ހައްޖަކީ ކުޅަދާނަކަން ލިބިގެންވާ މީހުން ކުރަން ޖެހޭ އަޅުކަމެއް، ދައުލަތުން ހަރަދުކުރާކަށް ނުޖެހޭ: އިޔާޒް

ޑރ.އިޔާޒް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދަައްކަވީ. ފޮޓޯ: މިރާން ނާޝިމް/އަދަދު

ޑރ.އިޔާޒް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދަައްކަވީ. ފޮޓޯ: މިރާން ނާޝިމް/އަދަދު

ނިކަމެތިން ހައްޖަށް ހައްޖަށް ފޮނުވުމަށް ބައިތުލްމާލުން ވެސް ޒަކާތު ފައިސާއިން ވެސް ހަރަދުކޮށްގެން ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ޑރ. އިޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖުގެ އަޅުކަމަކީ އެކަމަށް ކެރި ކުޅަދާނަކަން ލިބިގެންވާ މީހާ ކުރަންޖެހޭ އަޅުކަމެއް ކަމަށެވެ.

"ނިކަމެތިން ހައްޖަަށް ފޮނުވުމަށް ބައިތުލްމާލުން ނުވަތަ ޒަކާތު ފައިސާއިން ހަރަދު ކޮށްގެން ނުވާނެ،" އިޔާޒުގެ ޕޯސްޓުގައިވެ އެވެ.

ނަމަވެސް ތަނަވަސްކަން ހުރި ބޭފުޅަކު ހެޔޮހިތުން އޭނާގެ ހަރަދުގައި ނިކަމެއްޗަކު ހައްޖަށް ނުވަތަ އުމްރާއަށް ފޮނުވުމުގައި މައްސަލައެއް ނެތް ކަމަށް ވެސް އިޔާޒު ވިދާޅުވެފައިވެ އެވެ.

ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ހައްޖަށް ދިޔުމުގެ އަގު ހެޔޮކުރުމުގެ އިތުރުން، މި ފަސް އަހަރުގެ ތެރޭގައި 1،000 ފަގީރުން ހިލޭ ހައްޖުގެ އަޅުކަމަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދުގެ ދަށުން ރައީސް މުއިއްޒު ނިންމެވީ މި އަހަރު ހައްޖަށް 50 މީހުން ހައްޖަށް ފޮނުވުމަށެވެ. އެކަން ރައީސް އިއުލާނުކުރެއްވީ ޑިސެމްބަރު 5، 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. އިސްލާމިކް މިނިސްޓްރީ ބުނެފައިވާ ގޮތުގައި އެހީތެރިން ފިޔަވާ މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދާނެ އެވެ. ސައުދީން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.

ރައީސްގެ ވައުދުގެ ދަށުން މި އަހަރު ހައްޖަށް ފޮނުވާ ފަގީރުންގެ އަދަދަކީ 60 ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ފަހުން ނިންމި ނަމަވެސް އޭގެ ތެރެއިން 10 މީހުން ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ.

ޑރ. އިޔާޒުގެ ވާހަކަތަކަށް ރައްދުދެއްވައި އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިއްޔެ ވާހަކަދައްކަވައިފަ އެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ކުރު އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވީ ފަގީރުން ހައްޖަށް ފޮނުވުމަށް ޒަކާތު ފައިސާއިން ހަރަދުކޮށްފައި ނުވާނެ ކަމަށާއި އެކަމާ ދެކޮޅަށް ބަޔަކު ވާހަކަދައްކަނީ ނަފުރަތު އުފެއްދުމުގެ މަގުސަދުގައި ކަމަށެވެ.

"ވަރަށް ހިތާމަވެރި ކަމެކޭ އެފަދަ އެއްވެސް ކަމެއް މީގައި ނުހިނގައޭ. ޒަކާތުގެ ފައިސާއިން ފަގީރުންނަށް ހައްޖަށް ﷲގެ މަގުގައި ހޭދަ ކުރެވޭ ކަމެއްގެ ގޮތުގައި އޭގެ ޒާތުގައި ޝަރުއީ ގޮތުން މައްސަލައެއް އޮތްކަމެއް ނޫން ދައުލަތުގެ ފަރާތުން އެކަން އެގޮތަށް ކުރުން، އަޅުގަނޑުމެން ސަރުކާރުން މިކުރިއަށް ގެންދަނީ ދައުލަތުގެ ހަރަދުގައި، އެހެން އެއްވެސް ފަންޑަކުން ފައިސާ ނަގައިގެން ކުރާ ކަމެއް ނޫން، ސީދާ ދަައުލަތުގެ ހަރަދުގައި" އެ އިންޓަވިއުގައި ޝަހީމް ވިދާޅުވެފައިވެ އެވެ.

ދައުލަތުގެ ހަރަދުގައި ހައްޖަށް މީހުން ފޮނުވުމާމެދު އާންމުންގެ ތެރޭގައި ވެސް ވަނީ ހިޔާލު އުފެދިފަ އެވެ. އެކަމާ ގުޅޭގޮތުން މިހައިތަނަށް ރާއްޖޭގެ ފަތުވާ ކޮމެޓީން ފަތުވާއެއް ނެރެފައެއް ނުވެ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާގެ ފަތުވާ ކޮމެޓީން ވަނީ އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ފަތުވާ ނެރެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox