ފުވައްމުލަކުގައި ޑައިވިނަށް ދިޔަ ޗައިނާގެ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.
އޭނާ މަރުވެފައިވަނީ ފުވައްމުލަކު ޑައިވިން ސެންޓަރަކާއެކު އެ ރަށު ބޭރަށް ޑައިވިނަށް ދިޔުމަށްފަހު އެނބުރި ދޯންޏަށް އެރިފަހުންނެވެ.
ފުވައްމުލަށް ސިޓީން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާ މަރުވީ ދޯނީގެ ގޮނޑީގައި އިށީނދެ ޑައިވް އެކުއިޕްމަންޓުތައް ނައްޓުވަން އުޅުމުގެ ތެރޭގައި ހަބަރު ހުސްވެގެން ކަމަށެވެ. ބެލެވެނީ ހާޓް އެޓޭކެއް ޖެހުނީ ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށްވެސް އެ ރަށުން ވަނީ މައުލޫމާތު ލިބިފަ އެވެ.
މިކަމުގެ އިތުރު ތަފުސީލު ހޯދުމަށް އެ ސިޓީގެ ހޮސްޕިޓަލަށް ގުޅި ނަމަވެސް ޖަވާބެއް ލިބިފައެއް ނުވެ އެވެ. އަދި، މި ހާދިސާގެ އެއްވެސް ތަފުސީލެއް ފުލުހުންވެސް ނުދެ އެވެ.














