ޝަމްނާޒް ހައްޔަރު ކުރުން: ދޮޅު އަހަރުގެ ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތެއް ފުލުހުން ނުދިން

ޝަމްނާޒް ހައްޔަރު ކުރުން: ދޮޅު އަހަރުގެ ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތެއް ފުލުހުން ނުދިން

ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ތުއްތު ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް އެދުމުން އެކަން ކުރަން ފުލުހުން ދެކޮޅު ހަދައިފި އެވެ.

ޖޫން 23، ގައި ފުލުހުން ހައްޔަރު ކުރީ ޝަމްނާޒް އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމް އާއި ސިހުރު ހެދި ކަމަށް ބުނާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރު އެވެ. ހައްޔަރު ކުރިއިރު ގާތުން ދޭ އެއް އަހަރާއި ފަސް މަހުގެ ކުއްޖަކު ޝަމްނާޒުގެ ހުރެ އެވެ.

އެއީ ޝަމްނާޒް އާއި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ތުއްތު ކުއްޖެކެވެ. ރަމީޒު ވަނީ މި މަހުގެ ތެރޭގައި ޝަމްނާޒް ވަރިކޮށްފަ އެވެ. ޝަމްނާޒް ހައްޔަރު ކުރި ފަހުން ސަރުކާރުން ވަނީ ރަމީޒު މަގާމުން ސަސްޕެންޑުކޮށްފަ އެވެ.

ޝަމްނާޒުގެ އާއިލާއިން މި ނޫހާ ވާހަކަ ދައްކަމުން ބުނީ ބަންދުގައި ހުރި ނަމަވެސް ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ކޯޓުގައި ވެސް އެދުނު ކަމަށެވެ. އަދި ފުލުސް ސްޓޭޝަނަށް ގޮސް ވެސް އެކަމަށް އެދިފައިވާނެ ކަމަށް އާއިލާއިން ބުންޏެވެ.

ނަމަވެސް މިހާތަނަށް ވެސް ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތެއް ޝަމްނާޒަށް ދީފައެއް ނުވެ އެވެ. އަދި ޝަމްނާޒްގެ ކޮޓަރީގެ ތަޅުދަނޑި ވެސް ފުލުހުން އާއިލާއާ ހަވާލު ކުރީ ހަތަރު ދުވަސް ފަހުންނެވެ. ތުއްތު ކުއްޖާގެ ބުއްފުޅި އާއި އެހެނިހެން ސާމާނު ހުރީ އެ ކޮޓަރީގަ އެވެ.

ޝަމްނާޒުގެ ތުއްތު ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތުން މަހުރޫމް ކޮށްފައިވާއިރު ގާތުން ދިނުމާ ގުޅޭ ގޮތުން ހައި ކޯޓުން އޮތީ މުހިންމު ނިންމުމެއް ނިންމައިފަ އެވެ.

"ބަންދުގައި ޖަލުގައި ބަހައްޓަންޖެހޭ ފަރާތް ޖަލުގައި ބަހައްޓައިފި ނަމަ ގާތުން ކިރުބޯ ކުއްޖަކަށް ކިރު ނުދެވި އެ ކުއްޖާގެ ފުރާނައަށް ނުވަތަ ސިއްހަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލު ކުރެވުން ފަދަ ހަރުދަނާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރި ނަމަ އެ ހާލަތު ނުވަތަ އެ ހާލަތުތައް އެފަދައިން ހުރިކަން ކަށަވަރުކުރުމާއެކު އެ ޒަރޫރީ ހާލަތުގެ މައްޗަށް ބިނާކޮށް އެފަދަ ފަރާތެއްގެ ބަންދަށް ލުޔެއް ދެވިދާނެ ކަމަށް ގަބޫލު ކުރެވޭ،" ސެޕްޓެމްބަރު 26، 2018، ގައި ހައި ކޯޓުން ނިންމި ނިންމުމެއްގައި ބުނެފައިވެ އެވެ.

ގާތުން ދިނުމުގެ މުހިންމުކަން ކީރިތި ގުރްއާނުގައި ވެސް ބަޔާންކޮށްފައިވެ އެވެ.

"މައިން އެކަނބަލުންގެ ދަރިންނަށް ކިރު ދޭހުށީ ފުރިހަމަ ދެ އަހަރުގެ މުއްދަތަކަށެވެ. އެކަން އޮތީ ކިރު ދިނުން ފުރިހަމަ ކުރުމަށް ގަސްދުކޮށްފި މީހަކަށެވެ،" ކީރިތި ގުރްއާނުގެ ބަގަރާ ސޫރަތުގެ 233 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެ އެވެ.

އދ. ގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ފުރަތަމަ ހަ މަހު ތުއްތު ކުއްޖާއަށް ހަމައެކަނި ދޭންޖެހޭނީ މައި މީހާގެ ގާތުން ކަމަށެވެ. އެއަށްފަހު ކާނާއާއެކު ދެ އަހަރު ވަންދެން ގާތުން ދޭންޖެހޭނެ ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

ކުޑަކުދިންނާ ގުޅޭ ކަންކަން ބަލާ އދ. ގެ ޖަމިއްޔާ ޔުނިސެފުގެ ރާއްޖޭގެ ގޮފިން ބުނެފައި ވަނީ ރާއްޖޭގެ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ "ސްޓަންޓަޑް" ކުދިންނެވެ. އެއީ ހެދިބޮޑުވާން ކޮންމެހެން ބޭނުންވާ މާއްދާތައް ނުލިބުމުގެ ސަބަބުން ބޮޑުވުމަށް ހުރަސް އެޅިފައިވާ ކުދިންނެވެ.

ސިހުރުގެ ތުހުމަތުގައި ޝަމްނާޒު ހައްޔަރުކުރިއިރު، އެ މައްސަލަ ހުށަހެޅީ ކާކުކަމެއް، އަދި މައްސަލައާ ގުޅުންހުރި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މި މަހު 16, ގައި ހައްޔަރުކުރި އެ ތިން މީހުންގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.

ޝަމްނާޒް ހައްޔަރު ކުރި ފަހުން, އޭނާ އާއި އޭނާގެ ކުރީގެ ފިރިމީހާ، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ. ނަމަވެސް، އެންވަޔަރަމަންޓް މިނިސްޓްރީގެ ވެބްސައިޓުން ދައްކަނީ ޝަމްނާޒް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox