ޝަމްނާޒް ވަރި ކުރީ ޓެކްސްޓް މެސަޖަކުން، ތިން ދުވަސް ތެރޭ ވަރި ސާބިތުވި

Jun 27, 2024, 5:29 AM
ޝަމްނާޒް ވަރި ކުރީ ޓެކްސްޓް މެސަޖަކުން، ތިން ދުވަސް ތެރޭ ވަރި ސާބިތުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސްޓޭޓް މިނިސްޓަރު ޝަމްނާޒް އަލީ ސަލީމްގެ ކުރީގެ ފިރިމީހާ މިނިސްޓަރު އާދަމް ރަމީޒް، ޝަމްނާޒް ވަރި ކުރީ ޓެކްސްޓް މެސެޖަކުން ކަމަށާއި ކޯޓަށް ހުށަހެޅިތާ ދެ ދުވަސް ތެރޭ ވަރި ސާބިތުވިކަން އެނގިއްޖެ އެވެ.

މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އާދަމް ރަމީޒު އޭނާގެ ކުރީގެ އަނބިމީހާ ޝަމްނާޒް ވަރި ކުރީ ޖޫން 10، ގަ އެވެ. އޭގެ ފަހުން ވަރި ސާބިތު ކުރަން ހުށަހެޅީ ޖެހިގެން އައި ޖޫން 11، ވަނަ ދުވަހެވެ. ޖޫން 13، ގައި ކޯޓުން ވަނީ ވަރި ސާބިތުކޮށްދީފަ އެވެ.

އެ މައްސަލައިގައި އާދަމް ރަމީޒު ކޯޓަށް ހާޒިރުވެ ހަމަޖައްސާފައި ވަނީ ބަދަލުގައި ދާނެ މީހެކެވެ. ޝަމްނާޒު ވެސް ކޯޓަށް ހާޒިރެއް ނުވެ އެވެ. އެކަމަކު، ކޯޓަށް ދާން ކިޔާފައިވާ ދުވަހަށް ކޯޓަށް ނުދެވޭނެތީ އެކަން އީމެއިލަކުން އަންގާފައިވާނެ ޝަމްނާޒުގެ އާއިލާއިން ބުނެ އެވެ.

Advertisement

ޝަމްނާޒްގެ ބަހެއް ޝަރީއަތަށް ލިބިފައިނުވާތީ ވަރި ސާބިތު ކުރިއިރު، އޭނާ ހުރީ ހަށިހުސްކޮށްކަން ނުވަތަ މާބަނޑު ހާލަތުގައިކަން އެނގެން ނެތް ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ. އެ މައްސަލައިގައި ހުކުމްކޮށްފައި ވަނީ އާއިލާއާ ބެހޭ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރެވެ.

ޝަމްނާޒްގެ ވަރި ސާބިތު ކުރުމުގެ މައްސަލަ އާއިލާއާ ބެހޭ ކޯޓުން ތިން ދުވަހުގެ ތެރޭގައި ނިންމިއިރު، ވަރި ސާބިތު ކުރަން ހުށަހަޅާ މައްސަލަތައް އެހާ އަވަހަށް މީގެ ކުރިން ނިންމާކަން އެނގިފައެއް ނުވެ އެވެ. މި ނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުނެފައި ވަނީ ވަރި ސާބިތު ކުރަން މަދުވެގެން ހަފުތާއެއް ނަގާ ކަމަށެވެ.

ސިހުރު ހެދި ކަމަށް ތުހުމަތުކޮށް ޝަމްނާޒް އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއަކު އަދި ސިހުރު ހެދި ކަމަށް ބުނާ މީހަކު ހައްޔަރު ކުރީ މިދިޔަ އާދީއްތަ ދުވަހެވެ. އޭގެ ކުރިން ޝަމްނާޒް ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސް ކުރި އެވެ. އަދި އެގެއިން ބައެއް ތަކެތި ވެސް ފުލުހުން ގެންދިޔަ އެވެ. ޝަމްނާޒުގެ ފޯނު ވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ޝަމްނާޒް ކުރިން މަސައްކަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރު މުލީއާގޭގަ އެވެ. ނަމަވެސް މިފަހުން އޭނާ ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.

ރައީސް މުއިއްޒުއާ ގާތްވުމަށް ސިހުރުު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ކުރީގެ ފިރިކަލުން އާދަމް ރަމީޒު "އެކަހެރި" ކޮށްފައިވާކަމުގެ އަޑުތައް ވަނީ ގިނަވެފަ އެވެ. ރައީސް މުއިއްޒުއާ ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އާދަމް ރަމީޒް، ރައީސްއާ އެއްކޮށް ނުފެންނަތާ މަސްތަކެއްވެއްޖެ އެވެ.

ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ތިން ކުދިން ތިބެ އެވެ. އޭގެ ތެރޭގައި އުމުރުން ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox