ޖޭއެސްސީގެ ރައީސަކަށް މެންބަރު ހުސައިން ރިޒާ އިންތިިހާބުކޮށްފި

ޖޭއެސްސީގެ އޮފީހުގައި މެންބަރު ހުސައިން ރިޒާ އާދަމް: ކޮމިޝަނުގެ ރައީސް ކަމަށް އޭނާ ވަނީ ކަނޑައަޅާފައި / ފޮޓޯ: ޖޭއެސްސީ

ޖޭއެސްސީގެ އޮފީހުގައި މެންބަރު ހުސައިން ރިޒާ އާދަމް: ކޮމިޝަނުގެ ރައީސް ކަމަށް އޭނާ ވަނީ ކަނޑައަޅާފައި / ފޮޓޯ: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިންތިހާބުކޮށްފި އެވެ.

މެންބަރު ހުސައިން ރިޒާ އާދަމް އެ މަގާމަށް އިންތިހާބުކުރި ކަން، ޖޭއެސްސީގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއް މެދުވެރިކޮށް ވަނީ ހާމަކޮށްފަ އެވެ.

މިއީ އެ ކޮމިޝަނުގެ ރިޔާސަތު ސިޔާސީ ބޭފުޅަކު ބަލަހައްޓަވާ ދެވަނަ ފަހަރެވެ. ކޮމިޝަނުގެ ރައީސަކަށް އެންމެ ފަހުން ހުންނެވީ އޭރު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ނޮވެމްބަރު 2019، އިން ފެށިގެން މިދިޔަ މެއި 28، އަށް ކޮމިޝަނުގެ ރައީސަކަށް ހުންނެވީ އޭނާ އެވެ.

Advertisement

ޖޭއެސްސީގައި މިހާރު ސަރުކާރުގެ ހަތަރު މެންބަރުން ތިއްބަވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މެންބަރުގެ ހައިސިއްޔަތުން އެ ކޮމިޝަނުގައި ވަކީލު މުހައްމަދު ސަމީރު އިންނަވަ އެވެ. އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އެ ކޮމިޝަނުގައި އިންނަވަ އެވެ.

ޖޭއެސްސީގެ ރައީސަކަށް ހުސައިން ރިޒާ އިންތިހާބުކުރި އިރު، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރެއްވި އޭނާގެ ބޭބެ އިބްރާހިމް ރިޒާ ވެސް ވަނީ ޖޭއެސްސީގެ މެންބަރު ކަން ކުރައްވައިފަ އެވެ. 19 ވަނަ މަޖިލީހުގައި ވެސް އިބްރާހިމް ރިޒާ ތަމްސީލް ކުރައްވަމުން ދަނިކޮށް ކެންސަރު ބަލީގައި އަވާހަރަވީ މިދިޔަ އަހަރު ފެބްރުއަރީގަ އެވެ.

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ނުހިމެނުމަކީ މި ސަރުކާރުގެ ވެސް ވައުދުކެވެ. މި ދައުރު ގާނޫނު އަސާސީ އިސްލާހު ކުރަން ބިލެއް ފޮނުވާނެ ކަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް އަންގައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް އެބަ އޮތެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތާއި މިހާރު ތިބި މެންބަރުން

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް (އަބްދުއްރަހީމް އަބްދުﷲ)
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް (ހުސައިން ރިޒާ އާދަމް)
  • މަޖިލީހުން ކަނޑައަޅާ އާންމު މީހެއް (ކުރީގެ މަޖިލީހުން ކަނޑައެޅި ޑރ. އުލްމުކުލްސޫމް)
  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް (މުހައްމަދު ނާސިހު)
  • ބަންޑާރަ ނައިބު (އަހުމަދު އުޝާމް)
  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަކީލެއް (މުހައްމަދު ސަމީރު)
  • ވަކީލުން އިންތިހާބުކުރާ ވަކީލެއް (އަލީ އަބްދުއްލަތީފް)
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް (ފަނޑިޔާރު ހުސްނުއްސުއޫދު)
  • ހައި ކޯޓުގެ ފަނޑިޔާރެއް (ފަނޑިޔާރު މުހައްމަދު ނިޔާޒު)
  • ދަށު ކޯޓުތަކުން ފަނޑިޔާރެއް (ފަނޑިޔާރު އަލީ ޝަރީފް)

ޖުޑިޝަލް ސާވިސް ކޮމިޝަނަކީ ފަނޑިޔާރުންގެ ސުލޫކީ ކަންކަން ބެލުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ވަކިކުރުމާއި އާ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތްތައް މަތިކޮށްފައި އޮންނަ މުއައްސަސާ އެވެ. އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ އެ ކޮމިޝަން މެދުވެރިކޮށް ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމަކީ، ކޮންމެ ވެރިކަމެއްގައި ވެސް އަމާޒުވާ ތުހުމަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox