ޕްރެޝަރު އޮތީ ޖަރުމަނަށް: ނާގަލްސްމަން

Jun 14, 2024, 6:47 AM
ޕްރެޝަރު އޮތީ ޖަރުމަނަށް: ނާގަލްސްމަން

މިއުނިކް (14 ޖޫން) – ޔޫރޯގެ ފުރަތަމަ މެޗުގައި މިރޭ ސްކޮޓްލެންޑް ދެކޮޅަށް މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނުން ނުކުންނައިރު، ޕްރެޝަރު އޮތީ ޖަރުމަނަށް ކަމަށް އެ ޓީމުގެ ކޯޗު ޖޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ޔޫރޯ ތިން ފަހަރު ހޯދާފައިވާ ޖަރުމަންގެ އަމިއްލަ ދަނޑުގައި މުބާރާތް ބާއްވާއިރު، އެ ގައުމުގެ ސަޕޯޓަރުންގެ އުންމީދުތައްވެސް ހުރީ މަތީގައެވެ.

މިރޭގެ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ނާގަލްސްމަން ބުނީ ސްކޮޓްލެންޑަށް ވުރެ ޕްރެޝަރު ބޮޑީ ޖަރުމަނަށް ކަމަށެވެ. އެކަމަކު، ޖަރުމަން އޮތީ މެޗަށް ރަނގަޅަށް ތައްޔާރަށް ކަމަށެވެ.

"އަހަރެން މި ތިބީ ތައްޔާރަށް، ރަނގަޅު ފޯމެއްގައި. ކުޅުންތެރިން ކުޑަކޮށް ފިނިވެފައި ތިބީ. އެކަމަކު މި ކަހަލަ މެޗަކަށް ނުކުންނައިރު އެއީ މައްސަލައެއް ނޫން،" ކުރިން ބަޔާން މިއުނިކް އާއި އާރްބީ ލައިޕްޒިގަށް ކޯޗުކޮށްދިން ނާގަލްސްމަން ބުންޏެވެ.

"ޕްރެޝަރު ބޮޑީ ޖަރުމަނަށް. އެހެންވީމަ ސްކޮޓްލެންޑުން ބަލާނެ އެކަމުގެ ފައިދާ ނަގަން."

ޖަރުމަންގެ ސްކޮޑްގައި ހިމެނޭ ބަޔާން މިއުނިކްގެ މިޑްފީލްޑަރު އެލެކްސަންޑާ ޕަވްލޮވިޗް ޓޮންސިލްގެ މައްސަލައަކާ ގުޅިގެން ބުދަ ދުވަހު ޖަރުމަންގެ ޓީމުން ވަކިވެފަ އެވެ. އޭނާގެ ބަދަލުގައި ޓީމުގައި ހިމެނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު އެމްރޭ ޗާން އެވެ.

މި މެޗަށް ނުކުންނައިރު ޖަރުމަންގައި މިހާރު އޮތް ސްކޮޑުގެ އަނިޔާގެ މައްސަލައެއް ނެތެވެ.

ސްކޮޓްލެންޑްގެ ކޯޗު ސްޓީވް ކްލާކް ބުނީ ސްކޮޓްލޭންޑް އިން ހުރިހާ ޓީމަކަށް އިހުތިރާމްކުރިޔަސް، އެއްވެސް ޓީމެއް ދެކެ ޖެހިލުންނުވާނެ ކަމަށެވެ.

"އަހަރަމެންނަށް އެނގޭ އެ ޓީމު (ޖަރުމަން) ވަރަށް ވަރުގަދަކަން. އެކަމަކު އުންމީދަކީ މިރޭ އަހަރަމެންގެ ފެންވަރުވެސް ދައްކާލުން،" ކްލާކް ބުންޏެވެ.

"އަހަރެން އަބަދުވެސް ގަބޫލްކުރާ އުސޫލަކީ އެންމެނަށްވެސް އިހުތިރާމްކުރުން، އެކަމަކު އެއްވެސް ބަޔަކު ދެކެ ބިރު ނުގަތުން."

މުބާރާތުގެ ކުރިން ސްކޮޓްލެންޑަށް އަނިޔާގެ މައްސަލަތައް ކުރިމަތިވިޔަސް، މި ވަގުތު އޮތް ސްކޮޑް އޮތީ މުޅިން ފިޓުކޮށެވެ.

މިއީ ސްކޮޓްލެންޑް ޔޫރޯގައި ޖެހިޖެހިގެން ވާދަކުރާ ދެވަނަ އަހަރެވެ. އެންމެ ފަހުން 2021 ވަނަ އަހަރު އޮތް ޔޫރޯގައި 1998 ވަނަ އަހަރު ފީފާ ވޯލްޑް ކަޕަށްފަހު ސްކޮޓްލެންޑް ކުޅުނު ބައިނަލްއަޤްވާމީ ފުރަތަމަ މުބާރާތެވެ.

ފާހަގަކޮށްލެވޭ ސްޓެޓްސް:

• މިއީ ޖަރުމަނާއި ސްކޮޓްލެންޑް ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކުރާ ތިން ވަނަ ފަހަރު. އެއީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 1992 ވަނަ އަހަރުގެ ޔޫރޯ. ދެ މެޗުވެސް ކާމިޔާބުކުރީ ޖަރުމަން.

• ޖަރުމަނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން ސްކޮޓްލެންޑް މޮޅުވީ އެންމެ މެޗަކުން. އެއީ 1999 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއް. ޖަރުމަން 8 މެޗުން މޮޅުވެފައިވާއިރު ހަތަރު މެޗު ވަނީ އެއްވަރުވެފައި.

• މިއީ ޖަރުމަން ޔޫރޯގައި ވާދަކުރާ 14 ވަނަ ފަހަރު. އިތުރު ޓީމެއް މިއަދަދަކަށް ނާރާ

• މިއީ ޖަރުމަނުން އަމިއްލައަށް ހޯސްޓްކުރާ ބައިނަލްއަޤްވާމީ ހަތަރު ވަނަ މުބާރާތް. މީގެ ކުރިން ތިން ފަހަރުވެސް ސެމީ ފައިނަލާ ހަމައަށް ޖަރުމަން ދަތުރުކުރި. އަމިއްލަ ގައުމުގައި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، 1988 ވަނަ އަހަރުގެ ޔޫރޯގެ ސެމީއަށް ދަތުރުކުރި. އަދި 2006ގެ ވޯލްޑް ކަޕްގެ ސެމީއަށް ދަތުރުކުރި.

• މިއުނިކްގައި ޖަރުމަން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުން. އެއީ 2020 ވަނަ އަހަރުގެ ޔޫރޯގައި ޕޯޗުގަލް އަތުން.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox