ބޮޑު އީދުގެ ބަންދު ދުވަސްތަކުގެ ތެރެއިން ޖޫން 18، ގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވަން ނިންމައިފި އެވެ.
ބީއެމްއެލްއިން ބުނީ އެމްއެމްއޭއިން އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން، އަޟްހާ އީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބީއެމްއެލް ހުޅުވަން ހަމަޖެހިފައިވަނީ ޖޫން 18، ގެ ހެނދުނު 08:30 އިން މެންދުރު 2:00 އަށް ކަމަށެވެ.
އީދު ބަންދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
"މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ،" ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ވަނީ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިން ހިދުމަތްތައް ހޯދުމަށް އެދިފަ އެވެ.










