މާލޭ ވިޔަފާރި ބަނދަރު ފިލިޕީންސް ކުންފުންޏަކަށް 25 އަހަރަށް ދިނުމާ ގުޅޭ އެމްއޯޔޫއެއް

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތަކެއް ޖަހާފައިވާއިރު ބޭރުގައި އާގުބޯޓެއް ނަގިލީގައި. ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްގީކުރަން ވެސް ހަވާލުކުރީ އެމްޕީއެލްއާ --- ފޮޓޯ: އަދަދު ފައިލް

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތަކެއް ޖަހާފައިވާއިރު ބޭރުގައި އާގުބޯޓެއް ނަގިލީގައި. ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްގީކުރަން ވެސް ހަވާލުކުރީ އެމްޕީއެލްއާ --- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ފިލިޕީންސްގެ ކުންފުންޏަކަށް 25 އަހަރަށް ދިނުމަށް މަޝްވަރާ ކުރުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާކަން "އަދަދު" ނޫހަށް މައުލޫމާތު ލިބިއްޖެ އެވެ.

އިތުބާރު ހިފޭ މަސްދަރަކުން "އަދަދު" ނޫހަށް މައުލޫމާތު ދިން ގޮތުގައި މި އެމްއޯޔޫގައި ސޮއިކުރީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. އަދި, އެ އެމްއޯޔޫގެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހަށް ހަމަވާކަން ވެސް ވަނީ އެނގިފަ އެވެ.

މި ނޫހަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމްޕީއެލްއަށް ބޮޑު ގެއްލުމެއް ވެދާނެ ފަދަ ގޮތަކަށް ސޮއިކުރި އަގު ބޮޑު އެމްއޯޔޫއެކެވެ. އެގޮތުން, ވިޔަފާރި ބަނދަރު ހަވާލުކުރުމުގެ އެއްބަސްވުމަކަށް ފިލިޕީންސްގެ ކުންފުންޏާ އެކު އެމްޕީއެލްއިން ނުގޮސްފިނަމަ ފަސް މިލިއަން ޑޮލަރު ދައްކަން ޖެހޭކަން ވެސް "އަދަދު" ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

Advertisement

އޭގެ އިތުރުން, ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރު ވެސް 25 އަހަރު ދުވަހަށް ފިލިޕީންސްގެ ކުންފުނިން ހިންގުމަށް އެއްކޮށް ދޫކޮށްލުމަށް މަޝްވަރާ ކުރަމުންދާކަން ވެސް ވަނީ އެނގިފަ އެވެ.

އެގޮތަށް އެއްބަސްވެއްޖެނަމަ އެ މުއްދަތުގެ ތެރޭގައި ވިޔަފާރި ބަނދަރުގެ ފައިދާގެ 98 ޕަސެންޓު އެ ކުންފުންޏަށް ލިބޭއިރު ދިވެހި ސަރުކާރަށް ލިބޭނީ އެންމެ ދެ ޕަސެންޓުކަން ވެސް ވަނީ އެނގިފަ އެވެ. އަދި, ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ސަރުކާރަށް ހަމަޖައްސައިދެނީ އެ ކުންފުނި މެދުވެރިކޮށް ނަގާ ލޯނަކުންކަން ވެސް ވަނީ އެނގިފަ އެވެ.

މިހާ ބޮޑު އާމްދަނީއެއް ދޫކޮށްލާ ގޮތަށް ޕޯޓާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، އެމްޕީއެލްއަކީ ލޯނެއް ނަގައިގެން އެފަދަ މަސައްކަތެއް ކުރިއަށްގެންދިޔުމުގެ ގާބިލުކަން ހުރި ކުންފުންޏެކެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެމްޕީއެލްގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑު ގެއްލުމެއް އެ ކުންފުންޏަށް ލިބިގެންދާނެ ކަމެކެވެ. އެ ކުންފުނީގެ ބައެއް އޮފިޝަލުން މިކަމާ ދެކޮޅު ނަމަވެސް ސަރުކާރުގެ ތެރެއިން އިކޮނޮމިކް ކައުންސިލުން މި އެއްބަސްވުމަށް ދިޔުމަށް މަސައްކަތް ކުރަމުންދާކަން ވަނީ އެނގިފަ އެވެ.

އެމްޕީއެލްއިން އެންމެފަހުން އާންމުކުރީ 2022 ގެ އަހަރީ ރިޕޯޓެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި އަހަރަކު 119,000 އަށްވުރެ ގިނަ ކޮންޓެއިނަރު އެ ކުންފުނިން ހޭންޑްލްް ކުރިއިރު ސާފު ފައިދާގެ ގޮތުގައި 112.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox