އުމަރު ވިދާޅުވަނީ ވިޔަފާރި ބަނދަރު ކުއްޔަށް ދިނުން ޖީއެމްއާރަށް އެއާޕޯޓް ދިނުމާ އެއްފަދަ ކަމަށް

ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު "އަދަދު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަނީ. އުމަރަކީ ޖީއެމްއާރު މައްސަލާގައި އޭރުގެ ސަރުކާރަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެއް. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު "އަދަދު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަނީ. އުމަރަކީ ޖީއެމްއާރު މައްސަލާގައި އޭރުގެ ސަރުކާރަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެއް. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

މާލޭ ވިޔަފާރިބަނދަރު ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށްދިނުމާ އެއްފަދަ ކަމެއް ކަމަށް ސިފަކުރައްވައި، ސަރުކާރުގެ އެ ނިންމުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހަރު އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދިނުމުން އެކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޮޑެތި މުޒާހަރާތައް ކުރި އެެވެ. މިހާރުގެ ސަރުކާރު ހިންގާ ޕީއެންސީގެ އަސްލަކީ އޭރުގެ އިދިކޮޅު ޕާޓީ ޕީޕީއެމް އެވެ.

ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވައި އެމްޑީޕީގެ ފުރަތަަމަ ސަރުކާރު ވެއްޓުމާ އެކު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުންނެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ފޭސްބުކް' ގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ މާލޭގެ ކަނޑުގެ ބަދަރާއި ތިލަފުށީ ކަނޑުގެ ބަނދަރު ބޭރުގެ ފަރާތަކަށް ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މަޝްވަރާތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާތީ ނުހަނު ކަންބޮޑުވުން ފާޅުކުރައްވާ ކަމަށެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ "ދިވެހީންގެ އަމިއްލަ އެސެޓްތައް އެހެން ފަރާތްތަކަށް ދޫކޮށްލުމަކީ 'ދިވެހީންގެ ރާއްޖެ' އިން ކުރައްވައިގެން ވާނެ ކަމެއް ނޫން" ކަމަށެެވެ. "ދިވެހީންގެ ރާއްޖެ" އިން ކުރައްވަންވާނެ ކަމަކީ އެސެޓްތައް އުފައްދާ އެ ތަކެތި ދިވެހިންގެ އަތްމަތީގައި ބެހެއްޓުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"މި ފަދަ އެސެޓްތައް ބޭރުގެ ފަރާތަކަށް ވިއްކާލުމާ، ދިގު މުއްދަތަށް ކުއްޔަށް ދިނުމަކީ ކަންކަން އަމިއްލަ އަށް ކުރަން ނުދަންނަ، ކަންނެތް މީހުންއުޅޭ ގައުމުތަކުންކުރާ ކަމެއް. މިއީ މާލޭގެ ވައިގެބަނދަރު ވިއްކާލުމަށް ކުރީގައި ކުރެވުނު މަސައްކަތްފަދަ އިގުތިސާދީ ގޮތުން ނުރައްކާތެރި މަސައްކަތެއް،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރި ބަނދަރު ކުއްޔަށް ދީފި ނަމަ އެކަމުގެ ސަބަބުން މުދަލުގެ އަގުބޮޑުވެ، ދިވެހި ވިޔަފާރިތަކަށް އެތައް ދަތިތަކާ ކުރިމަތިވާނެ އެވެ. ދައުލަތުގެ މި ފަދަ ސްޓްރެޓެޖިކް އެސެޓްތަކަކީ އަބަދުވެސް ދިވެހީންގެ އަތްމަތީގައި ބަހައްޓައިގެން ވީހާވެސް ހެޔޮ އަގުގައި ހިދުމަތް ދެވޭ ތަންތަނަށް ވާންޖެހޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ބަދަލުގަ ތިލަފުށީގައި ޓްރާންޝިޕްމަންޓް ބަނދަރު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ބޭރުގެ ބައެއް ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މިމަހުގެ 18 ވަނަ ދުވަހު އެެވެ.

ސަރުކާރުން ވަނީ ތިލަފުށީގަ ބަނދަރު ތަރައްގީ ކުރުމަށް 20 ހެކްޓަރުގެ ބިމެއް ހަމަޖައްސައި ކޮންސެޕްޓް ޑިޒައިން އެކުލަވާލައިފަ އެވެ. ކުރީ ސަރުކާރުން ގުޅިފަޅުގައި އަޅަން ނިންމި ބަނދަރު ތިލަފުއްޓަށް ބަނދަލުކުރިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މި އަހަރުގެ ޖެނުއަރީ 4، ގަ އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިލަފުށި ބަނދަރު ތަރައްގީ ކުރުމަށް އިންވެސްޓަރަކު ހޯދުމަށް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ދާދި ފަހުން ވަނީ ޕިލިޕީންސްއަށް ދަތުރެއް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox