މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް މާދަމާ ފުރާވަޑައިގަންނަވަނީ، އަރިހުގައި ޒަމީރު އަދި ޝަފީގު

ފޮރިން މިނިސްޓަރު ޒަމީރާއި ފިނޭންސް މިނިސްޓަރު ޝަފީގު: މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ އެ ދެ ވަޒީރުން - ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު ޒަމީރާއި ފިނޭންސް މިނިސްޓަރު ޝަފީގު: މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ އެ ދެ ވަޒީރުން - ފޮޓޯ: ރައީސް އޮފީސް

ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.

"އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި އާދިއްތަ ދުވަހު އޮންނަ ރަސްމިއްޔާތަށް ރައީސް އަރިހުގައި ގެންދަވާ ވަފުދުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޑރ. މުހައްމަދު ޝަފީގު ހިމެނިވަޑައިގަންނަަވަ އެެވެ. އެ ދަތުރުގައި ދެ ގައުމުގެ ދެމެދުގައި އެއްވެސް މަޝްވަރާއެއް ކުރިއަށްދާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.

ބޮޑުވަޒީރު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް ރައީސް މުއިއްޒުއަށް އެރުވި ދައުވަތު ގަބޫލުކުރައްވައި އެމަނިކުފާނުގެ ނިންމެވުން އިންޑިއާއަށް އެންގެވީ އިއްޔެ އެވެ.

Advertisement

މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. އިއްޔެ "އަދަދު" އިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ރައީސް އޮފީހުން ބުނީ މިކަމާ ގުޅޭ މައުލޫމާތު އަދި ނުލިބޭ ކަމަށެވެ.

ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުން އާންމު ގޮތެއްގައި ވެރިކަމުގެ ކުރީކޮޅު އިންޑިއާއަށް ރަސްމީ ދަތުރު ކުރެއްވި ނަމަވެސް މިހާތަނަށް އައިއިރު އެފަދަ ދަތުރެއް ރައީސް މުއިއްޒު ކުރައްވާފައި ނުވެ އެވެ. މިއީ އެމަނިކުފާނު އިންޑިއާއަށް ރަސްމީ ހައިސިއްޔަތެއްގައި ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މޯދީ ތިންވަނަ ދައުރެއް ކަށަވަރުކުރެއްވުމާއެކު އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ލީޑަރުންގެ ތެރޭގައި ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ދެގައުމުގެ ހަމަޖެހުމާއި ތަރައްގީއާއި ހަމަޖެހުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

ރައީސް މުއިއްޒުގެ އިތުރުން، އާދިއްތަ ދުވަހުގެ ރަސްމިއްޔާތުގައި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފް، ބޫޓާންގެ ރަސްގެފާނު ޖިގްމޭ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ، ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހު، އަދި ނޭޕާލުގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ބޮޑުވަޒީރުކަމުގެ ހުވާ ފުރަތަމަ ދައުރުގައި މޯދީ ކުރެއްވިއިރު އެ ރަސްމިއްޔާތުގައި އޭރުގެ ރައީސް އަބްދުالله ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ. ނިމިދިޔަ ދައުރުގައި ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 2018 ގައި މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ.

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށްވެސް މޯދީއަށް ދައުވަތު އެރުވި އެވެ. ނަމަވެސް ނިއުދިއްލީން ބަދަލުގައި ފޮނުވީ އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖުޖޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox