ސާފް ޗެމްޕިއަންޝިޕްގެ ފައިސާ އެފްއޭއެމުން ނުދޭ މައްސަަލަ ހޫނުވެއްޖެ

އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ތެރެއިން ބައްސާމް.--- ފޮޓޯ: އަދަދު

އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ތެރެއިން ބައްސާމް.--- ފޮޓޯ: އަދަދު

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ގުޅޭ ފައިސާތަކުގެ ކަންކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސާފައިނުވާތީ، އެ މައްސަލައިގައި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ފިޔަވަޅުތަކެއް އަޅަން މަޝްވަރާކޮށްފި އެވެ.

އެންމެ ފަހުން ބޭއްވި ސާފްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމާއި ކޮންގްރެސްގައި އެންމެ ބޮޑަށް ދެކެވުނު ވާހަކަ އަކީ، ރާއްޖޭން 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕާ ގުޅޭ ފައިސާތައް އަދާކޮށްފައިނުވާ މައްސަލަ އެވެ.

އެ ގޮތުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާ އަށް ދޭން ޖެހޭ ފައިސާގެ އިނާމާއި ޓީމުތަކުން ބައިވެރިވި ފީ އާއި ސާފް އަށް ދައްކަން ޖެހޭ ފީ އެފްއޭއެމް އިން ދީފައިނުވެ އެވެ.

ތަކުރާރުކޮށް، މި ފައިސާ ދައްކަން އެފްއޭއެމަށް ސާފުން ދިން މުހުލަތުތަކުގައި ވެސް އެކަން ކޮށްފައިނުވާތީ، ސާފްގެ މެމްބަރުން އަންނަނީ އެ ކަމާ ނުރުހުން ފާޅުކުރަމުންނެވެ.

ފައިސާތައް އަދާނުކުރާ މައްސަލައިގައި އެފްއޭއެމް އިން އެކަށީގެންވާ ޖަވާބުތަކެއް ވެސް ނުލިބޭތީ، ސާފުން މި މައްސަލަ ވަނީ އޭއެފްސީ އަށް ވެސް ހުށަހަޅައިފަ އެވެ. އަދި މި ކަން އޭއެފްސީގެ ސަމާލުކަމަށް ގެނެސްގެން ހައްލެއް ލިބޭތޯ ވެސް ސާފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސާފްގެ މި ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ. އެއީ، މަނީ ލޯންޑަރިން އާއި ހިޔާނާތުގެ މައްސަލައެއްގައި ކޯޓުން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ދަތުރުކުރެވެން ވެސް ނެތުމާ އެކީގަ އެވެ.

އެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ، އެފްއޭއެމްގެ ކުރިއަށް އޮތް އިންތިހާބަށް ފަހު، ދެތިން މަސް ތެރޭގައި އެ ފައިސާ ހަމަޖައްސައިދޭނެ ކަަމަށެވެ.

އެކަމަކު، ސާފްގެ ކަންބޮޑުވުމަކީ، އެފްއޭއެމް ހިންގުމަށް ދެން އަންނަ ފަރާތްތަކުން، ސާފްގެ މި ފައިސާ ދޭން މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދޭނެ ކަމުގެ ބިރު އޮތުމެވެ.

އެފްއޭއެމް އިން ސާފް އަށް ދައްކަން ޖެހޭ ފައިސާ ނުދޭތީ، ރާއްޖޭގެ ގައުމީ ޓީމުތައް ސާފްގެ މުބާރާތްތަކުގައި ކުޅެން ފުރުސަތު ދިނުމާ މެދު ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އެކަމާ މެދު ސީދާ ގޮތެއް ނިންމިފައިނުވާއިރު، ދެން މި ކަމާ މެދު ސާފުން ސީދާ ގޮތެއް ކަނޑައަޅައި، އެ ފެޑެރޭޝަންގެ އެއްބާރުލުން އެފްއޭއެމަށް ދިނުމާ މެދު ގޮތެއް ނިންމާނީ އެފްއޭއެމްގެ ކުރިއަށް އޮތް އިންތިހާބަށް ފަހު، ދެން އަންނަ ހިންގާ ކޮމިޓީ އަކާ މަޝްވަރާ ކުރުމަށް ފަހު އެވެ.

ދެ ފަަހަރެއްގެ މަތިން އެފްއޭއެމްގެ އިންތިހާބު ބާއްވަން ކުރި މަސައްކަތް ވެސް ކާމިޔާބުނުވި އެވެ. އެއީ، އިންތިހާބާ ގުޅޭ މަސައްކަތާއި އެފްއޭއެމްގެ ހިންގުމުގައި ހުރި މައްސަލަތަކެއް، ފާހަގަވެގެން، ފީފާ އާއި އޭއެފްސީން އަންގައިގެންނެވެ. މިހާރު ހިނގަމުންދާ ބައްސާމްގެ ރައީސްކަމުގެ ދައުރު، އަންނަ މަހުގެ ދެ ވަނަ ދުވަހަށް ހަމަވާނެ އެވެ.

ދާދި ފަހުން އޭއެފްސީ އާއި ފީފާގެ ޓީމެއް ރާއްޖެ އަތުވެ، އެފްއޭއެމާ ގުޅުން ހުރި އެކި ފަރާތްތަކާ ވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުންތަކަށް އިޝާރާތްކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެފައިވަނީ، އެފްއޭއެމްގެ މައްސަލައިގައި ފީފާ އާއި އޭއެފްސީ އިން ނިންމާ ނިންމުން ވަރަށް އަވަހަށް ސަރުކާރާ ހިއްސާކުރާނެ ކަމަށާއި, އެ ނިންމުމަށް ސަރުކާރުން އިހުތިރާމްކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox