އިންޑިއާ އާއި އަފްގާނިސްތާން ސެމީ އަށް، އޮސްޓްރޭލިއާ ކަަޓައިފި

Jun 25, 2024, 9:44 AM
އިންޑިއާ އާއި އަފްގާނިސްތާން ސެމީ އަށް، އޮސްޓްރޭލިއާ ކަަޓައިފި

ކިންގްސްޓައުން، ސެއިންޓް ވިންސެންޓް (ޖޫން 25) - މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން އިންޑިއާ އާއި އަފްގާނިސްތާނުން ޖާގަ ހޯދިއިރު، އޮސްޓްރޭލިއާ ކަޓައިފި އެވެ.

ސުޕަ އެއިޓްސްގެ ގްރޫޕް އެކެއްގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، އިންޑިއާ އިން ވަނީ 24 ލަނޑުން އޮސްޓްރޭލިއާ ބަލިކޮށްފަ އެވެ. އެ މެޗުގައި އިންޑިއާގެ ތަރި އަކީ 92 ލަނޑު ހެދި ޓީމުގެ ކެޕްޓަން، ރޯހިތު ޝަރްމާ އެވެ.

އެ ގްރޫޕްގެ ފަހު މެޗުން، އަފްގާނިސްތާނުން ވަނީ ޑީއެލްއެސް މެތަޑުން ބަލައިގެން، އަށް ލަނޑުން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

ގްރޫޕް އެކެއްގެ ތާވަލަށް ބަލާއިރު، އިންޑިއާ ވަނީ ތިން މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިފަ އެވެ. އަފްގާނިސްތާނުން ދެ މޮޅާ އެކު، ހަ ޕޮއިންޓް ހޯދިއިރު، އޮސްޓްރޭލިއާ އަށް އެއް މޮޅާ އެކު، ލިބުނީ ދެ ޕޮއިންޓެވެ. ބަންގްލަދޭޝް ކެޓީ ސުޕަ އެއިޓްސްގައި މޮޅެއް ނުލިބި އެވެ.

މިއީ، 2010 ވަނަ އަހަރުން ފެށިގެން ކްރިކެޓްގެ ބޮޑު މުބާރާތްތަކުގައި ވާދަކުރަން ފެށި ފަހުން އަފްގާނިސްތާނަށް ލިބުނު ބޮޑު ކާމިޔާބެކެވެ. އެ ޓީމުން ސެމީ ފައިނަލުގައި ކުޅޭނީ، ދެކުނު އެފްރިކާއާ ދެކޮޅަށެެވެ. އެ މެޗު އޮންނާނީ، މާދަމާ އެެވެ.

ބުރާސްފަތި ދުވަހު ދެ ވަނަ ސެމީ ފައިނަލުގައި އިންޑިއާ އިން ކުޅޭނީ އިންގްލެންޑާ އެެވެ. އިންގްލެންޑަކީ އެންމެ ފަހުގެ ޗެމްޕިއަން އެވެ. އެ ޓީމުން ތަށި ހޯދީ 2022 ވަނަ އަހަރު އޮސްޓްރޭލިއާ އިން ހޯސްޓްކުރި ޓީ20 ވޯލްޑް ކަޕް ފައިނަލުގައި ޕާކިސްތާން ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox