އެންޑީއޭގެ ބޯޑު އަލުން އެކުލަވާލާ، ޗެއާމަނަކަށް ލުބުނާ ހަމަޖައްސައިފި

ރައީސް މުއިއްޒު ލުބުނާއަށް ސްޓޭޓް މިނިސްޓަރު ކަމުގެ ފަތްކޮޅު އަރުވަނީ: ލުބްނާ އެންޑީއޭގެ ޗެއާމަން އަކަށް އައްޔަންކުރީ މިއަދު - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ލުބުނާއަށް ސްޓޭޓް މިނިސްޓަރު ކަމުގެ ފަތްކޮޅު އަރުވަނީ: ލުބްނާ އެންޑީއޭގެ ޗެއާމަން އަކަށް އައްޔަންކުރީ މިއަދު - ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑު އަލުން އެކުލަވާލާ، އެ އެޖެންސީގެ ޗެއާމަންގެ މަގާމަށް ހޯމް މިނިސްޓްތީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ހުސައިން އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންޑީއޭގެ ބޯޑު އަލުން އެކުލަވާލުމަށް ފޮނުއްވި ސިޓީ، މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ވަނީ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.

އަލަށް އެކުލަވާލި ބޯޑުގައި ހިމެނެނީ ޖުމްލަ 10 މެންބަރުންނެވެ. ޗެއާމަން ލުބުނާ ބޯޑަށް އައްޔަންކޮށްފައިވަނީ ހޯމް މިނިސްޓްރީ ތަމްސީލުކުރާ ފަރާތެެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ނުވަ ފަރާތެއް އެކި ވުޒާރާތަކާއި އޮފީސް އަދި އިދާރާތައް ތަމްސީލުކުރާ ގޮތަށް ބޯޑަށް އައްޔަންކޮށްފައިވެ އެވެ.

  • ޑެޕިއުޓީ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ ޝިބާނާ އަބްދުﷲ ދީދީ (ރައީސް އޮފީސް)
  • ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު (ހެލްތު މިނިސްޓްރީ)
  • ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ރަޝީދު (ޔޫތު މިނިސްޓްރީ)
  • ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒާ (އެޑިއުކޭޝަން މިނިސްޓްރީ)
  • ލެފްޓަނަންޓް ކާނަލް ޑރ. އާމިނަތު ޝުމްރާ (އެމްއެންޑީއެފް)
  • ޗީފް ސުޕްރިންޑެންޓު އޮފް ޕޮލިސް އަހުމަދު ޝާކިރު (ޕޮލިސް)
  • ޑެޕިއުޓީ ޗީފް ސުޕްރިންޑެންޓު އަހުމަދު ސިމާހު (ކަސްޓަމްސް)
  • ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ސީނީޒު އަލީ (އިމިގްރޭޝަން)
  • އަހުމަދު އަބްދުއްސައްތާރު (ޖާނީ ޖަމިއްޔާ)

މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ކުރިން ހެލްތު މިނިސްޓްރީގެ ދަށުގައި އޮތް އެންޑީއޭ ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ބަލަނީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއްގެ ގޮތުގަ އެވެ.

"ކުރިން މި މައްސަލައާ މެދު ދެކެެވެމުން އައީ ހެލްތު ފަސްޓް މައްސަލައެއްގެ ގޮތުގައި. މިހާރު މި މައްސަލައާ މެދު ރައީސް އަދި ސަރުކާރުގެ ވިސްނުންފުޅަކީ މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެކޭ," ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ އޮފީހުގެ އަންޑާސެކްރެޓަރީ މުހައްމަދު ފިރުޒުލް ޑިސެމްބަރު 14، 2023 ގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox