މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޕްރިވެންޝަނަށް ކުރާ ހޭދަ ބޮޑުކޮށްފި: ހޯމް މިނިސްޓްރީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލަނީ; ަމަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޕްރިވެންޝަނަށް ކުރަ ހޭދަ ބޮޑުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނޭ -- ފޮޓޯ: ޝަހުޒާން/ އަދަދު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލަނީ; ަމަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޕްރިވެންޝަނަށް ކުރަ ހޭދަ ބޮޑުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނޭ -- ފޮޓޯ: ޝަހުޒާން/ އަދަދު

ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޕްރިވެންޝަންގެ މަސައްކަތްތަކަށް ކުރާ ހޭދަ ބޮޑުކޮށް, އެކި އުމުރުފުރާތަކަށް ޓާގެޓްކޮށްގެން ގައުމީ ފެންވަރުގައި ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޕްރިވެންޝަންގެ މަސައްކަތްތަކަށް ކުރާ ހޭދަ ބޮޑުކޮށް, އެކަން ގައުމީ ފެންވަރުގައި ކުރުމުގެ އިތުރަށް ރިކަވަރީގައި ތިބި މީހުންނަށް އާފްޓާކެއާގެ ހިދުމަތްތައް ކުރިއަށްގެންދަން ރާވާފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގެ ކޮންމެ ގޭބިސީއަކަށްހެން އަސަރުކޮށްފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިން މަސްތުވާތަކެއްޗާ ދުރުކުރުމަށް އަދި އޭގެ ނުރައްކާތެރިކަން އެ މީހުން ތަޖުރިބާ ކުރުމުގެ ކުރިން ދުރާލާ ތަފާތު ލައިފް ސްކިލްތަކާއި ދީނީ ކަންކަމަށް ހޭލުންތެރި ކުރުވުމަކީ މުހިންމު ކަމެއް ކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ދުރާލާ މަސައްކަތް ކުރުމާއެކު އެ މަސައްކަތުގައި މުޅި މުޖުތަމައު އެކައްޗެއް ކިޔައި, މަސްތުވާތަކެއްޗާ ދެކޮޅަށް މުޅި ގައުމު އަތުގުޅާލުމުގެ މުހިންމު މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ އަމާޒަކީ, އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކާއި ތައުލީމާއި ކޮމިއުނިތީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކޮށް, ކުށުގެ ނެޓްވޯކްތައް ނައްތާލައި, ކަމުގެ އަސްލަށް ވާސިލުވުމެވެ. އަދި އެންމެން ގުޅިގެން ކުރާ މަސައްކަތުން މުޖުތަމައަށާއި ރައްޔިތުންނަށް އަމާން, ދުޅަހެޔޮ މުސްތަގުބަލެއް ގާއިމުކޮށްދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox