ޕޮލެންޑަށް ފުރުސަތެއް ނެތް ކަމަށް ދެކުނަސް ކޯޗު އެކަމާ ނުވިސްނާނެ

Jun 16, 2024, 4:13 AM
ޕޮލެންޑަށް ފުރުސަތެއް ނެތް ކަމަށް ދެކުނަސް ކޯޗު އެކަމާ ނުވިސްނާނެ

ހެމްބާގް (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސްއާ ދެކޮޅަށް ޕޮލެންޑުން ކުޅޭ މެޗުގައި އެ ޓީމަށް މޮޅުވެވޭނެ ކަމުގެ ފުރުސަތެއް ނެތް ކަމަށް ގިނަ ބަޔަކު ދެކުނު ކަމުގައި ވިޔަސް އެ ކަމާ ނުވިސްނާނެ ކަމަށް ޕޮލެންޑްގެ ކޯޗު، މައިކަލް ޕްރޮބިއާޒް ބުނެފި އެވެ.

"އެންމެން ދެކެނީ އަހަރެމެން މި މެޗުން (ނެދަލެންޑްސް އަތުން) ބަލިވާނެ ކަމަށް، އަހަރެމެންނަށް ފުރުސަތެއް އޮތް ކަމަށް ގަބޫލުކުރާ ބަޔަކު ނެތް،" މިއަދުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮބިއާޒް ބުންޏެވެ.

"އެކަމަކު، މީގެ އަހަންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަހަރެމެން ޓީމެއް އެކުލަވާލައިގެން މިއައީ، އެކަކު އަނެކަކަށް އެހީވެގެން ފަހު ވަގުތާ ހަމައަށް ހިތްވަރު ކުރަން،"

ޕްރޮބިއާޒް ދެކޭގޮތުގައި ނެދަލެންޑްސް އަކީ، މި ފަހަރު ޔޫރޯ ކާމިޔާބު ކުރެވޭނެ ފަދަ ފެންވަރު ހުރި "ފޭވަރިޓް" އެކެވެ. އެ ގޮތުން، ނެދަލެންޑްސްގެ އިންޑިވިޖުއަލް ކުޅުންތެރިންގެ ކޮލިޓީއާ ކުރިމަތިލާން ޕޮލެންޑުން ބޭނުންކުރަން ޖެހޭނީ ޓީމު ރޫހު ކަމަށް ޕްރޮބިއާޒް ބުނެފައިވެ އެވެ.

މިދިޔަ އަހަރު ޕޮލެންޑްގެ ކޯޗުކަމާ ހަވާލުވި ޕްރޮބިއާޒް ބުނީ، ފުރަތަމަ މެޗުގައި ޕޮލެންޑްގެ ތަރި، ލެވަންޑޯސްކީ އަށް ނުކުޅެވޭނެ ކަމަށެވެ. އެހެންވެ، ޕޮލެންޑްގެ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅޭނީ ޕިއޮޓްރޭ ޒިއެލިންސްކީ އެވެ. އޭނާ ބުނީ، ގައުމީ ޓީމުގެ ކެޕްޓަންކަން ކުރުމަކީ، "ފަހުރެއް" ކަމަށެވެ.

ޕޮލެންޑުން އެންމެ ފަހުން ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު 12 މެޗުން ވެސް މޮޅެއް ނުލިބެ އެވެ. އެންމެ ފަހުން ޕޮޮލެންޑުން ނެދަލެންޑްސް ބަލިކުރީ 1980 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި 2-0 އިންނެވެ.

ނެދަލެންޑްސް އާއި ޕޮލެންޑް ކުޅޭ މެޗު ފަށާނީ މިއަދު 6 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox