ޑިމޮކްރެޓުން ރައީސް މުއިއްޒަށް ތާއީދުކުރީ އިންޑިއާ އެކު ސުލްހަވާނެ ކަން ފެންނާތީ: ނަޝީދު

ރައީސް ޑރ. މުއިއްޒު އަދި ކުރީގެ ރައީސް ނަޝީދު: ރައީސް މުއިއްޒަށް އެމަނިކުފާނު އަނެއްކާ ވެސް ތައުރީފު ކުރައްވައިފި - ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުއިއްޒު އަދި ކުރީގެ ރައީސް ނަޝީދު: ރައީސް މުއިއްޒަށް އެމަނިކުފާނު އަނެއްކާ ވެސް ތައުރީފު ކުރައްވައިފި - ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދަ ޑިމޮކްރެޓްސް އިން ތާއީދުކުރީ އެމަނިކުފާނު އިންޑިއާއާ އެކު ސުލްހަވެރި ގުޅުމެއް ބާއްވާނެ ކަން ފެންނާތީ ކަމަށް އެ ޕާޓީ އުފެއްދެވުމުގެ މޭސްތިރިޔަކަށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ސިފައިން ރާއްޖޭން ބޭރު ކުރުމަށް ގޮވާލައި "އިންޑިއާ އައުޓް" ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ކުރެއްވުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ ވެރިކަމުގެ ފުރަތަމަކޮޅު ފެނުނީ އިންޑިއާއާ ވަރަށް ގުޅުން ގޯސްވާ ތަނެވެ.

ނަމަވެސް އިންޑިއާ ސިފައިން ފޮނުވާލައި އޭގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓްކުރަން އެ ގައުމުގެ މަދަނީ ހިދުމަތްތެރިން ގެނެސް، އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގެން ދެ ލީޑަރުންގެ ފޮޓޯތައް ސަރުކާރުގެ ސަޕޯޓަރުން ދަނީ ދައުރުކުރަމުންނެވެ.

Advertisement

މި ދަނޑިވަޅުގައި ނަޝީދު ގެންގުޅުއްވާ ނުރަސްމީ އެކްސް އެކައުންޓް، "އެމްއެން އަން އޮފިޝަލް" އިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޑިމޮކްރެޓްސްއިން ރައީސަށް ތާއީދުކުރީ މިއަދު މި ދެކޭ ސުލްހަވެރި ގުޅުމާއި އިންޑިއާ ކަނޑުގެ ތަސައްވުރު ފެންނާތީ ކަމަށެވެ.

އަބަދުވެސް އިންޑިއާއާ ރާއްޖޭން ގާތް ގުޅުމެއް ބޭއްވުމަށް ވަކާލާތު ކުރައްވާ ނަޝީދު ދެން ލިޔުއްވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު އަބަދުވެސް އޮންނަންވީ އެ ގޮތަށް ކަމަށާއި ކޮންމެ ރިޔާސީ ދައުރަކަށް ފަހު ހާރިޖީ ސިޔާސަތު މުޅީން އެހެން ފުށަކަށް ޖެހުމުގެ ގެއްލުން ލިބޭނީ ދިވެހިންނަށް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރެޓްސް، ޑރ. މުއިއްޒަށް ތާއީދުކުރީ، މިއަދު މި ދެކޭ ސުލްހަވެރި، ގުޅުން ރަނގަޅު، އިންޑިއާ ކަނޑުގެ ތަސައްވުރު ފެންނަ ކަމުން، ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ކޮންމެ އިންތިހާބަކަށް ފަހު އަނެއް ފުށަށް ޖެހޭ ކަމެއްގެ ގޮތުގައި ޮތުމުން ދިވެހިންނަށް ލިބޭ ގެއްލުން ބޮޑު،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރެއްވި ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދު މިހެން ވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އެއްވެސް ބަޔަކަށް ތާއީދު ނުކުރުމަށް ނިންމި އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނަ ހޯދި ޕާޓީގެ ކައުންސިލްގެ ނިންމުމަކީ އެއްވެސް ބަޔަކަށް ތާއީދުނުކޮށް ތިބުމެވެ.

އެހެން ނަމަވެސް އިންތިހާބު ނިމިގެން ރައީސް މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް އެ ޕާޓީގެ އިސް ވެރިން ވިދާޅުވަމުން ގެންދެވި އެވެ. އޭގެ ފަހުގައި ސަރުކާރުގައި އެ ޕާޓީގެ ބައިވެރިވުމެއް ނުފެނި، މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއާ އެކު މަސައްކަތް ކުރަން ފެށި ތަން ފެނުނެވެ.

ވިހިވަނަ މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ކާމިޔާބު ވެފައި ނުވާއިރު އެ ޕާޓީގެ އިސް ސަފުގައި ތިބި ބައެއް ބޭފުޅުން އަދިވެސް ގެންދަނީ މި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox