިއިރު، ޖަރުމަނު ދިޔައީ ގްރޫޕްގެ އެއް ވަަނަ އެވެ.

ގަދަ 16 ބުރުގައި މިރޭ ޖަރުމަނުން ޑެންމާކާ ކުޅޭއިރު، ނާގަލްސްމަން ބުނީ އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންގެ އުންމީދުތައް މަތީގައި ހުރުމަކީ އާ ކަމެއް ނޫން ކަމަށެެވެ.

"މުބާރާތް ބާއްވާ ގައުމަށް ވިޔަސް އަދި ނުވިޔަސް. ޖަރުމަނުގެ ޓީމާ މެދު ކުރާ އުންމީދުތައް ހުންނާނީ އަބަދުވެސް އެންމެ މަތީގައި. ސަޕޯޓަރުން ވެސް އަދި ކޮންމެ މީހަކު ވިޔަސް. ސަޕޯޓަރުން އަހަރެމެންނަށް ވަރަށް ސަޕޯޓް އެބަކުރޭ. މަގުތައް މަތިން އެ ފެންނަ މަންޒަރުތަކުން އަހަރެމެންނަށް އިތުރު ހިތްވަރެއް ލިބޭ،" ނާގަލްސްމަން ބުންޏެވެ.

ސްވިޑެންގައި 1992 ވަނަ އަހަރު ބޭއްވި ޔޫރޯގެ ޗެމްޕިއަންކަން، ޑެންމާކުން ހޯދީ ފައިނަލުގައި ޖަރުމަނު އަތުން 2-0 އިން މޮޅުވެގެންނެވެ. ޑެންމާކުން މިރޭ ޖަރުމަނާ ކުޅޭއިރު ވެސް އެ ފަދަ ނަތީޖާއެއް ނެރެން އުންމީދުކުރާނެ ކަމަށް ނާގަލްސްމަން ގަބޫލުކުރެ އެވެ. އަދި ޑެންމާކުގެ ކޯޗު ކެސްޕާ ހިއުލްމަންޑް އަކީ ހުނަރުވެރި މޮޅު ކޯޗެއް ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

"އަހަރެން ޑަސަލްޑޯފްގައި އޮތް ބައްދަލުވުމެއްގައި އޭނަ (ހިއުލްމަން)އާ ބައްދަލުވި. އޭނަ އަކީ ވަރަށް ފުޓްބޯޅައިގެ މީހެއް. ޑެންމާކްގައި އޭނާ އަށް ކާމިޔާބީ އަށް އެދުނަސް، އަހަރެން މާދަމާ (މިރޭ) ބޭނުމީ މޮޅުވާން،" ނާގަލްސްމަން ބުންޏެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޖަރުމަނާއި ޑެންމާކްގެ ފަސް ވަނަ މެޗެވެ. މީގެ ކުރިން ކުޅުނު މެޗުތަކަށް ބަލާއިރު، ކޮންމެ ޓީމެއް ވަނީ ދެ މެޗުން މޮޅުވެފަ އެވެ. ނޮކައުޓް ބުރެއްގައި މީގެ ކުރިން މި ދެ ޓީމު ބައްދަލުކުރީ 1992 ވަނަ އަހަރުގެ ފައިނަލުގަ އެވެ.

ޑެންމާކާއި ޖަރުމަނު ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox