ޒިޔަދަމްގެ މަރު: ސިފާމް އުމުރަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފު ކޮށްފި

ޒިޔަދަމްގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ހުރި އަލި ސިފާމް; އޭނާގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި

ޒިޔަދަމްގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ހުރި އަލި ސިފާމް; އޭނާގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި

މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލުމުގެ ކުށުގައި އުމުރަށް ޖަލަށްލާން އަލީ ސިފާމްގެ މައްޗަށް ކުރި ހުކުމް މިއަދު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

އެ މައްސަލާގައި މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ސިފާމްގެ ފަރާތުން އެދުނީ ހުކުމް ބާތިލުކޮށް ދިނުމަށެވެ.

އަދި ކްރިމިނަލް ކޯޓުން, ސިފާމްގެ މައްޗަށް ކުށް ސާބިތިކުރުމުގައި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއަށް ރުޖޫއަވެ, ކުށުގެ އުންސުރުތައް ސާބިތުކޮށްފައިވާއިރު އަދަބު ކަނޑައަޅަން ޖެހޭނީ އެ ގާނޫނު 1002 ވަނަ މާއްދާގައިވާ އަދަބު ކަނޑައެޅުމުގެ ތާވަލާ އެއްގޮތަށް ކަމަށް އޭނާގެ ވަކީލު ފާހަގަ ކުރެއްވި އެވެ.

ދައުވާއަށް ޖަވާބު ދެމުން ދައުލަތުން ބުނީ, މި މައްސަލައިގައި ދަށު ކޯޓުން ގޮތް ކަނޑައަޅާފައި ވަނީ ބިރުދެއްކުމާއި, ތޫނު އެއްޗެއް ގެންގުޅުން މަނާ ކުރާ ގާނޫނުގެ 5 ވަނަ މާއްދާގެ ބ އަށް ކަމަށެވެ. އަދި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދައިގެ ބޭނުން ހިފީ ބިރު ދެއްކުމާއި, ތޫނު އެއްޗެއް ގެންގުޅުން މަނާ ކުރާ ގާނޫނުގައި ބައިވެރިވުމަކީ ކޮބާކަން ތަފްސީލީ ގޮތެއްގައި މާނަކޮށްފައި ނުވާތީ, މާނަ ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ.

ތޫނު އެއްޗެއް ގެންގުޅުން މަނާ ކުރާ ގާނޫނުގެ 25 ވަނަ މާއްދާ ތަތުބީއު ކުރުމުގައި ދަށު ގޯހެއް ހެދި, އެ ގާނޫނުގެ 5 ވަނަ މާއްދައިގެ ޅގެ ދަށުން އަދަބު ކަނޑައަޅާފައިވާ ކަމަށް ސިފަމްގެ ފަރާތުން ފާހަގަކޮށްފައި ނުވެ އެވެ. ނަމަވެސް ދަށު ކޯޓުގެ ފަނޑިޔާރުން ހައްދަވާފައިވާ ގޯހަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާންކޮށްފައި ނުވާ ކަމަށް ދައުލަތުން ބުނެ އެވެ,

ދައުލަތުން ބުނީ ސިފާމްގެ މައްޗަށް އަދަބު ކަނޑައަޅަން ޖެހޭ ކަމަށް ބުނެ އޭނާގެ ފަރާތުން ފާހަގަކުރި ނުކުތާއަކީ ގާނޫނީ އަސާސެއް ނުވަތަ ބަހުސެއް ނެތް ނުކުތާއެއް ކަމަށެވެ. އަދި މައްސަލަ ނިންމުމުގައި ދަށު ކޯޓުން ގޯހެއް ހަދާފައިވާ ކަމަށް ބުނާ ނުކުތާއަކީ މުޅިން ހަމަޖެހޭ ނުކުތާއެއް ނޫން ކަމަށެވެ.

މި މައްސަލާގައި ދައުލަތުން އެދުނީ ސިފާމްގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމް ބަދަލުކުރަންޖެހޭ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައި ނުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތަކާ ބެހޭގޮތުން އަދި ޖަވާބާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެ ފަރާތަށް ދިނުމަށްފަހު އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ, މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގައި ޝަރީއަތުން ގޮތް ނިންމުން ކަމަށެވެ.

ދަށު ކޯޓުގައި މައްސަލަ ހިނގައި ދިޔަ ގޮތް;

ޒިޔަދަމަށް މަސް ކަނޑާ ވަޅިއަކުން ހަމަލާ ދިން ދެ މީހުން ކަމަށްވާ އަލީ ސިފާމާއި މުހައްމަދު ޝަނޫނަކީ ވެސް އެ ރަށަށް ނިސްބަތްވާ ދެ މީހުންނެވެ. އޭގެ ތެރެއިން ޝަނޫންގެ މައްޗަށް ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވި އިރު، ސިފާމްގެ މައްޗަށް މަރާލުމުގައި ބައިވެރިވުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ. މި މައްސަލާގައި ޝަނޫންގެ މައްޗަށް ކުރީ މަރުގެ ހުކުމެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއް ބުނާ ގޮތުން ޒިޔަދަމް މަރާލުމުގެ ކުރިން ހޫނު ގަދަ ޒުވާބެއް ހިނގި ކަމަށް ވެއެވެ. އަދި އެ ޒުވާބު ހިނގާ ދިޔައީ ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުންކަން އެނގޭ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނާ ގޮތުން ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގެ ތެރެއިންނެވެ.

އެ ގޭގެ ބަދިގެއިން އޭނާގެ ހަށިގަނޑު ނަގައިގެން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައިރު ވެސް ހެކިވެރިޔާ ހުރި ކަމަށާއި ސިއްހީ މަރުކަޒު ކައިރިން މައްސަލައިގައި ތުހުމަތު ކުރެވޭ ޝަނޫނު ފެނުނު ކަމަށާއި އޭނާ އެތަނުގައި ވަރަށް އަޑުގަދަކުރި ކަމަށް ހެކިބަސް ދެމުން އޭނާ ކިޔައިދިނެވެ. އަދި ޝަނޫނުގެ ސޯޓުގައި އާއި އަތުގައި އެވަގުތު ލޭ ހުރިތަން ފެނުނު ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ހާދިސާ ހިނގި ކަމަށް ބުނާ ތަނުން ޒިޔަދަމްއާއި ޝަނޫންގެ ލޭ ވެސް ފެނިފައިވެ އެވެ. ޒިޔަދަމަށް ހަމަލާ ދިނީ ޝަނޫން ކަމަށާއި، ޝަނޫނަށް އެ ކަމަށް އެއްބާރުލުން ދިނުމުގައި ސިފާމް ބައިވެރިވާ ކަން ސާބިތުވާ ކަމަށް ގާޒީ ޝަފީއު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox