ޔުއެފާ ރައީސްގެ ހިތްހަމަޖެހުމަކީ ޔޫރޯގެ ސެކިއުރިޓީ ވަރުގަަދަވުން

Jun 22, 2024, 7:44 AM
ޔުއެފާ ރައީސްގެ ހިތްހަމަޖެހުމަކީ ޔޫރޯގެ ސެކިއުރިޓީ ވަރުގަަދަވުން

މިއުނިކް (ޖޫން 22) - ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެކިއުރިޓީ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތާ މެދު ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ހިތްހަމަޖެހުން ފާޅުކުރައްވައިފި އެެވެ.

މި ފަހަރުގެ ޔޫރޯގެ ސެކިއުރިޓީ ވަރުގަަދަ ކުރުމުގެ ގޮތުން، މުބާރާތުގައި ވާދަކުރާ 24 ގައުމުގެ ތެރެއިން 300 އެއްހާ ސެކިއުރިޓީ ތަޖުރިބާކާރުން، މުބާރާތް ބާއްވާ ގައުމު ޖަރުމަނުގައި ހަރަކާތްތެރިވެ އެވެ. އެ ފަރާތްތަކުން މަސައްކަތްކުރާނީ އިންޓަނޭޝަނަލް ޕޮލިސް ކޯޕަރޭޝަން ސެންޓަރު (އައިޕީސީސީ)އާ އެކުގައި އެ ކަމަށް ހާއްސަ ސެންޓަރެއްގަ އެވެ. އެ ސެންޓަރަށް ޔުއެފާގެ ރައީސް ޗެފެރިން ވަޑައިގެންނެވި އެވެ.

"އައިޕީސީސީގެ ކަންކަން މި ހުރީ އަހަރެން ހީކުރި ވަރަށް ވުރެ ވެސް މާ ރަނގަޅަށް. މިއީ ފަސޭހަ ވަޒީފާއެއް ނޫން. އުނދަގޫ ވަޒީފާއެއް ފަސޭހަވަނީ ހިދުމަތެއް ކޮށްދިނުމުގެ ގޮތުން ޝައުގުވެރިކަމާ އެކު ކަންކަން ކޮށްގެން، އެ މަންޒަރު އަހަންނަށް މި ތަނުން އެބަފެނޭ،" ޗެފެރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަނގަޅު ސެކިއުރިޓީއަކާ ނުލައި، މުބާރާތް ކުރިއަށްނުދާނެ ކަމަށާއި އެކަމުގެ ކްރެޑިޓް ދޭން ޖެހޭނެ ބަޔަކީ، ޖަރުމަނު ފުލުހުންނާއި އައިޕީސީސީ ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތައް ކަމަށެެވެ.

މިދިޔަ އަހަރު ޔުއެފާ އިން ވަނީ ޔޫރަޕިއަން ގްރޫޕް އޮފް ޕޮލިސިން ފުޓްބޯލް އެންޑް ނެޝަނަލް ފުޓްބޯލް އިންފޮމޭޝަން ޕޮއިންޓް އެކްސްޕާޓްސް (އެންއެފްއައިޕީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އޭގެ ބޭނުމަކީ، ޔޫރަޕްގެ އެކި ސަރަހައްދުގައި ކުޅޭ މެޗުތަކުގެ ސެކިއުރިޓީއާ ގުޅޭ މައުލޫމާތުތައް އެއްކޮށް ނަގަން ޖެހޭ ފިޔަވަޅުތައް އަވަހަށް ނަގައި، ސެކިއުރީޓީ ލެވަލް މައްޗަށް ޖައްސައިލުމެވެ. މި އެއްބަސްވުމުގެ ތެރެއިން މި ފަހަރުގެ ޔޫރޯގައި ވެސް ސެކިއުރީޓީގެ ކަންކަން އަންނަނީ ފުރިހަމަ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox