އަފްގާނިސްތާނުން އޮސްޓްރޭލިއާ ބަލިކޮށް ސެމީގެ އުންމީދުގައި

Jun 23, 2024, 6:58 AM
އަފްގާނިސްތާްން ޓީމަށް ރޭގެ މެޗުގައި ހަތަރު ވިކެޓް ނަގައިދިން ގުލްބަދީން ނައިބު އުފާފާޅުކުރަނީ.

އަފްގާނިސްތާްން ޓީމަށް ރޭގެ މެޗުގައި ހަތަރު ވިކެޓް ނަގައިދިން ގުލްބަދީން ނައިބު އުފާފާޅުކުރަނީ.

ކިންގްސްޓައުން، ސެއިންޓް ވިންސެންޓް (ޖޫން 23) - އެމެރިކާ އާއި ވެސްޓް އިންޑީސްގައި މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގެ ސުޕަ އެއިޓްސްގެ ގްރޫޕް އެކެއްގައި ކުޅުނު މެޗުން އޮސްޓްރޭލިއާ 21 ލަނޑުން ބަލިކޮށް އަފްގާނިސްތާނުން ސެމީ ފައިނަލަށް ދަތުރުކުރުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ސުޕަ އެއިޓްސް ގްރޫޕް އެކެއްގައި އަފްގާނިސްތާން ވަނީ ކުޅުނު ފުރަތަަމަ މެޗުން އިންޑިއާ އަތުން 47 ލަނޑުން ބަލިވެފަ އެވެ. މޮޅުވާން މަޖުބޫރު މެޗަކަށް ނުކުމެ، އަފްގާނިސްތާނުން ވަނީ އޮސްޓްރޭލިއާގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފަ އެވެ.

މެޗުގައި ޓޮސް ދިމާވުމުން، އޮސްޓްރޭލިއާ އިން ނިންމީ ފީލްޑް ކުރުމަށެވެ. އަފްގާނިސްތާނުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވެގެން 148 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 49 މެޗުން 60 ލަނޑު ހެދި ރަހުމާނުﷲ ގުރްބާޒް އެވެ. އަދި އިބްރާހިމް ޒަރުދާން ވަނީ 48 ބޯޅައިން 51 ލަނޑު ހަދައިފަ އެވެ.

Advertisement

މި އިނިންގްސްގައި އޮސްޓްރޭލިއާގެ ޕެޓް ކަމިންސް ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި އޮސްޓްރޭލިއާ އިން ކުޅެން އަރައި، 19.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 127 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ، 41 ބޯޅައިން 59 ލަނޑު ހެދި ގްލެން މެކްސްވެލް އެވެ.

އަފްގާނިސްތާނުގެ ތަރި އަކީ މި އިނިންސްގައި ހަތަރު ވިކެޓް ނެގި ގުލްބަދިން ނައިބް އެވެ. އެ ޓީމުގެ ނަވީން އުލް ހައްގު ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ސުޕަ އެއިޓްސްގެ ގްރޫޕް އެކެެއްގެ އެއް ވަަނައިގައި އޮތީ ދެ މެޗުން މޮޅުވެ، ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޮސްޓްރޭލިއާ އާއި ތިން ވަނައިގައި އޮތް އަފްގާނިސްތާނަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. އޮސްޓްރޭލިއާ ކުރީގައި އޮތީ ނެޓްރަންރޭޓުންނެވެ. މި ގްރޫޕްގެ ފުލުގައި އޮތީ، ދެ މެޗުން ބަލިވި ބަންގްލަދޭޝް އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox