ޗައިނާގެ ޗޮންގްކިންގް އެއާލައިނުން ރާއްޖެއަށް އިއްޔެ ދަތުރުތައް ފަށައިފި އެވެ.
ޗޮންގްކިންގް އެއާލައިނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކިޔާފައި ވަނީ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހީމް ޝިއުރީ އެވެ.
މި އެއާލައިންގެ ދަތުރުތައް ހަފްތާއަކު ތިން ދުވަހު ރާއްޖެއަށް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ހޯމަ، ބުދަ އަދި ހުކުރު ދުވަހު އެވެ.
ޗޮންގްކިންގް އެއާލައިންގެ ދަތުރުތައް ކުރާނީ ވީއައިއޭ އާއި ޗައިނާގެ ޗޮންކިންގް ޖިއަންގްބޭ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ.
ރާއްޖެއަށް މި އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަނީ ޗައިނާއިންނެވެ. އެގޮތުން މިހާތަނަށް 114،339 ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 11.6 ޕަސަންޓުގެ ކުރިއެރުމެކެވެ.
ޗޮންގްކިންގް އެއާލައިނުން ވަނީ އިއްޔެ ސްރީލަންކާގެ ކޮލޮމްބޯއާ ދެމެދު ވެސް ދަތުރުތައް ފަށާފަ އެވެ.











