ފޭސް ދޭއްގައި ހިންގި "ބްލެކްމެއިލް ރިންގް" ގެ ހަތް މީހުން ހައްޔަރުކުރި

ހިޔާ ފްލެޓް: އޮޅުވާލައިގެން ފޭރުނު ހަތް މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހިޔާ ފްލެޓް: އޮޅުވާލައިގެން ފޭރުނު ހަތް މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފޭސް 2 ގައި ހިޔާ ފްލެޓް އެޗް ފަހެއްގެ ތިނެއްގެ 18 ނަންބަރު އެޕާޓްމަންޓުގައި ބްލެއިކްމެއިލް ކޮށްގެން މީހުން އަތުން ފައިސާގެ އިތުރުން އެހެން އެއްޗެހި ފޭރެން ހިންގި "ބްލެކްމެއިލް ރިންގް" ގެ މައްސަލައިގައި ހަތް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ހެޑް ރަޖްނީ ޝުއައިބު ވިދާޅުވީ ބްލެއިކްމެއިލްއާ ގުޅިގެން ޖުމްލަ ފަސް މައްސަލައެއް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ފަސް މައްސަލައިގެ ތެރެއިން ޖެނުއަރީގައި އެއް މައްސަލަ، އެޕްރިލް މަހު ތިން މައްސަލަ އަދި މެއި މަހު ތެރޭގައި އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށް ރަޖްނީ ވިދާޅުވި އެވެ.

އޭގެއިތުރުން އެ އެޕާޓްމަންޓާ ގުޅުންހުރި ގިނަ މައްސަލަތައް ރިޕޯޓު ކޮށްފައިނުވާކަން ވެސް ފާހަގަކުރެވާކަން ފާހަގަކުރައްވާ ރަޖްނީ ވިދާޅުވީ ކުށް ހިންގުމުގެ ކުރިން ފުލުހުންނާއި އާންމުން އެކަން ހުއްޓުވާފައިވާ ކަމަށެވެ.

"އެތަނުގެ ތެރޭގައި ހަށި ވިއްކުމާއި އޮޅުވާލައިގެން އެކި މީސް މީހުން އެ އެޕާޓްމަންޓަށް ގެންގޮސް ގަދަކަމުން ބަރަހަނާކޮށް، ބަރަހަނާ ވީޑިއޯ ނަގައި ބްލެކްމެއިލްކޮށް، ފައިސާ ހޯދުމާއި އެތަނުގެ ތެރޭގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމާއި މަސްތުވާތަކެތި ބޭނުންކުރުންފަދަ ގާނޫނާ ހިލާފް އެތައް އަމަލެއް ހިންގާފައިވޭ،" ރަޖްނީ ވިދާޅުވި އެވެ.

މައްސަލައިގައި ހައްޔަރުކުރެވުނު ހަތް މީހުން:

  1. އައިމިނަތު ހުމައިނާ ޒަކަރިއްޔާ، މ. ގޯނބިލިގަސްދޮށުގެ / ކ. މާލެ، 24އ (ދޫކޮށްލާފައި)
  2. އާޔަތު އައްބާސް، ދަފްތަރު ނަންބަރު ދރ. 1835، 30އ (ބަންދުގައި)
  3. މުހައްމަދު އާދަމް، ޕެލަސް ހައުސް / ގއ. ދާންދޫ، 43އ (ބަންދުގައި)
  4. ސަމާހު އަލީ، ގ. ކަނދަމާގެއާގެ / ކ.މާލެ، 31އ (ބަންދުގައި)
  5. މުހައްމަދު މުނީރު، ސަންފްލާވާ / ދ. ކުޑަހުވަދޫ، 35އ (ބަންދުގައި)
  6. އަހުމަދު މާޖިދު، ހިފާޒް / ނ. ވެލިދޫ، 33އ (ބަންދުގައި)
  7. އަހުމަދު މަދީހު، މ. ސީނަރީވިއު / ކ. މާލެ، 34އ (ދޫކޮށްލާފައި)

މި މައްސަލައިގައި ހިމެނޭ އައިމިނަތު ހުމައިނާއަކީ މިކަމުގައި އިސްކޮށް އުޅޭ އެއް ފަރާތް ކަމަށާއި، ނަމަވެސް އޭނާއަކީ މާބަނޑު މީހެއް ކަމުން ހާލަތަށް ރިއާޔަތްކޮށް ދޫކޮށްލާފައިވާ ކަމަށް ރަޖްނީ ވިދާޅުވި އެވެ. އަދި އަހުމަދު މަހުދީ ވެސް ވަނީ ކޯޓުން ދޫކޮށްލާފައި ކަމަށެވެ.

ރަޖްނީ ވިދާޅުވީ މި މައްސަލައިގައި މީހުން އެޕާޓްމަންޓްތަކަށް ގެންގޮސްފައި ވަނީ ހަށިވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ކަމަށާއި، އަދި އެއަށްފަހު ބްލެކްމެއިލްކޮށް ފޭރިފައިވާ ކަމަށެވެ.

މީގެއިތުރުން ފޭރުނު ތަކެތީގެ ތެރޭގައި އަގުބޮޑު މޯބައިލް ފޯނާއި، އެހެނިހެން ތަކެތި ވެސް ހިމެނޭ ކަމަށް ވެސް ރަޖްނީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox