ކްރޮއޭޝިއާ އަކީ "ސިންދްރެއްލާ" ގޮތުގައި ދެކޭތީ ކޯޗު ހިތްހަމަނުޖެހިފައި

Jun 19, 2024, 4:54 AM
ކްރޮއޭޝިއާ އަކީ "ސިންދްރެއްލާ" ގޮތުގައި ދެކޭތީ ކޯޗު ހިތްހަމަނުޖެހިފައި

ހެމްބާގް (ޖޫން 19) - ކްރޮއޭޝިއާ އަކީ ބައިނަލްއަގުވާމީ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގެ "ސިންދްރެއްލާ" ގެ ގޮތުގައި ދެކޭތީ އެކަމާ އެ ޓީމުގެ ކޯޗު ޒްލަޓްކޯ ޑާލިޗް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޑާލިޗް މި ގޮތަށް ބުނެފައި މި ވަނީ ބޮޑެތި މުބާރާތްތަކުގައި ކްރޮއޭޝިއާ އިން ކިތަންމެ ކާމިޔާބެއް ހޯދިޔަސް އެ ޓީމާ މެދު މީހުން ދެކޭގޮތް ބަދަލުނުވެ، އަބަދުވެސް ފަހު ވަގުތު ކާމިޔާބާ ހަމަައަށް ދެވޭ ވަރަށް މަސައްކަތް ކުރެވޭތީ އެވެ.

މި ފަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ ސްޕެއިން އަތުން 3-0 އިން ބަލިވެފަ އެވެ. ޑާލިޗް ބުނީ ފުރަތަމަ މެޗުގައި އެ ގޮތަށް ބަލިވުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރަން ފަސޭހަވި ކަމެއް ނޫން ކަމަށެވެ.

"އަހަރެމެން ތިން ފަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުގެ ޕޯޑިއަމް ފިިނިޝް އަކަށް ގޮސްފިން. އެކަމަކު، އަދިވެސް އަހަރެމެންނަކީ ބޮޑެތި މުބާރާތްތަކުގެ ސިންދްރެއްލާ އިން. އަހަރެމެންނަކީ ކުޑަ ގައުމެއް، އެކަމަކު ބުނަން އޮތީ އަހަރެމެން އަމިއްލަ މަސައްކަތުން ގިނަ އެހެން ގައުމުތަކަކަށް ނުކުރެވޭ ކަންކަން ހާސިލްކޮށްފިން،" ޑާލިޗް ބުންޏެވެ.

"އަބަދުވެސް އަހަރެމެންނާ މެދު ދެކެނީ ޑާކް ހޯސްގެ ގޮތުގައި، އެ ގޮތުގައި ތިބެ ވެސް އަހަރެމެން ވާނީ މިދިޔަ ހަ އަހަރު ތެރޭ ތިން އިންޓަނޭޝަަނަލް މެޑަލް ހޯދައިފައި. ފްރާންސަށް ފަހު އަހަރެމެންނަކީ އެ ފަދަ ކަމެއް ހާސިލްކުރެވުނު ޓީމު. އެކަމަކު، އިންގްލެންޑް 1966 ވޯލްޑް ކަޕް ހޯދި ޓީމެއް އަދިވެސް އެ މީހުންނަކީ ފޭވަރިޓް، އަހަރެމެންނަކީ ޑާކް ހޯސް،"

ކްރޮއޭޝިއާ ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެ، އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައި، ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިރޭ، މި ފަހަރު ޔޫރޯގައި ކްރޮއޭޝިއާ އިން ދެ ވަަނަ މެޗަކަށް އަލްބޭނިއާއާ ދެކޮޅަށް ނުކުންނައިރު، ގަދަ 16 އަށް ދިއުމަށް މި މެޗުގައި ނަތީޖާ ނެރުން މަޖުބޫރެވެ.

"މެޗުގެ ފަހު ވަގުތާ ހަމައަށް އަހަރެމެން އެބަޖެހޭ، ހަމަޖެހިލައިގެން އަމިއްލަ ގޭމް ކުޅެން. އަހަރެމެން އަމިއްލަ އަށް ގޯސް ހަދަން ފަށައިފިއްޔާ ގެއްލުން އޮތީ އަހަރެމެންނަށް. އެހެންވެ، ފަހު ވަގުތާ ހަމައަށް ސިކުނޑި ހަމައިގައި ބަހައްޓައިގެން، ޕްލޭނަށް މަސައްކަތްކުރަންވީ،" ޑާލިޗް ބުންޏެވެ.

"ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް އަންނާނެ،"

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި އަލްބޭނިއާ އާއި ކްރޮއޭޝިއާގެ ފުރަތަމަ ކުރިމަތިލުމެވެ. މެޗު ފަށާނީ 6 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox