ސައުތު އޭޝިއަން ގޭމްސްގެ ޕްލޭނިން މަސައްކަތް އޮގަސްޓްގެ ނިޔަލަށް ނިންމޭތޯ ބަލަނީ

2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން..

2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން..

އަންނަ އަަހަރުގެ ކުރީކޮޅުގައި ޕާކިސްތާންގައި ސައުތު އޭޝިއަން ގޭމްސް ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ޕާކިސްތާންގެ ސަރުކާރާއި އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ކުރިއަށްދާން ބޭނުންވާ ގޮތުގެ ޕްލޭނިން މަސައްކަތް، އޮގަސްޓް މަހުގެ ނިޔަލަށް ނިންމޭތޯ ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ޕާކިސްތާންގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕާކިސްތާނުގައި މިދިޔަ އަހަރު ބާއްވަން ނިންމާފައި އޮތް ސައުތު އޭޝިއަން ގޭމްސް މި އަހަރަށް ފަސްކުރަން ނިންމީ، 2022 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ ބައްދަލުވުމެއްގަ އެވެ. ސާދަ ވަނަ ސައުތު އޭޝިއަން ގޭމްސް، ޕާކިސްތާންގައި ބާއްވަން ކުރާ މަސައްކަތުގައި އެއްބަސްނުވެވި އޮތް އެންމެ ބޮޑު ކަމަކީ، ގޭމްސްގެ މުބާރާތްތައް ކުޅޭނެ، ވެނިއުސްތަކެއް ކަނޑައަޅުމާއި ސަރުކާރާ ގުޅިގެން، ފަންޑް ހޯދައި، ގޭމްސްގެ މައިގަނޑު ހަބްތަކެއްގެ ގޮތުގައި ކަނޑައަޅާނެ ސިޓީތަކެއް ނިންމުމުގަ އެވެ.

އެ ގޮތުން، މާޗް މަހު ބޭއްވި ބައްދަލުވުމެއްގައި، ސައުތު އޭޝިއަން ގޭމްސްގެ މެއިން ހަބެއްގެ ގޮތުގައި، ލާހޯރް ކަމަށް ކަނޑައަޅަން މި ކަމުގައި މަޝްވަރާކުރި ފަރާތްތަކަށް އެއްބަސްވެވުނެވެ.

އެކަމަކު، އަދިވެސް އެކަމަށް އެއްބަސްވުމަށް ފަހު ދެން ކުރަން ޖެހޭ މުހިންމު ކަންކަން ހުރީ ހުއްޓިފަ އެވެ.

މިދިޔަ މަހު ޕާކިސްތާން އޮލިމްޕިކް ކޮމިޓީން ވަނީ އެ ގައުމުގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލުކޮށް، ގޭމްސްގެ ކުޅިވަރުތައް ބާއްވާނެ ސިޓީތަކާއި ވެނިއުސްތައް ކަނޑައެޅުމުގައި ލަފާ ހޯދައިފަ އެވެ. އަދި މަރާމާތު ކުރަން ޖެހޭ ވެނިއުސްތައް ނިންމައި، އެ އަށް ސަރުކާރުން ފަންޑް ހޯދައި، ދެން ކުރިއަށްދާނެ ގޮތްތަކެއް ހޯދަަން ވެސް ވާހަކަ ދެކެވުނެވެ.

އެ ގޮތުން، މި މަސް ތެރޭ، ސައުތު އޭޝިއަން ގޭމްސްގެ އޮގަނައިޒިން ކޮމިޓީއެއް ރަސްމީކޮށް އެކުލަވާލައި، އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ޕްލޭނިން ކަންކަން ފުރިހަމަ ކުރަން ވަނީ އަމާޒުހިފައިފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެެވެ.

އަދި ޕާކިސްތާން އޮލިމްޕިކް ކޮމިޓީން އަންނަނީ އެ ގައުމުން އަންނަ އަހަރުގެ ކުރީކޮޅުގައި ސައުތު އޭޝިއަން ގޭމްސް ބާއްވަން ކުރަމުން އަންނަ މަސައްކަތާ ގުޅޭ މައުލޫމާތު ދެކުނު އޭޝިއާގެ ހުރިހާ ގައުމެއްގެ އޮލިމްޕިކް ކޮމިޓީއާ ހިއްސާ ކުރަމުން ކަމަށް ވެސް، ރިޕޯޓްތައް ބުނެ އެވެ.

މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ. އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އޭގެ ކުރިން ބޭއްވީ 2016 ވަނަ އަހަރު، ފެބްރުއަރީ މަހު، އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގަ އެވެ. އެ ދެ ފަަހަރު ވެސް ގޭމްސް ބޭއްވުނީ އެކި ފަހަރު މަތިން ޝެޑިއުލްކޮށްގެންނެވެ. އެންމެ ފަހުން ދެ ފަހަރު ވެސް ސައުތު އޭޝިއަން ގޭމްސް ބޭއްވުނީ ކަނޑައެޅި މުއްދަތަށް ވުރެ ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox