ގާނާޗޯ، އޮލިމްޕިކްސް އަށް ދާން ޔުނައިޓެޑުން ހުއްދަ ނުދިން

Jun 4, 2024, 4:10 AM
ގާނާޗޯ، އޮލިމްޕިކްސް އަށް ދާން ޔުނައިޓެޑުން ހުއްދަ ނުދިން

ރޮސާރިއޯ، އާޖެންޓީނާ (ޖޫން 4) - މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް، އަލެހަންދްރޯ ގާނާޗޯ، އަންނަ މަހު ފަށާ އޮލިމްޕިކްސްގައި ވާދަކުރާ އާޖެންޓީނާ ޓީމަށް ދޫނުކުރަން ޔުނައިޓެޑުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގާނާޗޯ، 19، އަށް ވަނީ މި މަހުގެ 20 އިން އަންނަ މަހުގެ 14 އަށް ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އާޖެންޓީނާ ޓީމުގެ ސްކޮޑުން ވެސް ފުރުސަތު ދީފަ އެވެ. އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި ވާދަކުރާ އާޖެންޓީނާ ޓީމުގައި ގާނާޗޯ ހިމަނަން، އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މަސައްކަތްކޮށްފަ އެވެ.

އެކަމަކު، ދެކުނު އެމެރިކާގެ ކުޅިވަރު މީޑިއާ، ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި، ގާނާޗޯ ދޫކުރެވެން ނެތް ކަމަށް ޔުނައިޓެޑުން ވަނީ އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނަށް އަންގައިފަ އެވެ.

މި ސީޒަނުގައި ގާނާޗޯ ވަނީ ހުރިހާ މުބާރާތެއްގައި ޔުނައިޓެޑަށް 50 މެޗުން 10 ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޔުނައިޓެޑުން، ގާނާޗޯ، އޮލިމްޕިކްސް އަށް ދޫނުކުރާ ގޮތަށް ނިންމީ، އަންނަ ސީޒަން ފެށުމުގެ ކުރިން އޭނާ އަށް އަރާމްކުރަން އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންނެވެ.

ފްރާންސްގެ ޕެރިހުގައި، އަންނަ މަހު 26 ގައި ފަށާ އޮލިމްޕިކްސް ކުރިއަށްދާނީ އޮގަސްޓް މަހުގެ 11 އަށެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފަށާނީ އޮގަސްޓް، 17 ގަ އެވެ.

އޮލިމްޕިކްސް އަކީ، ސީނިއާ ފުޓްބޯޅަ އިވެންޓަކަށްނުވާއިރު، ގައުމީ ޓީމަށް ކުޅުންތެރިން ވީއްލަން ޖެހޭ، އުސޫލުން ކްލަބްތަކުން، އޮލިމްޕިކްސް އަށް ކުޅުންތެރިން ދޫކުރަން ލާޒިމެއް ނުކުރެ އެވެ. އެހެންކަމުން، އޮލިމްޕިކްސްގައި ކުޅޭ ކުޅުންތެރިން، ކްލަބުން ދޫކުރުން އޮންނަނީ އެ ކްލަބެއްގެ މެނޭޖްމަންޓްގެ އިހުތިޔާރީ ކަމަކަށްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox