ސަދާގެ މަރު: މަދަނީ ބަދަލު ހޯދުމުގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަން ފުރުސަތެއް ދީފި

ފުވައްމުލަކުގައި މަރުވި އުމުރުން ހަ އަހަރުގެ ސަދާ-

ފުވައްމުލަކުގައި މަރުވި އުމުރުން ހަ އަހަރުގެ ސަދާ-

މީގެ ދެ އަހަރާއި ހަތް މަސް ކުރިން، ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުންގެ އިހުމާލުން އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ ނިޔާވި މައްސަލާގައި މަދަނީ ބަދަލު ހޯދުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ދެ ދުވަހުގެ ފުރުސަތެއް އަރުވައިފި އެވެ.

އެ މައްސަލަ ތަހުގީގުކޮށް ނިންމައި އޭގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ނިންމާފައިވެ އެވެ. އަދި ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން ސަދާ މަރުވެފައި އޮތް ކަން ފެންނަން އޮތުމުން އެ ކަމުގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށް އާއިލާއަށް އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ.

އާއިލާއަށް ލިބިފައިވާ އެ ހައްގުގެ ބޭނުންކޮށްގެން ހެލްތު މިނިސްޓްރީއަށް ދައުވާކޮށް މަދަނީ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު އިބްތިދާއީ އަޑުއެހުމެއް ބޭއްވި އެވެ. އިބްތިދާއީ އަޑުއެހުމުގެ ބޭނުމަކީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރަން ދެ ފަރާތުން ބޭނުންވޭތޯ ނުވަތަ ނޫންތޯ ސާފު ކުރުމަށް އަދި އެ މަޝްވަރާއަށް ފުރުސަތު ދިނުމަށް ބާއްވާ އަޑުއެހުމެކެވެ.

Advertisement

މިއަދުގެ އަޑުއެހުމުގައި ސަދާގެ އާއިލާ ތަމްސީލްކުރައްވާ މަރިޔަމް ޝުނާނާ ވިދާޅުވީ އިހުމާލަށް ދައުލަތުން އިންކާރު ނުކުރާ ނަމަ، ކޯޓުން ބޭރުގައި ވެސް ގެއްލުމުގެ ބަދަލު ހޯދުމުގެ މަޝްވަރާ ކުރަން އެންމެ ރަނގަޅު ކަމަށެވެ.

އެ މަޝްްވަރާކޮށްގެން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރެވިދާނެތޯ ބެލުމަށް އެޓާނީ ޖެނެރަލް އޮފީހުގެ އިސްވެރިން، ނުވަތަ އަޑުއެހުމުގައި ބައިވެރިވި އެ އޮފީހުގެ ވަކީލުންގެ ސުޕަވައިޒަރުންނާ މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށް، އެ އޮފީހުން އަޑުއެހުމުގައި ބައިވެރިވި ވަކީލު ނަހުޒާ ރަޝީދު ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދާ ވިދާޅުވީ ކުރިއާލާ ދެ ހަފުތާ ކުރިން އިބްތިދާއީ އަޑުއެހުމުގެ ނޯޓިސް ފޮނުވުމުގެ ބޭނުމަކީ މަޝްވަރާ ކުރަން ނުވަތަ އައުޓް އޮފް ކޯޓު ސެޓަލްމަންޓްގައި އެ ފަރާތަކުން ގޮތެއް ނިންމައި، ދެން މައްސަލައިގައި ހިމެނޭ ހަސްމާ ވާހަކަ ދެއްކުމަށް ފުރުސަތު ދިނުން ކަމަށެވެ.

އެހެން ނަމަވެސް އެ ކަމަށް ދައުލަތުން މަސައްކަތް ކޮށްފައި ނުވާތީ ގާޒީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ދައުލަތް އަދި ހެލްތު މިނިސްޓްރީ ތަމްސީލު ކުރައްވާ އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލު ނަހުޒާ ވިދާޅުވީ އެ ވިސްނުމުގައި މަސައްކަތް ނުކުރެވުނީ ދައުވާކޮށްފައިވާ ފަރާތުން އެ ނިޔަތުގައި މަސައްކަތް ކޮށްފައި ނުވާތީއާއި އެ ކަމުގެ އެއްވެސް ސިގުނަލެއް ލިބިފައި ނުވާތީ ކަމަށެވެ.

ސަދާގެ އާއިލާގެ ވަކީލު ޝުނާނާ ވިދާޅުވީ އިހުމާލުގެ މައްސަލައަކަށް ވެފައި ކޯޓުގައި ދައުވާކޮށްގެން ކުރިއަށް ގެންދާނަމަ ޝަރީއަތުގެ ތިން މަރުހަލާ ނިމެން އަހަރުތަކެއް ވެސް ނަގައި އިންސާފު ލިބުމަށް މާ ބޮޑަށް ވެސް ލަސްވާނެ ކަމަށް ދެކޭ ކަމަށެވެ. އެހެންވެ މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އޮތް ނަމަ، އާއިލާއިން ވެސް ބޭނުންވަނީ އެ ގޮތަށް މައްސަލަ ނިންމުމަށް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް އެ މަރުގައި އިހުމާލު އޮތް ކަން އެޗްއާރުސީއެމުން ކަނޑައަޅާފައި އޮތުމުން އޭރުގައި ވެސް މައްސަލަ ހައްލު ކުރުމުގެ ނިޔަތުގައި ގެއްލުމުގެ ބަދަލު ބޭނުންވާ ކަން އަންގާފައިވާނެ ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަ އަޑުއެއްސެވުމަށް ފަހު ގާޒީ ނިންމެވީ ދެ ދުވަހުގެ ފުރުސަތެއް ދައުލަތަށް ދިނުމަށެވެ. އެ ގޮތުން ދެ ދުވަސް ފަހުން އަނެއްކާ ވެސް އިބްތިދާއީ އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވުމަށް ފަހު، މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވި އެވެ.

މީގެ ކުރިން ވެސް މައްސަލާގައި އަޑުއެހުމެއް ބޭއްވި އެވެ. އޭރު އެއީ މައްސަލަ ބޭރުކުރަން އެދި ދައުލަތުން ހުށަހެޅި ހުށަހެޅުމަކަށް ބޭއްވި އަޑުއެހުމެކެވެ. އެއީ އެ މައްސަލަ ހުށަހެޅީ މާ ލަހުން ކަމަށް ބުނެ އަދި ނުބައި ފޯމެއް މެދުވެރިކޮށް ކަމަށް ބުނެ އެވެ.

މައްސަލަ ހުށަހެޅީ ނުބައި ފޯމަކުން ކަމަށް ބުނެ ދައުލަތުން ދެއްކި ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމި އެވެ. އަދި އެފަދަ މައްސަލައެއް ހިނގާތާ 10 އަހަރު ދުވަހުގެ ތެރޭގައި ދައުވާ ކުރަން މަދަނީ އިޖުރާއަތުގައި ބަޔާންކޮށްފައިވާ ކަން ފާހަގަ ކުރި އެވެ.

މައްސަލައިގެ ފަސްފަހަތް:

މުހައްމަދު ޖަލާލުއްދީން ސްކޫލްގެ އެލްކޭޖީގައި ކިޔަމުން އައި ސަދާ ނިޔާވީ ބަނޑަށް ތަދުވެ، ހޮޑުލެވޭތީ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޮކްޓޯބަރު 3، 2021 ގަ އެވެ. އާއިލާއިން އޭރު ތުހުމަތުކުރީ ސަދާގެ ގަޔަށް ހޮސްޕިޓަލުން އޮޅިގެން ނުބައި އިންޖެކްޝަނެއް ޖެހީ ކަމަށެވެ.

އެޗްއާރުސީއެމްއަށް މައްސަލަ ތަހުގީގު ކުރަން ހުށަހެޅީ އާއިލާގެ ފަރާތުންނެވެ. ސަދާގެ ބައްޕަ ސައުދުﷲ ހަސަނަށް އެ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ މެޑިކަލް ކައުންސިލަށް މައްސަލަ ދިއުމުން، އިހުމާލުވެފައިވާ ދެ ޑޮކްޓަރުންގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެޗްއާރުސީއެމްގެ ސިޓީ ފުލުހުންނަށް ލިބުމުން، މައްސަލައިގެ ތަހުގީގު ފުލުހުން ކުރުމަށް ފަހު ދައުވާ ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަން ފުލުހުން މައުލޫމާތު ދިން ކަމަށް ވެސް ބުނެފައިވެ އެވެ.

އެޗްއާރުސީއެމުން ވެސް ވަނީ ކުއްޖާގެ ކުރީގެ މެޑިކަލް ހިސްޓްރީ ޑޮކްޓަރުން ރަނގަޅަށް ބަލާފައި ނެތް ކަން ފާހަގަ ކޮށްފަ އެވެ. ކުއްޖާ އޮތް ހާލަތުގައި ވަގުތުން ފަރުވާ ދޭން ޖެހޭ އިރު ވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ހުރި ކަން ވެސް އެ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނީ ސިއްހީ ކަންކަން ރަނގަޅުކުރުމަށް މިފަދައިން ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް ބަލާ ސިއްހީ ހިދުމަތްދޭ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް އަބަދުވެސް ކުރާނެ ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox